އިންތިހާބީ ރައީސް މުއިއްޒު، ނަޝީދުއާ ބައްދަލު ކުރައްވައިފި
އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ނަޝީދުގެ ދައުވަތަކަށް މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއިއްޒު މަޖިލިހުގެ އިދާރާ އަށް ވަޑައ...