Skip to main content
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ބަންދުކޮށްފައިވާ ޑްރަގް ކެފޭއަކަށް ވަދެ ތިބި ދެމީހަކު ޑްރަގާއެކު ހައްޔަރުކޮށްފި
Raajje

ބަންދުކޮށްފައިވާ ޑްރަގް ކެފޭއަކަށް ވަދެ ތިބި ދެމީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ، ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ...

މާލޭގެ އިތުރު ޑްރަގް ކެފޭއެއް ބަންދުކޮށްފި
Raajje

މާލޭގެ އިތުރު ޑްރަގް ކެފޭއެއް ބަންދުކޮށްފި

މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށް، އެތަން ފުލުހުން ބަންދުކޮށްފިއެވެ. މިއީ މާލޭގައި ހިންގާ މަސްތުވާތަކެތީގެ ހާލިތައް ނުވަތަ “ޑްރަގް ކެފޭ” ތައް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި ކޯޓު އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު [...

ހޯރަފުށީ ޖުވެނައިލް ހާފްވޭހައުސްގައި އުޅޭ ކުދިންތަކެއް އެރަށު މީހަކަށް އަނިޔާކުރި މައްސަލައެއް
Thiladhunmathi News

ހޯރަފުށީ ޖުވެނައިލް ހާފްވޭހައުސްގައި އުޅޭ ކުދިންތަކެއް އެރަށު މީހަކަށް އަނިޔާކުރި މައްސަލައެއް

ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު އެތަނުން ނުކުމެ އެރަށު މީހަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން 2026 ޖުލައި 14 ވަނަ ދުވަހުގެ ރޭ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. ”މި ކުދިން އެ މަރުކަޒުން […]

ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހިންގި އެންމެ ފުޅާ އޮޕަރޭޝަން ނިންމާލައިފި
Raajje

ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހިންގި އެންމެ ފުޅާ އޮޕަރޭޝަން ނިންމާލައިފި

ދިވެހިރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި، މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ޖަލުތަކުގެ އަމާންކަން ގާއިމުކުރުމަށް ހިންގުނު ވަރަށް މުހިންމު ހަރަކާތެކެވެ. ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަ...

އޭދަފުށީ ފަޅުތެރެއިން ދޮށީ އުމުރުގެ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

އޭދަފުށީ ފަޅުތެރެއިން ދޮށީ އުމުރުގެ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ބ. އޭދަފުށީ ބަނދަރު ސަރަހައްދު ފަޅުތެރޭގައި މީހަކު ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 7:55 އެހައިކަންހާއިރު ކަމަށެވެ. މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި […]

އައްޑޫގެ އިތުރު ޑްރަގް ކެފޭއެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި
Raajje

އައްޑޫގެ އިތުރު ޑްރަގް ކެފޭއެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫގައި ހުރި ގެއެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކުރުމަށް ނިންމާފައިވަނީ ސ. މަރަދޫ / ބޯޅަދަނޑުގެ އެވެ. މި އަމުރު ނެރެފައިވަނީ 2026 ޖުލައި 12 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެ...

ކުޅުދުއްފުށީގެ ދެ ތަނަކުން ވަގަށްނަގާފައިވާ 80،000 ރ.ގެ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގެ ދެ ތަނަކުން ވަގަށްނަގާފައިވާ 80،000 ރ.ގެ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ސިޓީގެ އޮޑިހަރުގެއަކާއި ގުދަނަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ވައްކަން ހިންގާފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ޖުލައި 9 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، […]

މާލޭގައި ލޮރީއެއް ދަށުވެ މީހަކު ނިޔާވެއްޖެ
Raajje

މާލޭގައި ލޮރީއެއް ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވެ ފިރިހެނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ އިދާރާއަށް މި ހާދިސާ ރިޕޯޓްކޮށްފައިވަނީ 2026 ޖުލައި 12 ވަނަ ދުވަހުގެ ހަވީރު 15:57 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)، އިބްރާހީމް ނާޞިޙު (39އ) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ. ފުލުހުން ބުނިގޮތުގައި މިހާތަނަށް ބެލިބެލުމުން...

ވިލިމާލޭގައި ހިނގި ގްރޫޕް މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެނީ
International

ވިލިމާލޭގައި ހިނގި ގްރޫޕް މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭ ކަނދޮޅުމާގޯޅި ތެރޭގައެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 10 ވަނަ ދުވަހުގެ މެންދުރުފަހު 15:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 18 އަހަރު، 22 އަހަ...

މާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
Raajje

މާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

މާލޭގެ އެއްވަރުގެ ޖެޓީ ނަންބަރު 1 އާ ދިމާލުން ކަނޑުމަތީގައި މިރޭ ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މެރިން ޕޮލިހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 21:10 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގުމާއެކު ފުލުހުންގެ މެރިން ޕޮލިސް ޔުނިޓުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމް […]

އަޑިއަށް ދިޔަ "ޖަޒީރާ" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފި
News

އަޑިއަށް ދިޔަ "ޖަޒީރާ" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ “ޖަޒީރާ” ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރިއަށް އަޑިއަށްދަނިކޮށް، އޭގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ވ. ފެލިދޫ ހުޅަނގު ކަނޑަށް މި ބޯޓު އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 09 ވަނަ ދުވަހުގެ ހަވީރު 15:26 އެހާކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ހުރިހާ މީހުން ވަނީ ލޯންޗަކަށް ނަގައި ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ބޯޓުން […]

ވިނަރެސް ޓަވަރެއްގެ ކަރަންޓް ފޮށިތަކަށް ގެއްލުންދީ ވައްކަންކުރި މީހަކު ހައްޔަރުކޮށްފި
Raajje

ވިނަރެސް ޓަވަރެއްގެ ކަރަންޓް ފޮށިތަކަށް ގެއްލުންދީ ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ވިނަރެސް ޓަވަރުތަކުގެ ތެރެއިން ނުވަ ވަނަ ޓަވަރުގެ  2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީ ކޮޕަރ ފޮތިތައް ވަގަށްނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ  ލުކިންގްލާސް / ގދ. ތިނަދޫ، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ހޯދައިގެން މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމަން ކޯޓަށް […]

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ
Raajje

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މާލޭގެ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 8 ވީ ބުދަ ދުވަހުގެ ރޭ 19:07 އެހާކަންހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނުމަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އޭނާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި...

ކުޅުދުއްފުށީ ގައި ދެ ޑްރަގް އޮޕަރޭޝަނެއް، ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
News

ކުޅުދުއްފުށީ ގައި ދެ ޑްރަގް އޮޕަރޭޝަނެއް، ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހދ. ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިއީ މި އޮޕަރޭޝަންތަކަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ލޭކޮކާ، ޙަސަން އިބްރާހީމް (27އ) އާއި، އެ ރަށު ކަގި، ފާޠިމަތު ޢަލީ (32އ) އެ...

ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ އެކަން ނުކުރުމަށް އިލްތިމާސްކޮށްފި
Raajje

ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ އެކަން ނުކުރުމަށް އިލްތިމާސްކޮށްފި

ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނީ ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން އެންމެހައި ފަރާތްތަކުން ވެސް ދުވާރުމަތީގައި އުޅަނދު ޕާކުނުކުރ...