Skip to main content
Topic Archive

#ވޯލްޑް ކަޕް 2026

302 Stories filed
މިސްރުގެ ކޯޗު ފަލަސްތީނުގެ ވާހަކަދައްކާތީ އާޖެންޓީނާ ސަޕޯޓަރުން އިޒްރޭލުގެ ދިދަ ދައްކައި ފުރައްސާރަކޮށްފި
Sports

މިސްރުގެ ކޯޗު ފަލަސްތީނުގެ ވާހަކަދައްކާތީ އާޖެންޓީނާ ސަޕޯޓަރުން އިޒްރޭލުގެ ދިދަ ދައްކައި ފުރައްސާރަކޮށްފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި ފޯރިގަދަ މެޗަށްފަހު، ދަނޑުތެެރެއާއި ކުޅިބެލުންތެރިންގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އާޖެންޓީނާ ސަޕޯޓަރުން އިޒްރޭލު ދިދަ ދައްކައި ފުރައްސާރަކުރުމުން، މިސްރުގެ ކޯޗު ހުސާމް ހަސަން ކެތްތެރިކަން ކޮޅުންލިމަންޒު ފެންނަ ވީޑިއޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. މި މެޗު 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރީ ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ. މެޗުގެ ފަހު ފުމެލުމާއެކު، މިސްރުގެ ކޯޗު [...

ކޮލަމްބިއާ ބަލިކޮށް ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި
Sports

ކޮލަމްބިއާ ބަލިކޮށް ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ކެނެޑާގެ ވެންކޫވަރގައި ހުންނަ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗު، ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. އަންގާރަ ދުވަހު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްވިޒަލޭންޑް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. ސްވިޒަލޭންޑަށް މޮޅުކޮށްދިން ނިންމުންތެރި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރުބެން ވަރްގަސް އެވެ. މިއީ 1954 ވަނަ އަހަރު […]

އެމްބާޕޭއަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލަ ފްރާންސުން ތަހުގީގު ކުރަން ފަށައިފި
Sports

އެމްބާޕޭއަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލަ ފްރާންސުން ތަހުގީގު ކުރަން ފަށައިފި

ވޯލްޑް ކަޕްގައި ޕެރަގުއޭގެ މައްޗަށް ފްރާންސް ކުރިހޯދި މެޗަށްފަހު، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް ނަސްލީ ގޮތުން އިހާނެތިކޮށް ހިތައި، ނަފްރަތު އުފެއްދުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ޕެރަގުއޭގެ ސެނެޓަރެއްގެ މައްސަލަ ފްރާންސްގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފިއެވެ. ޕެރިސްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ތަހުގީގު ފަށާފައިވަނީ އޮންލައިންކޮށް ފަތުރާ ނަފްރަތުގެ މައްސަލަތައް ބަލާ ޤައުމީ ޔުނިޓަށް ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެފް.އެފް) އިން ހ...

ވޯލްޑް ކަޕްގައި މެސީ އޭނާގެ އަށްވަނަ ލަނޑު ޖަހައި ގޯލްޑަން ބޫޓުގެ ރޭހުގެ ކުރި ހޯދައިފި
Sports

ވޯލްޑް ކަޕްގައި މެސީ އޭނާގެ އަށްވަނަ ލަނޑު ޖަހައި ގޯލްޑަން ބޫޓުގެ ރޭހުގެ ކުރި ހޯދައިފި

މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ އަށްވަނަ ލަނޑު ކާމިޔާބުކޮށް، ގޯލްޑަން ބޫޓުގެ ރޭހުގެ އެއްވަނައަށް ޖެހިލައިފިއެވެ. އަންގާރަ ދުވަހު މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ މި ލަނޑު ޖެހުމާއެކު، އާޖެންޓީނާގެ ގައުމީ ޓީމަށް ޖެހިޖެހިގެން ނުވަ މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ގޮންޒާލޯ މޮންޓިއެލް ދިން ފުރުސަތަކުން މެސީ ކާމިޔާބުކުރި މި ލަނޑަކީ އޭނާގެ ވޯލްޑް ކަޕް ކެރިއަރުގައި ޖެހި 21 […]

