Skip to main content
Topic Archive

#ވޯލްޑް ކަޕް 2022

103 Stories filed
ވޯލްޑް ކަޕް 2026 އޮންނާނީ ކޮންތާކު؟
Sports

ވޯލްޑް ކަޕް 2026 އޮންނާނީ ކޮންތާކު؟

މިއަހަރުގެ ވޯލްޑް ކަޕް ގަތަރުގައި މިހާރު ފަށާފައިވާއިރު މިއީ އަރަބި ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް ނިމުމާއެކު ދެން ތައްޔާރުވާނީ ކުރިއަށް އޮތް ވޯލްޑް ކަޕަށެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ތިން ގައުމެއްގައެވެ. މިއީ ތިން ގައުމެއްގައި ވޯލްޑްކަޕް ބާއްވާނެ ފުރަތަމަ ފަހަރެވެ. އެ ގައުމުތަކަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. އެމެރިކާގައި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ސިއެޓަލް، ސެންފްރެންސިސްކޯ، ލޮސްއެންޖެލަސް، ކެންސަސް ސިޓީ، ޑާލަސް، އެޓްލާންޓާ، ހިޔުސްޓަން...

ކެނަޑާ އަތުން ބެލްޖިއަމަށް ހަނި މޮޅެއް
Sports

ކެނަޑާ އަތުން ބެލްޖިއަމަށް ހަނި މޮޅެއް

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯލަ މުބާރާތުގެ ގްރޫޕް އެފްގައި ބެލްޖިއަމާއި ކެނަޑާ ބައްދަލުކުރި މެޗު ހަނި ގޮތަކަށް ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. ރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދުނިޔޭގެ ރޭންކިންގެ ދެވަނަ ޓީމްގެގޮތުގައި އޮވެ ވޯލްޑް ކަޕާއި ކުރިމަތިލީ ބެލްޖިއަމާއި ދެކޮޅަށް ވޯލްޑް ކަޕްގައި އެއްވެސް ތަޖުރިބާއެއް ނެތް ކެނެޑާގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ކެނެޑާ […]

ތަފާތު ބޮޑުކޮށް ކޮސްޓަރިކާ ބަލިކޮށް ސްޕެއިނުން ފެންވަރު ދައްކާލައިފި
Sports

ތަފާތު ބޮޑުކޮށް ކޮސްޓަރިކާ ބަލިކޮށް ސްޕެއިނުން ފެންވަރު ދައްކާލައިފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްޕެއިނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ސްޕެއިނުން އެ ޓީމްގެ ފެންވަރު ދައްކާލައިފިއެވެ. މިރޭ ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ވޯލްޑް ކަޕްގައި ފާއިތުވި ދެ މުބާރާތުގައި ވެސް އެއްވެސް ޓީމަކަށް އެއް […]

ޖަޕާނުން ފަހަތުން އަރާ ގަދަފަދަ ޖަރުމަނު ބަލިކޮށްފި
Sports

ޖަޕާނުން ފަހަތުން އަރާ ގަދަފަދަ ޖަރުމަނު ބަލިކޮށްފި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޖަރުމަނާއި ޖަޕާން މިރޭ ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބު ކޮށްފިއެވެ. މިރޭ ގަތަރުގެ އަލް ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޖަޕާނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެސް ޖަރުމަނުންނެވެ. ނަމަވެސް ޖަޕާނުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލާފައެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ޖަރުމަނުންނެވެ. ހާއްސަކޮށް […]

ސައުދީ އިން އާޖެންޓީނާގެ މައްޗަށް ހޯދި ތާރީހީ މޮޅާއެކު، ކޯޗު ރެނާޑް ބަތަލަކަށް
Sports

ސައުދީ އިން އާޖެންޓީނާގެ މައްޗަށް ހޯދި ތާރީހީ މޮޅާއެކު، ކޯޗު ރެނާޑް ބަތަލަކަށް

ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި އިއްޔެއަކީ މުޅި ދުނިޔެ ވެސް ސިއްސުވާލި ދުވަހެކެވެ. ސަބަބަކީ، ގްރޫޕް ސީ ގައި ހިމެނޭ ފުޓްބޯޅައިގެ ގަދަބާރު އަދި އެމީހަކަށްޓަކައި ފުޓްބޯޅަ ސަޕޯޓަރުން “މަރުދޭ” ލިއޮނަލް މެސީ އާއިއެކު ނުކުތް އާޖެންޓީނާގެ މައްޗަށް ފަހަތުން އަރައި، ސައުދީން ކާމިޔާބު ހޯދުމުން ނެވެ. ދެކުނު އެމެރިކާގެ ގަދަބާރެއް ގޮތުގައި އޮތް އަދި ބައިނަލްއަގްވާމީ ފުޓްބޯޅާގައި ކުލަގަދަ ކާމިޔާބުތަކެއް ހޯދާފައިވާ އާޖެންޓީނާ ތަފާތު ބޮޑުނަތީޖާއަކުން މޮޅުވާނެ ކަމަށް ގިނަ...

ފްރާންސްގެ ޑިފެންޑަރ ލޫކަސް ހެނާންޑޭޒްއަށް އަނިޔާވެ މުބާރާތް ނިމިއްޖެ
Sports

ފްރާންސްގެ ޑިފެންޑަރ ލޫކަސް ހެނާންޑޭޒްއަށް އަނިޔާވެ މުބާރާތް ނިމިއްޖެ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ގްރޫޕް ޑީގައި ފްރާންސާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގައި، އަނިޔާވެ އެ ޓީމްގެ ޑިފެންޑަރ ލޫކަސް ހެނާންޑޭޒްއަށް މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެކަން ޔަޤީނެ ވެއްޖެއެވެ. ރޭ ގްތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. ބަޔާން މިއުނިކަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ހެނާންޑޭޒްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ މެޗުގެ […]

ޕޮލެންޑާއި މެކްސިކޯ މެޗަށް ހަމަހަމަ ނިމުމެއް
Sports

ޕޮލެންޑާއި މެކްސިކޯ މެޗަށް ހަމަހަމަ ނިމުމެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގަތަރުގެ ދޯހާގައު ހުންނަ ސްޓޭޑިއަމް 974 ގައި މިރޭ ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި މެޗުގައި ލަނޑުޖަހާނެ ފުރުޞަތު ތަނަވަސް ކުރުމުގައި ދެ ޓީމަށް ވެސް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ފުރަތަމަ ހާފުގައި ޕޮލެންޑަށް […]

ސައުދީން، އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކުރަނީ
International

ސައުދީން، އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކުރަނީ

ގަތަރުގައި މިހާރު ކުރިއަށްދާ ފިފާ ވޯލްޑް ކަޕް 2022 ގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާ އިން ހޯދި ކާމިޔާބީ، ސައުދީގައި ކުލަގަދަކޮށް ފާހަގަކުރަމުން އެބަދެ އެވެ. މި ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުން އުފާފާޅުކުރުމަށް ފުރރުސަތު ދިނުމުގެ ގޮތުން ސައުދީ ރަސްގެފާނު ރަސްގެފާނު ކިންގް ސަލްމާން ވަނީ މާދަމާ އަކީ ގައުމީ ބަންދު ދުވަހެއް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ. މިގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ […]

ޓިއުނީޝި އަތުން ޑެންމާކަށް މޮޅެއް ނުވެވުނު
Sports

ޓިއުނީޝި އަތުން ޑެންމާކަށް މޮޅެއް ނުވެވުނު

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް ޑީގައި ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ޑެންމާކް ވޯލްޑް ކަޕާއި ކުރިމަތިލާފައި ވަނީ ވަރަށް ފޯމެއްގައި އޮވެއެވެ. މިގޮތުން ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އެ ޓީމުން ވަނީ އެންމެ މެޗެއް ފިޔަވާ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެ […]

ސައޫދީން، ފުޓްބޯޅައިގެ ގަދަބާރު، އާޖެންޓީނާ ލަދު ގަންނަވާލައިފި
Sports

ސައޫދީން، ފުޓްބޯޅައިގެ ގަދަބާރު، އާޖެންޓީނާ ލަދު ގަންނަވާލައިފި

ގަތަރު ގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު، ފުޓްބޯޅައިގާ ދުނިޔޭގެ ގަދަބާރެއް ކަމަށްވާ، އާޖެންޓީނާ އާ ދެކޮޅަށް ކުޅެ، ސައުދީ އަރަބިއާ އިން ކުރި ހޯދައިފި އެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ސައުދީން ކާމިޔާބުކުރީ ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް އާޖެންޓީނާ އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ނެވެ. މުބާރާތުގެ ފޭވްރިޓުންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ […]

އެމެރިކާއާއި ވޭލްސް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް
Sports

އެމެރިކާއާއި ވޭލްސް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އެމެރިކާއާއި ވޭލްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ އެމެރިކާއިންނެވެ. މި ލަނޑު 36 ވަނަ މިނެޓުގައި ކްރިސްޓިއަން ޕްލިސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޓިމޮތީ ވިއާއެވެ. މިއީ ވިއާ އެމެރިކާ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. […]

ސެނެގާލް ބަލިކޮށް ނެދަލެންޑްސް ފެށުން ރަނގަޅު ކޮށްފި
Sports

ސެނެގާލް ބަލިކޮށް ނެދަލެންޑްސް ފެށުން ރަނގަޅު ކޮށްފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ނެދަލެންޑްސްއާއި ސެނެގާލް ބައްދަލުކުރި މެޗު ނެދަލެންޑްސްއިން ކާމިޔާބު ކޮށްފިއެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ނެދަލެންޑްސްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ސެނެގާލްގެ އިސްމާއިލާ ސާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކޮށްފައި ވަނީ […]

ފަސޭހަކަމާއިއެކު އީރާން ބަލިކޮށް އިންގްލެންޑަށް ރަނގަޅު ފެށުމެއް
Sports

ފަސޭހަކަމާއިއެކު އީރާން ބަލިކޮށް އިންގްލެންޑަށް ރަނގަޅު ފެށުމެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑުން ފަސޭހަކަމާއިއެކު އިރާން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. މިރޭ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އިންގްލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އިރާނަށް މެޗުގައި އިތުރު މައްސަލަ ކުރިމަތިވީ، މެޗުގެ ވަރަށް ކުރީކޮޅެ އެ ޓީމްގެ އެއް ނަމްބަރު ކީޕަރަ […]

މުބާރާތް ބާއްވާ ގައުމު ވޯލްޑް ކަޕް ފުރަތަމަ މެޗުން ބަލިވުމުގެ ރެކޯޑް ގަތަރަށް
Sports

މުބާރާތް ބާއްވާ ގައުމު ވޯލްޑް ކަޕް ފުރަތަމަ މެޗުން ބަލިވުމުގެ ރެކޯޑް ގަތަރަށް

މިރޭ ގަތަރުގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުން މުބާރާތް ބާއްވާ ގަތަރު ބަލިވެ، ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ މެޗުން މުބާރާތް ބާއްވާ ޤައުމު ބަލިވުމުގެ ރެކޯޑު ގަތަރަށްލިބިއްޖެއެވެ. މިރޭ މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރު ނުކުމެފައި ވަނީ އިކުއެޑޯއާއި ދެކޮޅަށެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިކުއެޑޯއެވެ. މެޗު ފެށިތާ ތިން މިނެޓްގެ ތެރޭގައި އިކުއެޑޯއިން ލަނޑެއް ޖެހިއެވެ. އެ ޓީމަށް ގަތަރު އޭރިއާ ބޭރުން […]

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: މޮރޮކޯ
Sports

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: މޮރޮކޯ

މޮރޮކޯ އަކީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ ޓީމެކެވެ. މޮރޮކޯ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1970 ވަނަ އަހަރުގައެވެ. އޭގެ ފަހުން 1986، 1994 އަދި 1998 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. މޮރޮކޯއަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވުނީ 1986 ވަނަ އހަރުގެ ވޯލްޑް ކަޕުގައެވެ. އެފަހަރު މޮރޮކޯއިން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި […]