4 އަތޮޅަކުން ޕާސްޕޯޓް ދޫކުރުން ދެގުނަ އަވަސްކުރަން ނިންމައިފި
މޯލްޑިވްސް އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކުން ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކުރުމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ. އޭނާ މިގޮތަށް ނިންމެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ކޮންޓްރޯލާ ޖެނެރަލްގެ މި ނިންމެވުމާއެކު މިއަދުން ފެށިގެން އެއަށް އ...