އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ހިންގާ ސްކޭމެއް: ވަކި ނަންބަރަކަށް ސަމާލުވާން އެދެފި
ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިގެން އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މިއީ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް އާންމުންގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލުމަށް ހިންގަމުންދާ ސްކޭމެކެވެ. ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއ...