ހދ.އަތޮޅުގެ ދަނޑުވެރިންނަށް ހިންގި ތަމްރީން ނިންމާލައިފި
ހދ.އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން އެ އަތޮޅުގައި ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. ހދ.އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ އެ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އެ އަތޮޅުގެ ހަނިމާދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެ އަތޮޅުގެ ރަށްރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށް ހިންގި 7 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށް ވެސް...