Skip to main content
Topic Archive

#ވޯލްޑް ކަޕް 2022

103 Stories filed
ވޯލްޑް ކަޕް: އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ ކޮން ކުލަބަކުން؟
Sports

ވޯލްޑް ކަޕް: އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ ކޮން ކުލަބަކުން؟

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާއިރު، މުބާރާތުގައި ވާދަކުރާ 32 ޓީމް މިހާރު ތިބީ ގަތަރުގައެވެ. ކޮންމެ ޤައުމެއް ވެސް ބޮޑެތި އުންމީދުތަކާއިއެކު ރަނގަޅު ނަތީޖާއެއް ހޯދުމަށް ޤަތަރަށް ގޮސްފައިވަނީ އެތައް ގޮތަކަށް ބެލުމަށް ފަހު އެ ޤައުމަކަށް ނިސްބަތްވާ އެންމެ މޮޅު 26 ކުޅުންތެރިން ގޮވައިގެންނެވެ. ސުވާލަކީ ޤައުމީ ޓީމްތަކުގައި ހިމެނިގެން މި އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެންމެ ގިނައިން ގޮސްފައިވަނީ ކޮން […]

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ކްރޮއޭޝިއާ
Sports

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ކްރޮއޭޝިއާ

ކްރޮއޭޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1998 ވަނަ އަހަރެވެ. ފުރަތަމަ ފެނިލުން ވެސް ވެގެންދިޔައީ ކްރޮއޭޝިއާ އަށް ތަރީހީ މުބާރާތަކަށެވެ. ހައިރާންކުރަނިވި ނަތީޖާތަކަށް ފަހު، ކްރޮއޭޝިއާ ވަނީ އެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ކްރޮއޭޝިއާގެ “ރަން ޖީލު”ގެ ގޮތުގައި ސިފަކުރެވުނު ކުޅުންތެރިންތަކަކާ އެކު، އެ އަހަރުގެ މުބާރާތުން ތިންވަނަ ކްރޮއޭޝިއާ ހޯދިއެވެ. ކްރޮއޭޝިއާގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ކާމިޔާބު މުބާރާތަކީ 2018 ވަނަ އަހަރުގެ މުބާރާތެވެ. އެ މުބާރާތުގެ ފައިނަލުގައި […...

ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ނައިޖީރިއާ އަތުން ޕޯޗުގަލަށް ފަސޭހަ މޮޅެއް
Sports

ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ނައިޖީރިއާ އަތުން ޕޯޗުގަލަށް ފަސޭހަ މޮޅެއް

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕޯޗްގަލުން ނައިޖީރިއާގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައިފިއެވެ. މި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައި ނުވެއެވެ. މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް ވެސް ވަނީ މި މެޗުގައި ރޮނާލްޑޯ […]

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ކެނެޑާ
Sports

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ކެނެޑާ

މިއީ 1986 ވަނައަހަރަށް ފަހު ކެނެޑާ ވޯލްޑް ކަޕަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. 40 އަހަރުގެ މެދު ކެނޑުމަކަށް ފަހު ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވިއިރު، އެޓީމަކީ ފުޓްބޯލައިގައި މާ ފާހަގަ ކޮށްލެވޭ ޓީމަކަށް ނުވެއެވެ. ނަމަވެސް ސަރަހައްދީ ފުޓްބޯޅައިގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ނަމަވެސް އެއީ މާ ފަހުގެ ތާރީޚެއްގައެއް ނޫނެވެ. މިހހާތަނަށް އެންމެ ވޯލްޑް ކަޕެއްގައި ކެނެޑާ ކުޅެފައިވާއިރު، އެ މުބާރާތުން ވެސް އެޓީމު ކެޓީ ގުރޫޕު ސްޓޭޖުންނެވެ. އެ މުބާރާތުގެ ގުރޫޕް […]

ވޯލްޑް ކަޕް: އެންކުންކޫއަށް އަނިޔާވުމުން އެ ފުރުޞަތު މުއާނީއަށް
Sports

ވޯލްޑް ކަޕް: އެންކުންކޫއަށް އަނިޔާވުމުން އެ ފުރުޞަތު މުއާނީއަށް

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވުމުން، އެންކުންކޫގެ ބަދަލުގައި ފްރާންސް ސްކޮޑުން ރަންޑަލް ކޯލޯ މުއާނީއަށް ފުރުޞަތު ދީފިއެވެ. ޖަރުމަނު ލީގުގެ ފްރޭންކްފާޓަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ މުއާނީއަކީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި […]

ވޯލްޑް ކަޕް: ފްރާންސްގެ ފޯވާޑް އެންކުންކޫއަށް އަނިޔާވެއްޖެ
Sports

ވޯލްޑް ކަޕް: ފްރާންސްގެ ފޯވާޑް އެންކުންކޫއަށް އަނިޔާވެއްޖެ

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވެއްޖެއެވެ. ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ އެންކުންކޫއަކީ މިވަގުތު ފްރާންސް ޓީމްގައި އެންމެ ފޯމްގައި ހުރި އެއް ކުޅުންތެރިއާއެވެ. އޭނާ ވަނީ ލައިޕްޒިގް މި ސީޒަންގައި ޖަރުމަނު ލީގުގައި ކުޅުނު 15 މެޗުގައި […]

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ބެލްޖިއަމް
Sports

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ބެލްޖިއަމް

ބެލްޖިއަމްއަކީ ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތުން ވެސް ފެނުނު ޓީމެކެވެ. އުރުގުއާއީގައި 1930 ވަނަ އަހަރު ބޭއްވި އެ މުބާރާތުން ފެށިގެން މިހާތަނަށް ބެލްޖިއަމުން ވަނީ ޖުމުލަ 14 ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. ވޯލްޑް ކަޕުގައި ބެލްޖިއަމުން އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދައިފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ބެލްޖިއަމް އެންމެ […]

ވޯލްޑް ކަޕް: މާނޭއަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެ
Sports

ވޯލްޑް ކަޕް: މާނޭއަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެ

އަނިޔާގެ ސަބަބުން މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމްގެ ކެޕްޓަން ސަޑިއޯ މާނޭއަށް ނުކުޅެވޭނެ ކަމުގައި އެ ޤައުމުގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ. މާނޭއަށް އަނިޔާވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މެޗުގެ 15 ވަނަ މިނެޓުގައި […]

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: އުރުގުއޭ
Sports

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: އުރުގުއޭ

އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރުމުން އުރުގުއޭ އަކީ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ގައުމެކެވެ. އަމިއްލަ ގައުމުގައި 1930ގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ ތަށި އުފުލައިލުމުގެ އިތުރުން 1950ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ އުރުގުއޭ އެވެ. ފުޓްބޯޅައިގެ ފޯރި ގަދަ ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ އުރުގުއޭ އެ ސަރަހައްދުގެ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވެ އެވެ. ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ޖުމްލަ 15 ފަހަރު […]

ވޯލްޑް ކަޕް ބަލަން ޔޫތު މިނިސްޓްރީން 100 ޕްރޮޖެކްޓަރ ދޫކުރަނީ
Raajje

ވޯލްޑް ކަޕް ބަލަން ޔޫތު މިނިސްޓްރީން 100 ޕްރޮޖެކްޓަރ ދޫކުރަނީ

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ “ފީފާ ވޯލްޑް ކަޕް 2022” ފުޓްބޯޅަ މުބާރާތް ބެލުމަށް ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީން ވިދާޅުވެފައި ވަނީ ވޯލްޑް ކަޕް ބެލުމަށް ޕްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދަނީ ޖަމިއްޔާތަކަށް ކަމާށައި، ނަމަވެސް “ޔޫރޯ 2020” ފުޓްބޯޅަ މުބާރާތް ބެލުމަށް، އެ މިނިސްޓްރިން ޕްރޮޖެކްޓަރ ދޫކުރި އެއްވެސް ޖަމިއްޔާއަކަށް މިފަހަރު ޕްރޮޖެކްޓަރ...

އިތުރު ފީއަކާއިނުލައި ޕީއެސްއެމުން ވޯލްޑް ކަޕް ފެންނާނެ
Raajje

އިތުރު ފީއަކާއިނުލައި ޕީއެސްއެމުން ވޯލްޑް ކަޕް ފެންނާނެ

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ވުމާއިއެކު މި ފަހަރުގެ ވޯލްޑްކަޕްގެ މެޗުތައް ފެންނާނެ ކަމުގައި ޕީއެސްއެމުން ހާމަކޮށްފިއެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރާއްޖެ ހިމެނޭ ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓް ގަނެފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ވަޔާކޮމް18 އިންނެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑީނެޓުން ވަނީ އިންޑިއާގެ ވަޔާކޮމް އަތުން ވޯލްޑް ކަޕް […]

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ދެކުނު ކޮރެއާ
Sports

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ދެކުނު ކޮރެއާ

ދެކުނު ކޮރެއާ އެންމެ ފުރަތަމަ ވާދަކުރީ 1954 ވަނަ އަހަރު ސްވިޒަލެންޑުގައި ބޭއްވުނު ވޯލްޑް ކަޕުގައެވެ. ދެކުނު ކޮރެއާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނައިން ވާދަކޮށްފައިވާ އަދި އެންމެ ކާމިޔާބު ޓީމެވެ. ޖުމްލަ 10 ވޯލްޑް ކަޕުގައި ކުޅެފައިވާއިރު އޭގެ ތެރެއިން ނުވަ ފަހަރު ވާދަކުރީ ޖައްސަޖައްސައިގެންނެވެ. އެ ގައުމުން ޖަޕާނާ ހިއްސާވެގެން 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުން ވެގެންދިޔައީ އޭޝިއާގެ ގައުމަކަށް […]

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ސްވިޒަލެންޑް
Sports

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ސްވިޒަލެންޑް

މިއީ ސްވިޓްޒަލޭންޑް ވޯލްޑް ކަޕްގައި ވާދަކުރާ 12 ވަނަ ފަހަރެވެ. އެ ގައުމު އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އަދި 1934، 1938 އަދި 1954ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވެ އަހަރުތަކެއް ހޭދަކުރުމަށް ފަހު، ސްވިޓްޒަލޭންޑް ދެން ފެނުނީ 1994ގެ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 2006 އާއި 2014 އަދި 2018ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. ކޮލިފައިވީ ގޮތް […]

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޕޯޗުގަލް
Sports

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޕޯޗުގަލް

ޕޯޗުގަލް އެންމެ ފުރަތަމަ ވޯލްޑަ ކަޕެއްގައި ވާދަކުރީ 1966 ވަނަ އަހަރެވެ. ޕޯޗުގަލްގެ ލެޖެންޑް ޔުސޭބިއޯގެ މޮޅު ކުޅުމާ އެކު، އެ އަހަރުގެ މުބާރާތުގެ ތިން ވަނަ އެ ގައުމުން ހޯދި އެވެ. އެކަމަކު ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގައި އެ ގައުމަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރުމެވެ. ބްރެޒިލްގައި އެންމެ ފަހުން 2014 ގައި އޮތް ވޯލްޑް ކަޕުން ޕޯޗުގަލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އަދި 2018 […]

މެސީ ފަސްވަނަ ވޯލްޑް ކަޕަށް، އަނިޔާގައި ހުރި ޑިބާލާ އާޖެންޓީނާގެ ވޯލްޑް ކަޕް ސްކޮޑުގައި ވަނީ ހިމަނާފައި
Sports

މެސީ ފަސްވަނަ ވޯލްޑް ކަޕަށް، އަނިޔާގައި ހުރި ޑިބާލާ އާޖެންޓީނާގެ ވޯލްޑް ކަޕް ސްކޮޑުގައި ވަނީ ހިމަނާފައި

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ދާ އާޖެންޓީނާގެ ސްކޮޑް އިޢުލާން ކޮށްފިއެވެ. ދުނިޔެ ދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާ ކަމަށްވާ ލައިނަލް މެސީ އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕަށް ނުކުންނައިރު، މިއީ އޭނާ ކުޅޭ ފަސްވަނަ ވޯލްޑް ކަޕެވެ. އާޖެންޓީނާގެ ސްކޮޑުގައި އިޓަލީގެ ރޯމާއަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ ފޯވާޑް ޕައުލޯ ޑިބާލާ ވެސް ވަނީ ހިމަނާފައެވެ. ނަމަވެސް […]