މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި ސެޕްޓެމްބަރު މަހުގ...