Skip to main content
Topic Archive

#ވޯލްޑް ކަޕް 2022

103 Stories filed
އުރުގުއޭ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް
Sports

އުރުގުއޭ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ޕޯޗުގަލްއާއި އުރުގުއޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިރޭގެ މެޗަށް ނުކުތްއިރު ދެ ޓީމްގެ ފުރަތަމަ އެގާރައަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ޕޯޗުގަލް ގާނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ސެންޓަރ ޑިފެންޑަރގެ މަގާމަށް ކުޅުނު ޑަނީލޯގެ ބަދަލުގައި މިރޭ މެޗުގައި […]

ސްވިޒަލޭންޑް ބަލިކޮށް ބްރެޒިލް ދެވަނަބުރަށް
Sports

ސްވިޒަލޭންޑް ބަލިކޮށް ބްރެޒިލް ދެވަނަބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ބްރެޒިލްއާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ބުރެޒިލް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ބްރެޒިލް މިރޭގެ މެޗާއި ކުރިމަތިލީއިރު ފުރަތަމަ އެގާރައަށް ދެ ބަދަލެއް ވަނީ ގެނެސްފައެވެ. ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ނޭމާއަށް އަނިޔާވެފައިވާއިރު، އެ މަގާމަށް އަރުވާފައި ވަނީ ފްރެޑެވެ. އަދި ޑަނީލޯއަށް […]

ކޮރެއާ އަތުން މޮޅުވެ ގާނާއަށް އުންމީދެއް
Sports

ކޮރެއާ އަތުން މޮޅުވެ ގާނާއަށް އުންމީދެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ދެކުނު ކޮރެއާއާއި ގާނާ ބައްދަލުކުރި މެޗު ގާނާއިން ކާމިޔާބުކޮށް، އެ ޓީމުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ކުރަމުން އަންނަ އުންމީދަށް ދިރުން ލިބިއްޖެއެވެ. މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ގާނާއިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ގާނާއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ގާނާއަށް […]

އާޖެންޓީނާ އާއި އުރުގުއޭއިން 900 ކިލޯގެ ގެރިމަސް ގަތަރަށް ގެންދިޔައީ ކީއްވެ؟
Sports

އާޖެންޓީނާ އާއި އުރުގުއޭއިން 900 ކިލޯގެ ގެރިމަސް ގަތަރަށް ގެންދިޔައީ ކީއްވެ؟

ގަތަރުގެ ވޯލްޑް ކަޕްގެ ފޯރި މިވަނީ ވަރަށް ގަދަވެފަ އެވެ. މިވޯލްޑް ކަޕަކީ އަޅުގަނޑުމެންނަށް ބޮޑެތި ޝޮކްތަކާއި، ޚިޔާލުތަފާތުވުންތަކާއި، މަޖާ އެތައްކަމަކާއި ރަނގަޅު އެތައްކަމެއް ފެނިގެންދާ މުބާރާތެކެވެ. ކުރިއަށް އޮތް ތަނުގައި ވޯލްޑް ކަޕުގެ ފޯރި ގަދަވެގެން ދާއިރު މިމުބާރާތާއި ގުޅިގެން ދެކެވޭ އެކިކަހަލަ ވާހަކަ ތަކަކީ އާންމުންގެ މެދުގައި ޝައުޤުވެރި ވާހަކަ ތަކެކެވެ. ދެކުނު އެމެރިކާގެ އުންމީދީ އާޖެންޓީނާ އާއި އުރުގުއޭ އިން މުބާރާތަށް 900 ކިލޯގެ ގެރިމަސް ގެންދިޔަ ވާހަކަ އަކީ މިހާރު މީޑިޔާގެ […]

އެމެރިކާގެ ފުޓްބޯޅަ ޓީމަށް ހަޖަމެއް ނުވި، އިރާނު ދިދައިން ﷲގެ އިސްމުފުޅު ފޮހެލައިފި
Sports

އެމެރިކާގެ ފުޓްބޯޅަ ޓީމަށް ހަޖަމެއް ނުވި، އިރާނު ދިދައިން ﷲގެ އިސްމުފުޅު ފޮހެލައިފި

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ވާދަ ކުރާ އެމެރިކާ އާއި އިރާނުގެ މެޗަކީ ދުނިޔޭގެ ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ މެޗަކަށް ވާއިރު، އެމެރިކާގެ ގައުމީ ޓީމުން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓަކާއި އެކު މަޝްރަޙު އިތުރަށް ގޯސްވެއްޖެ އެވެ. މިމަހުގެ 30 ވާ ބުދަ ދުވަހުގެ 00:00 ގައި އަލް ތޫމާމާ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗަށް ދެގައުމުންވެސް ތައްޔާރުވަމުން އަންނައިރު ދެ ގައުމަށް ވެސް ދެވަނަ ބުރަށް ކޮލިފައިވަށް މިމެޗަކީ […]

ބެލްޖިއަމް ބަލިކޮށް މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި
Sports

ބެލްޖިއަމް ބަލިކޮށް މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ބެލްޖިއަމާއި މޮރޮކޯ ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު އެ ޓީމުން ބޮޑު ކޮށްފިއެވެ. މިރޭ ގަތަރުގެ ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ވަނީ ލިބިފައެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ބެލްޖިއަމުންނެވެ. މޮރޮކޯގެ އޭރިއާތެރެއިން ބެލްޖިއަމްގެ ފޯވާޑް ބަޓްޝުއާއީއަށް […]

ޖަޕާން ބަލިކޮށް ކޮސްޓަ ރިކާ އިން ދެވަނަ ބުރުގެ އިތުބާރު ބޮޑުކޮށްފި
Sports

ޖަޕާން ބަލިކޮށް ކޮސްޓަ ރިކާ އިން ދެވަނަ ބުރުގެ އިތުބާރު ބޮޑުކޮށްފި

ފީފާ ވޯލްޑް ކަޕްގެ 2022ގެ ގުރޫޕް އީގައި މިއަދު ޖަޕާނާއި ދެކޮލަށް ކުޅުނު މެޗު ކާމިޔާބު ކޮށް ކޮސްޓަރިކާ އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ. ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮސްޓަރިކާ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ. މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަޕާނުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓުގައި ޖަޕާންގެ ރިޓްސޫ ޑޯން އަށް ލީޑު […]

ޑެންމާކް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް
Sports

ޑެންމާކް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ޑެންމާކާއި ފްރާންސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ފްރާންސް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ފްރާންސުންނެވެ. މެޗުގައި ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ފްރާންސުންނެވެ. ޑެމްބެލޭ ޑެންމާކްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ރެބިއުޓް ބޮލުން ފޮނުވާލި ނަމަވެސް […]

ސައުދީ އަތުން ޕޮލެންޑް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ
Sports

ސައުދީ އަތުން ޕޮލެންޑް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ސައުދީ އަރަބިއްޔާއާއި ޕޮލެންޑް ބައްދަލުކުރި މެޗުން، ޕޮލެންޑް މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޮލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގެ ދެވަނަ މެޗުތަކާއި ކުރިމަތިލީއިރު ފުރަތަމަ މެޗުން އާޖެންޓީނާ އަތުން ސައުދީން ހޯދި މޮޅާއިއެކު އެ ޓީމް އޮތީ ތާވަލުގެ އެއްވަނާގައެވެ. އެ މޮޅާއިއެކު އާދަޔާ ޚިލާފް ރޫހެއްގައި އޮތް ސައުދީގެ […]

އިންގްލެންޑާއި އެމެރިކާ އެއްވަރުވުމުން ގްރޫޕްގެ ފޯރި ގަދަވެއްޖެ
Sports

އިންގްލެންޑާއި އެމެރިކާ އެއްވަރުވުމުން ގްރޫޕްގެ ފޯރި ގަދަވެއްޖެ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗު އެއްވަރުވުމުން އެ ގްރޫޕްގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ. ރޭ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި އިންގްލެންޑާއި އެމެރިކާ ކުޅުނު މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ކޮނެމް ޓީމަކުން ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ އިންގްލެންޑެވެ. ދެވަނާގައި ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އިރާން […]

ނެދަލެންޑްސްއާއި އިކުއެޑޯ އެއްވަރުވުމުން ގަތަރަށް މުބާރާތް ނިމިއްޖެ
Sports

ނެދަލެންޑްސްއާއި އިކުއެޑޯ އެއްވަރުވުމުން ގަތަރަށް މުބާރާތް ނިމިއްޖެ

ފީވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ނެދަލެންޑްސްއާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވުމުން، މުބާރާތް ބާއްވާ ގަތަރު މުބާރާތުން ކަޓައިފިއެވެ. ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ނެދަލެންޑްސްއާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ނތީޖާއާއިއެކު މި ގްރޫޕްގައި ކޮނެމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ނެދަލެންޑްސްއަށާއި އިކުއެޑޯއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ޕޮއިންޓް ތާވަލުގެ […]

ގަތަރު ބަލިކޮށް ސެނެގާލް ފުރަތަމަ މޮޅު ހޯދައިފި
Sports

ގަތަރު ބަލިކޮށް ސެނެގާލް ފުރަތަމަ މޮޅު ހޯދައިފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ، މުބާރާތް ބާއްވާ ގަތަރާއި ސެނެގާލް ބައްދަލުކުރި މެޗު ސެނެގާލުން ކާމިޔާބު ކޮށްފިއެވެ. ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ސެނެގާލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުން ބަލިވުމުން މުބާރާތުގައި ކުރިއަށް ދިޔުމުގެ އަމިއްލަ ބާރު ގަތަރަށް ވަނީ ގެއްލިފައެވެ. ގަތަރު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައެވެ. މިރޭ މެޗުން […]

ނޭމާއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ
Sports

ނޭމާއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވުމާއި ގުޅިގެން މިއަދު ހެދި ޓެސްޓުތަކަށް ފަހު، ނޭމާއަށް ބްރެޒިލް މުބާރާތުގައި ދެން ކުޅޭ ދެމެޗުގައި ވެސް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ. ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ […]

ގާނާ އަތުން ޕޯޗުގީޒުން މޮޅުވިއިރު، ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް
Sports

ގާނާ އަތުން ޕޯޗުގީޒުން މޮޅުވިއިރު، ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ގާނާއާއި ޕޯޗުގީޒުން ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ޕޯޗުގަލުން ގާނާގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ދެ ފުރުޞަތެއް ރޮނާލްޑޯއަށް ވަނީ […]

އެމްބޯލޯ ގެ ގޯލާއެކު ސްވިޒަލެންޑަށް ހަނި މޮޅެއް
Sports

އެމްބޯލޯ ގެ ގޯލާއެކު ސްވިޒަލެންޑަށް ހަނި މޮޅެއް

ގަތަރުގައި މިހާރުކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީ ގައި މިއަދު ހަވީރު ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކޮށްފި އެވެ. ކެމަރޫން އާ ބައްދަލުކޮށް އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިން ނެވެ. މި މެޗުގެ ހަމައެކަނި ލަނޑު 48 ވަނަ މިނިޓުގައި ބްރީލް އެމްބޯލޯ ޖަހައިދިނީ، ޝަގީރީ އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ސްވިޒަލެންޑުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ރަނގަޅު ހަމަލާތަކެއް […]