ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ
މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ “ނަސްރު ބޯޓު” ދިޔަވެ އަޑިއަށް ހިނގައްޖެއެވެ. މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި މި ބޯޓަށް ދިޔަވާން ފެށުމުން ސިފައިން ވަނީ އެ ބޯޓުގައި ތިބި ފަސް މީހުން ސަލާމަތްކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. ފުލުހުން ބުނިގޮތުގައި މި ބޯޓު ވަނީ މިއަދު މެންދުރު 13:22 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ […]