ވަޒީރުންނަށް ރުހުން ދެނީ މާތް މަގުސަދެއްގައި، ރުހުންދޭ ފަދައިން ވަކިވެސް ކުރެވޭނެ: ލަތީފް
ވަޒީރުންނަށް ރުހުން ދެނީ މާތް މަގުސަދެއްގައި، ރުހުންދޭ ފަދައިން ވަކިވެސް ކުރެވޭނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ ދެވަނަ ޖަލްސާގައި ހަތަރު ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލާގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. މި މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުން ލަތީފް ވިދާޅުވީ، މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމަކީ ސަގާފީ ކަމެއް ނޫން ކަމަށާއި...