Skip to main content
Topic Archive

#މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)

526 Stories filed
އެމްޑީޕީ ދޫކޮށް މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމައިފި
Raajje

އެމްޑީޕީ ދޫކޮށް މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމައިފި

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އަނބުރާ ގެނެސް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިރޭ ނިންމައިފިއެވެ. މިރޭ ބޭއްވި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ނިންމި އިރު، ކައުންސިލަށް ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ. އެ ހު...

މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ ރިސޯޓު މުވައްޒަފުންނަށް 300 ފްލެޓު
Business

މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ ރިސޯޓު މުވައްޒަފުންނަށް 300 ފްލެޓު

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށް ރާއްޖެޓީވީގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، މި ފުރުސަތުގެ ދަށުން ފަތުރުވެރިކަމުފ...

ދެ ހެލިކޮޕްޓަރު ވެސް ގެނައީ މި ސަރުކާރަކުން ނޫން: ޝާހިދު
Raajje

ދެ ހެލިކޮޕްޓަރު ވެސް ގެނައީ މި ސަރުކާރަކުން ނޫން: ޝާހިދު

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކީ ވެސް މި ސަރުކާރުން ގެނެސްފައިވާ ހެލިކޮޕްޓަރުތަކެއް ނޫންކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މާލޭގައި ހުންނަ ސޯސަން ޖަގަހައިގައި ”އެންމެން މިކޮޅަށް – އަނިޔާވެރިކަމާދެކޮޅަށް” ނަމުގައި ބޭއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދަ...

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަނީ
Raajje

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަނީ

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހަގައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރައްވަނީ ހަމަހަމަކަމާ އެކީގައި ކަމަށެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުން...

ރައީސް ސޯލިހް ވިލިމާލޭގެ ދޮރުން ދޮރަށް
Raajje

ރައީސް ސޯލިހް ވިލިމާލޭގެ ދޮރުން ދޮރަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލިމާލޭގެ ގޭގެއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސްގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ މާލެ ސަރަހައްދެވެ. ފުރަތަމަ ބުރުގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރުގައި އަދި ރަށްތަކަކަށް ވަޑައިގަންނަވަން ނުފައްޓަވައެވެ. އެކަމަކު، އެމަނިކުފާނު އެންމެ ފަހުން ވިދާޅުވެފައި ވަނީ ކެމްޕެއިންގެ ފަހު ދުވަސްތަކުގައ...

ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ހަދަނީ
Raajje

ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ހަދަނީ

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގައި ހުވަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގޭގެއަށް ވަޑައިގަތުމުން އަންނަ އެއް ޝަކުވާއަކީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލްތައް ދައްކާފައި ކެއުމުގެ ކަންކަން ހަމަނުޖެހޭ ވާހަކަ ކަމަށެވެ. އަދި ކަރަންޓު ބިލް ދެއްކުމުގައި ލުޔެއް...

ގާސިމްގެ ސްޕެޝަލް އެންވޯއީ އަކަށް ހުންނެވި އިލްހާމް އެމްޑީޕީއަށް
Raajje

ގާސިމްގެ ސްޕެޝަލް އެންވޯއީ އަކަށް ހުންނެވި އިލްހާމް އެމްޑީޕީއަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު ރޭ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ. އިލްހާމް އެމްޑީޕީއަށް ސޮއި ކުރެއްވީ ރޭ މާވެޔޮ މަގުގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހުވަދޫ ކެންޕޭނު ޖަލްސާގައެވެ. އިލްހާމް އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމު އަރުވާފައި ވަނީ ރައީސް ޞާލިޙްގެ އަތްޕުޅަށެވެ. އެމްޑީޕީ އަށް ސޮއިކުރެއްވުމުގެ ކުރިން […]

ވިނަރެސް އާއި އެމްޕީއެލް ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް
Raajje

ވިނަރެސް އާއި އެމްޕީއެލް ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިނަރެސްއަށް ކުރިމަތިލައިގެން ފްލެޓް ލިބިފައިވާ ފަރާތްތަކުން ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑު ވާހަކައިގެ ޝަކުވާ އެމަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. ރައީސް ވިދާ...

