''ބިނާރާ ބެހޭ ވުޒާރާގެ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވި ނަމަވެސް ލިޔުމެއް މަދެއް ނުވޭ''
ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި ކަމަށް ރިޕޯޓްކުރުމާ ގުޅިގެން ބެލިބެލުމުން، އެއްވެސް ލިޔެކިޔުމެއް މަދުވެފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވުޒާރާގެ ރަސްމީ ލިޔެކިޔުންތައް އަޅާފައި ހުރި ލޮކަރުތަކެއް އޮންނަ އުސޫލުގެ ބޭރުން ހުޅުވާފައި ހުރި ކަމަށް ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފުލުހު...