އެމްޑީޕީން ބޭނުންވިގޮތައް ކޮމިޓީތައް އެކުލަވާލަން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާފައިވާ ގޮތް ބަދަލު ކުރަން މިއަދު ފާސްކޮށްފިއެވެ. މިގޮތައް ފާސްކުރީ މަޖިލީހުގައި މެންބަރުން ޕާޓީތައް ތަމްސީލް ކުރަމުން އައިގޮތަށް ބޮޑު ބަދަލުތަކެއް އައިސްފައިވާތީ، ކޮމެޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ދިވެހި ރައްޔިތުންގެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމަންޓަރީ ގްރޫޕުން ހުށަހެޅުމުންނެވެ. މަޖިލީހުގައި މެންބަރުން ތަމްސީލްކުރަމުން އައިގޮތައް ބޮޑު ބަދަލެއް އައިސްފައިވާއިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން 13 މެންބަރަކު...