މާާލޭގައި އުޅޭތާ 20 އަހަރުވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް
Raajje

މާާލޭގައި އުޅޭތާ 20 އަހަރުވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދިނުމަށް ވަރަށް އަވަހަށް ހައުސިން ސްކީމެއް އިއުލާން ކުރައްވާނެ ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލެއަށް ހިޖުރު ކޮށްފައިވާ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މާލޭގެ ރަށްވެހިންގެ ތެރެއިން...

ތުހުމަތު ކުރާނެ ކަމެއް ނޯންނާނެ، ލޯ ލާރިއެއްގައި ވެސް ނުޖެހޭނަން: ރައީސް
Raajje

ތުހުމަތު ކުރާނެ ކަމެއް ނޯންނާނެ، ލޯ ލާރިއެއްގައި ވެސް ނުޖެހޭނަން: ރައީސް

އެމަނިކުފާނާމެދު ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިރަށް މާލޭގައި ރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ، ބައެއް މީހުން އެމަނިކުފާނަށް ހިޔާނާތުގެ ތުހުމަތު ކުރެއްވި ނަމަވެސް ދައުލަތުގެ...

ރައީސް ވިދާޅުވަނީ ފައިނަލް މެޗުން މޮޅުވާނީ 5-3 ގެ ނަތީޖާއަކުން ކަމަށް!
Raajje

ރައީސް ވިދާޅުވަނީ ފައިނަލް މެޗުން މޮޅުވާނީ 5-3 ގެ ނަތީޖާއަކުން ކަމަށް!

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ފައިނަލް މެޗެއްގެ ގޮތުގައި ސިފަ ކުރައްވައި ވެރިކަން ކުރާ އެމްޑީޕީން އެ މެޗު ކާމިޔާބު ކުރައްވާނީ 5-3 ގެ ނަތީޖާއަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލްގެ ފުރަތަމަ ހާފް ކަމަށެވެ. ފުރަތަމަ ހާފް ނިމުނު އިރު، […]

އިދިކޮޅުގެ ވައުދުތަކަށް ރައީސް ފާޑު ވިދާޅުވެއްޖެ
Raajje

އިދިކޮޅުގެ ވައުދުތަކަށް ރައީސް ފާޑު ވިދާޅުވެއްޖެ

އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ބަނގުރޫޓްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. ރާއްޖެ ބަނގުރޫޓުވެފައި އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެކަމަށް އިޝާތާރްކޮށް ރައީސް ފާޑު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި ކުޑަކުރަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެވެ. “އެއް ފަރާ...

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ: ހަސަން
Raajje

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ: ހަސަން

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށް އެ ޕާޓީގެ މުސްތަޝާރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެމްޑީޕީ އާއި ޕީޕީއެމް އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް […]

ގާސިމްއާ ބައްދަލުކުރައްވަން ރައީސް ވިލާ ޕާކަށް ވަޑައިގަންނަވަނީ
Raajje

ގާސިމްއާ ބައްދަލުކުރައްވަން ރައީސް ވިލާ ޕާކަށް ވަޑައިގަންނަވަނީ

މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލާ ޕާކު (ސަން އައިލެންޑް) ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ […]

އިދިކޮޅަށް ކާމިޔާބު ލިބުނީ ގިނަ ބަޔަކު ވޯޓްލާން ނުނުކުތުމުން: ފައްޔާޒު
Raajje

އިދިކޮޅަށް ކާމިޔާބު ލިބުނީ ގިނަ ބަޔަކު ވޯޓްލާން ނުނުކުތުމުން: ފައްޔާޒު

ސަރުކާރުގެ މައްޗަށް އިދިކޮޅަށް ކާމިޔާބު ހޯދުނު އެންމެ ބޮޑު ސަބަބަކީ ވޯޓުލާން ބޮޑު ޕަސެންޓެއް ނުނުކުތުން ކަމަށް ގަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ޗެޢާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރުގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ކާމިޔާބު ހޯދުނީ އެމްޑީޕީ ބައިބައިވެފައި އޮތުމާއި، ސަރުކާރު ބަދަލުކުރަން ޖެހޭ ފަދަ ރޫހެއް ނުވަތަ ސަރުކާރަށް އިންތިހާބު ކާމިޔާބުވެދާނެ ކަމަށް ދެކިގެން ގިނަ ބަޔަކު ވޯޓުލާން ނުނިކުމެ ތިބުމުގެ ސަބަބުންކަމަށް ގަބޫލުކުރައްވާ ކަމަށެ...