ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ
ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަސް ފަތުރުވެރިން ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 މެއި 14 ވަނަ ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އެމީހުން ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ވަގުތުން ފަށާފައެވެ. ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު […]