Skip to main content
Topic Archive

#މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

192 Stories filed
އޮމާންއަށް އޮންއަރައިވަލް ވިސާ ލިބެނީ 2 ޝަރުތަކާއެކު
Raajje

އޮމާންއަށް އޮންއަރައިވަލް ވިސާ ލިބެނީ 2 ޝަރުތަކާއެކު

އޮމާންއަށް އޮންއަރައިވަލް ވިސާ ލިބޭނީ 2 ޝަރުތަކާއެކު ކަމަށް ރާއްޖޭގެ ހާރިޖިއްޔާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެގިފައި އޮތް ކަމަށް އެ ވުޒާރާ އިން ކުރިން ވިދާޅުވެފައި ވަނިކޮށް، އޮމާނަށް ދިޔަ ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. ހާރިޖިއްޔާ އިން ވިދާޅުވީ ދިވެހިން އޮމާންއަށް […]

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު: ދިވެހި ސަރުކާރު
Raajje

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު: ދިވެހި ސަރުކާރު

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އެ ގަމުގެ ޖަމާއަތެއްކަމަށްވާ، ހަމާސް އިން، އެ ގައުމުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލަށް މިއަދު ވަނީ ކުއްލި ހަމަލާތަކެއްދީ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި ހަމާސްގެ މުޖާހިދުން އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކާއި އަމިއްލައަށް އުފެއްދި ވަރަށް އާދައިގެ ހެލިކޮޕްޓަރުތަކެއް ބޭނުންކޮށްގެން ކުއްލިގޮ...

ތައިލެންޑުގެ މޯލެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބަލަނީ
International

ތައިލެންޑުގެ މޯލެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބަލަނީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ މޯލްއެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ. ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން މޯލަށް ދިން ހަމަލާގައި ތިން މީހަކު މަރާލައި، ފަސް މީހަކު ވަނީ ޒަހަމްވެފައެވެ. ހަމަލާ ދިން ކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މޯލް ތެރެއިންނެވެ. ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން އަކީ މުޅި އޭޝިއާގައި އެންމެ […]

ހަތް އަހަރު ފަހުން ރާއްޖޭން އީރާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފި
Raajje

ހަތް އަހަރު ފަހުން ރާއްޖޭން އީރާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފި

ރާއްޖެއިން އީރާނާއެކު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފިއެވެ. ހަތް އަހަރަށްފަހު ރާއްޖޭން އީރާނާއެކު ގުޅުން ގާއިމުކޮށްފައިވަނީ އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޚަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިތު އަބްދުﷲ ހިޔަން އާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ. މި ގުޅުން ބަދަހިކުރުމަށް ދެ ޤައުމުން ނިންމީ ދެ ޤައުމުގެ ރައްޔިތުންގެ ކުރިއެެރުމައްޓަކައި ކަމަށް ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އެ މިނިސް...

ޖަޕާނާއެކު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ: ޝާހިދު
Raajje

ޖަޕާނާއެކު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ: ޝާހިދު

ޖަޕާނާއެކު ވިޔަރާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާނުގެ ހާރިޖީ ވަޒީރު، ރާއްޖެއަށް ިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު ބަދަލުކުރެވުނު އެއްބަސްވުންތަކަށްފަހު، ނެރުއްވި ގުޅިފައިވާ ބަޔާނުގައެވެ. އެ ބަޔާނުގައި ޝާހިދު ވިދާޅުވީ ދެގައުމުން ވެވުނު އެއްބަސްވުމުގެ ދަށުން ވިސާގެ ލުއިފަސޭހައާއެކު ޖަޕާނާއެކު ވިޔަރާރިއާއި އިގްތިސާދީ ގުޅުން އިތުރު ހަރުފަތަ...

ޖަޕާންގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި
Raajje

ޖަޕާންގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި

ޖަޕާނުގެ ހާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމާސާ، ރާއްޖޭ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފޫލަކީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށް ނިންމާފައިވާއިރު، ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ ދީދީ އާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް ވިސާގެ ޝަރުތުތައް 90 ދުވަހުގެ މު...

މިސްރަށް ދާ ދިވެހިިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފި
Raajje

މިސްރަށް ދާ ދިވެހިިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފި

މިސްރަށް ދާ ދިވެހިިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ. ދިވެހި ހާރިޖިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން މިޞްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އޮން އެރައިވަލް (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތަކުން މިޞްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގަމު...

މުސްހަފު އެންދުމަކީ ބަލައިގަނެވޭނެ ޢަމަލެއް ނޫން: ދިވެހި ސަރުކާރު
Raajje

މުސްހަފު އެންދުމަކީ ބަލައިގަނެވޭނެ ޢަމަލެއް ނޫން: ދިވެހި ސަރުކާރު

މުސްހަފު އެންދުމަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫން ކަމަށް ބުނެ، އެފަދަ ޢަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ހާރިޖީ ވުޒާރާ އިން ވިދާޅުވީ މުސްހަފް އެންދުމާއި ގުޅިގެން އ.ދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން ބޭއްވި އަރޖެންޓް ޑިބޭޓްގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. މިއީ ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިދިވިދިގެން ހިނގަމުންދާ ކީރިތި ޤުރުއާނުގެ މުޞްޙަފް އެންދުމުގެ ހާދިސާތަކާ ގުޅ...

ސްވިޑަންގައި މުސްހަފެއް އަންދާލި މައްސަލާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް
International

ސްވިޑަންގައި މުސްހަފެއް އަންދާލި މައްސަލާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް

އަޟްޙާ އީދު ދުވަހާ ދިމާކޮށް ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުސްހަފެއް އަންދާލުމުގެ ދަށުދަރަޖައިގެ ޢަމަލު ހިންގި މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯ.އައި.ސީގެ މައި މަރުކަޒުގައި ކަމަށާއި މިބައްދަލުވުމުގައި ރާއްޖެއިން އޯ.އައި.ސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު،...

ސްވިޑަންގައި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
Raajje

ސްވިޑަންގައި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

ސްވިޑްން މީހަކު ކީރިތި ޤުރްއާނަށް ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަޟްޙާ ޢީދު ދުވަހާ ގުޅުވައިގެން ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ވަރަށް އިހާނެތި ޢަމަލެއް ކަމަށާއި މި ޢަމަލު ތަކުރާރުވުމަކީ ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރ...

ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
Raajje

ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން އިއްޔެ ދިން ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވިދާޅުވީ އިސްރާއީލްގެ އެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކަށް ކުދި އަނިޔާވެފައިވާތީ، އެކަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތ...

ދިވެހިންނަށް އެމެރިކާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ޝާހިދު އެދިވަޑައިގެންފި
Raajje

ދިވެހިންނަށް އެމެރިކާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ޝާހިދު އެދިވަޑައިގެންފި

ދިވެހިންނަށް އެމެރިކާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނި މިފަދައިން އެދިވަޑައިގެންނެވީ ރާއްޖެއާއި އެމެރިކާއާ ދެމެދުގައި ރެސިޑެންޓް އެމްބަސީތައް ގާއިމް ކުރުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ މައާފުކޮށް ދިނުމުގެ މުހިންމުކަމުގެ މައްޗަށް...

ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ
Raajje

ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ “މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން”ގެ 4 ވަނަ ސެޝަން މާދަމާ ފެށުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ސެޝަން ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މި ޖޫން މަހުގެ 6 އަދި 7 ގައި ކަމަށެވެ. މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. އަލީ […]

ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ: ޚަލީލް
Raajje

ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ: ޚަލީލް

ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށް ރާއްޖޭގެ އިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ގޮވާލައްވައިފިއެވެ. އޭނާ މިފަދައިން ގޮވައިލެއްވީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އޯ.އައި.ސީ.ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން އޭނާ ވިދާޅުވީ އެ އަ...

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ
Raajje

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ އެގޮތަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. ދިވެހިންނަށް މި ލިބިދިން ވިސާގެ ލުއިތަކުގެ ދަށުން ސައްހަ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް ކެމްބޯޑިއާއަށް އެތެރެވެ، 30 ދުވަހަށް ތިބެވޭނެގޮތް ހަމަޖައްސާފައި މިވަނީ 16 ޖެނުއަރީ 2023 ގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާ އެކްސްޕެންޝަން އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވު...