ހަށިވިއްކި މައްސަލަ: ބިދޭސީ މީހާގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި
މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އަށް ކޯޓުން ޝަރުތުކޮށް ދޫކޮށްލައި، ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އަންގާރަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ހަށިވިއްކަމުންދިޔަ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ އިއްޔެވިއެވެ. ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރިމީހުންގެ ބަންދާމެދު ގޮތެއ...