މެސީ ލޮލުން އުފަލުގެ ކަރުނަ، ވައިގެ ތެރެއަށް އުފުލާލައި ކާމިޔާބީ ފާހަގަކޮށްފި
Sports

މެސީ ލޮލުން އުފަލުގެ ކަރުނަ، ވައިގެ ތެރެއަށް އުފުލާލައި ކާމިޔާބީ ފާހަގަކޮށްފި

ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން މިފަހަރުގެ ވަރލްޑް ކަޕްގައި މިސްރާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު އާޖެންޓީނާ ކުޅުންތެރިން ވަނީ އެ ޓީމުގެ މައިބަދަކަމަށްވާ ލިއޮނަލް މެސީ ވައިގެ ތެރެއަށް އުފުލާލައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މިރޭގެ މެޗުގެ ބޮޑުބައިގައި މިސްރުން ކުރިހޯދާފައި ވަނިކޮށް، އާޖެންޓީނާއިން ވަނީ ފަހު ވަގުތު ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މިސްރުން މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި، އާޖެންޓީނާގެ ވަރުގަދަ ހަމަލާ...

މިސްރު ބަލިކޮށް އާޖެންޓީނާ އަށް ތާރީޚީ މޮޅެއް، ބަންގްލަދޭޝް މީހުން މާލޭގެ މަގުތަކަށް
Sports

މިސްރު ބަލިކޮށް އާޖެންޓީނާ އަށް ތާރީޚީ މޮޅެއް، ބަންގްލަދޭޝް މީހުން މާލޭގެ މަގުތަކަށް

ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް އެނބުރިއައުމާއެކު، ދެ ލަނޑުގެ ފަހަތުގައި އޮތުމަށްފަހު 3-2 ގެ ނަތީޖާއަކުން މިސްރު ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކޮށްފިއެވެ. މި މެޗުން ބަލިވުމާއެކު މިސްރު ވަނީ މުބާރާތުން ކަޓާފައެވެ. މި ނަތީޖާ އާއި އެކު މާލޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން އަންނަނީ މާލޭގެ މަގުތަކުމަތީ އުފާފާޅުކުރަމުންނެވެ. ބަންގްލަދޭޝް އަކީ އާޖެންޓީ އަށް ޚާއްޞަ ލޯތްބެއް އޮންނަ ގައުމެކެވެ. މީގެ އިތުރުން ދިވެހިންގެ ތެރޭގައި ވެސް […]

މެސީ އާއި ސަލާހްގެ ކުރިމަތިލުމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި
Sports

މެސީ އާއި ސަލާހްގެ ކުރިމަތިލުމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ފަހު މެޗުތައް އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި މިޞްރުގެ މުޙައްމަދު ސަލާހް ބައްދަލުކުރާ ފޯރިގަދަ ކުރިމަތިލުމަށެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުން މިހާތަނަށް ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އާލިން ހާލަންޑް ވަނީ ޖާގަ ހޯދާފައެވެ. އަދި މެކްސިކޯއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 އިން ކާމިޔާބުކޮށް ހެރީ ކޭންގެ އިންގްލެންޑް ވެސް […]

ރޮނާލްޑޯ: އެތައް މިލިއަން މީހުންގެ ލޯބި ހޯދާފައިވާ ކާމިޔާބު ލެޖެންޑެއް
Sports

ރޮނާލްޑޯ: އެތައް މިލިއަން މީހުންގެ ލޯބި ހޯދާފައިވާ ކާމިޔާބު ލެޖެންޑެއް

ވޯލްޑް ކަޕް 2026 ގައި ގަދަ 16 ބުރުގައި ސްޕޭން އާއި ޕޯޗްގަލް ބައްދަލުކުރި މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ސްޕޭނުން ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލް އަށް މި ވޯލްޑް ކަޕް ނިމިގެންދިޔައިރު، މި މެޗާއެކު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ. ރޮނާލްޑޯ އަކީ އެތައް މިލިއަން ސަޕޯޓަރުންނެއް ތިބި ވަރުގަދަ ކާމިޔާބު ލެޖެންޑެކެވެ. އެއީ ރޮނާލްޑޯ އަށް ސަޕޯޓް ކުރިއަސް ނުކުރިއަސް ފެންނާން […]

ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީ ނުވާ މީހަކީ އިންސާނެއް ނޫން: މިސްރުގެ ކޯޗު
Sports

ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީ ނުވާ މީހަކީ އިންސާނެއް ނޫން: މިސްރުގެ ކޯޗު

ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިސްރުގެ ކޯޗު ހުސާމް ހަސަން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ މެދު ވަރަށް އަސަރުގަދަ ވާހަކަތަކެއް ދައްކާފައެވެ. އޭނާ ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަންކަމާ މެދު ހަމްދަރުދީ ނުވާ މީހަކީ އިންސާނެއް ނޫނެވެ. އޮސްޓްރޭލިއާ އަތުން މިސްރު މޮޅުވި މެޗަށްފަހު ފަލަސްތީނުގެ ދިދަ ހިފައިގެން އުފާފާޅުކުރި ހަސަން، ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަތަރު […]

ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ތަފާތުކުރުމުގެ ކޮމެންޓްތަކަށް އެމްބާޕޭ ވަރުގަދަ ރައްދެއް
Sports

ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ތަފާތުކުރުމުގެ ކޮމެންޓްތަކަށް އެމްބާޕޭ ވަރުގަދަ ރައްދެއް

ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕެރަގުއޭ އަތުން ފްރާންސް މޮޅުވި މެޗަށްފަހު، ޕެރަގުއޭގެ ސެނެޓަރަކު ކުރެއްވި ނަސްލީ ތަފާތުކުރުމުގެ ކޮމެންޓްތަކެއް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ހޯމަ ދުވަހު ވަރުގަދައަށް ކުށްވެރިކޮށްފިއެވެ. ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީގެ ސެނެޓަރެއް ކަމަށްވާ ސެލެސްޓޭ އަމަރިއްލާ އަކީ “ދަށުދަރަޖައިގެ އަންހެނެއް” ކަމަށާއި، އޭނާއަކީ ޕެރަގުއޭގެ ކޮންގްރެސްގައި މަސައްކަތް ކުރުމަށް “ކުފޫހަމަނުވާ” މީހެއް ކަމަށް އެމްބާޕޭ ބުންޏެވެ. އެމްބާޕޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސެނެޓަރުގެ ބޭއަދ...

ޓްރަމްޕްގެ ނުފޫޒުން ސަސްޕެންޝަން އުވާލި ނަމަވެސް ބަލޯގަންއަށް މާބޮޑު ކަމެއް ނުކުރެވުނު
Sports

ޓްރަމްޕްގެ ނުފޫޒުން ސަސްޕެންޝަން އުވާލި ނަމަވެސް ބަލޯގަންއަށް މާބޮޑު ކަމެއް ނުކުރެވުނު

ވޯލްޑް ކަޕްގެ ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާ ކުޅުނު މެޗުގައި ފޯލަރިން ބަލޯގަންގެ ބައިވެރިވުމާ މެދު ގިނަ ބަހުސްތަކެއް ކުރެވުނު ނަމަވެސް، 4-1 އިން އެމެރިކާ ބަލިވި މި މެޗުގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މި މުބާރާތުގައި ތިން ގޯލު ޖަހާފައިވާ އުމުރުން 25 އަހަރުގެ ފޯވާޑަށް، ބޮސްނިއާ-ހެރްޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑެއް ދެއްކި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިވުމާއެކު ފީފާއިން ވަނީ އޭނާގެ ސަސްޕެންޝަން […]

އެމެރިކާގެ ނުފޫޒަށް ބެލްޖިއަމް ނުހުއްޓުވުނު، 4 ލަނޑުން ބަލިކޮށް ވޯލްޑް ކަޕުން ކަޓުވާލައިފި
Sports

އެމެރިކާގެ ނުފޫޒަށް ބެލްޖިއަމް ނުހުއްޓުވުނު، 4 ލަނޑުން ބަލިކޮށް ވޯލްޑް ކަޕުން ކަޓުވާލައިފި

ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި ބެލްޖިއަމް އަތުން 4-1 އިން ބަލިވެ، އަމިއްލަ ގައުމުގައި މުބާރާތް ބާއްވަމުންދާ އެމެރިކާ މުބާރާތުން ކަޓައިފިއެވެ. މި މެޗަށް ނުކުތްއިރު، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން ކުރި ސަސްޕެންޝަން ފަސްކޮށް ބެލްޖިއަމް މެޗުގައި ކުޅެވޭގޮތް ފީފާއިން ހަދައިދިނުމުން ފީފާ އަށާއި އެމެރިކާ އަށް ޚާއްޞަކޮށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދުނިޔޭގެ ފާޑުކިޔުން ދިޔައީ […]

ސްޕެއިން ކުއާޓަރަށް، ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ނިމުމަކަށް
Sports

ސްޕެއިން ކުއާޓަރަށް، ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ނިމުމަކަށް

މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައިކާމިޔާބުކުރި ލަނޑާއެކު، 1-0 އިން ޕޯޗުގަލް ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މި ނަތީޖާއާއެކު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ. މެޗުގެ ފަހު ވަގުތު މެރީނޯއަށް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލްގެ ކުޅުންތެރިން ރެފްރީއާ ބަހުސްކުރަމުން ދަނިކޮށް، މެރީނޯ ވަނީ ހުށިޔާރުކަމާއެކު ބޯޅަ ކުޅުމުގެ ތެރެއަށް ވައްދައި ފެރާން ޓޮރޭޒް ދިން ޕާހަކުން ޕޯޗުގަލްގެ ގޯލްކީޕަރު […]

ޓްރަންމްޕް ގުޅުއްވި، ގޮތް ނިންމާނީ ފީފާގެ މިނިވަން ބޮޑީތަކުން ކަމަށް ދެންނެވިން: އިންފަންޓީނޯ
Sports

ޓްރަންމްޕް ގުޅުއްވި، ގޮތް ނިންމާނީ ފީފާގެ މިނިވަން ބޮޑީތަކުން ކަމަށް ދެންނެވިން: އިންފަންޓީނޯ

އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން ކުރި ސަސްޕެންޝަނާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާ އަށް ގުޅުއްވިކަމަށާއި، އެ މައްސަލައިގައި ގޮތް ނިންމާނީ ފީފާގެ މިނިވަން ޖުޑީޝަލް ބޮޑީތަކުން ކަމަށް ޓްރަމްޕަށް ދެންނެވި ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. ބަލޯގަންގެ ސަސްޕެންޝަނަށް ލުއިދިން މައްސަލަ ހޫނުވެފައި ވަނިކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި އިންފަންޓީނޯ ވިދާޅުވީ، ޓްރަމްޕާއެކު ދެކެވުނު ވާހަކައ...

ބަލޯގަން މައްސަލާގައި ހޫނުފެނަށް ވެއްޓުމުން ޓްރަމްޕް ދިފާޢުގައި ވާހަކަދައްކައިފި
Sports

ބަލޯގަން މައްސަލާގައި ހޫނުފެނަށް ވެއްޓުމުން ޓްރަމްޕް ދިފާޢުގައި ވާހަކަދައްކައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތާއެކު ބޮޑު ފާޑުކިޔުމެއް އަމާޒުވުމުން އޭނާގެ ޢަމަލުގެ ދިފާޢުގައި ވާހަކަދައްކަވައިފިއެވެ. މިދިޔަ ހަފުތާގައި ބޮސްނިއާ-ހެރްޒެގޮވިނާ އަތުން އެމެރިކާ މޮޅުވި މެޗުގައި ބަލޯގަންއަށް ދެއްކި ރަތް ކާޑު އުވާލުމަށް ފީފާއިން ނިންމުމާ ގުޅިގެން، އޭނާއަށް މިރޭ ބެލްޖިއަމާ ދެކޮޅަ...