Skip to main content
Topic Archive

#ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް

300 Stories filed
ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށް ދެކުނު ކޮރެއާ އަށް ކާމިޔާބު ފެށުމެއް
Sports

ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށް ދެކުނު ކޮރެއާ އަށް ކާމިޔާބު ފެށުމެއް

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 އިން ޗެކް ރިޕަބްލިކް ބަލިކޮށް ދެކުނު ކޮރެއާއިން މުހިންމު މޮޅެއް ހޯދައިފިއެވެ. އެސްޓާޑިއޯ ގުއަޑަލަޖާރާގައި ކުޅުނު މި މެޗުގައި ކޮރެއާ މޮޅުކޮށްދިން ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޯ ހިޔޮން-ގޫ އެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ދެކުނު ކޮރެއާއިން ކުޅެމުން ދަނިކޮށް، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޗެކް ރިޕަބްލިކުންނެވެ. މެޗުގެ 59 ވަނަ މިނެޓުގައި […]

މެކްސިކޯ އިން 2-0 އިން ސައުތު އެފްރިކާ ބަލިކޮށް ފެށުން ރަނގަޅުކޮށްފި
Sports

މެކްސިކޯ އިން 2-0 އިން ސައުތު އެފްރިކާ ބަލިކޮށް ފެށުން ރަނގަޅުކޮށްފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ގޮތުން މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި ކުޅުނު ފުރަތަމަ މެޗު، 2-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ ބަލިކޮށް މެކްސިކޯ އިން ކާމިޔާބުކޮށްފިއެވެ. މެޗުގެ ވަރަށް ކުރީކޮޅު، 8 ވަނަ މިނެޓުގައި މެކްސިކޯ އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ސައުތު އެފްރިކާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސައޫދީ ލީގުގައި ކުޅޭ ޖޫލިއަން ކީނޯނެސް އެވެ. މިއީ މި […]

މެކްސިކޯ އާއި ދެކުނު އެފްރިކާގެ މެޗާއެކު ފޯރިގަދަ ހުށަހެޅުންތަކުން ވޯލްޑް ކަޕް ހުޅުވައިފި
International

މެކްސިކޯ އާއި ދެކުނު އެފްރިކާގެ މެޗާއެކު ފޯރިގަދަ ހުށަހެޅުންތަކުން ވޯލްޑް ކަޕް ހުޅުވައިފި

2026 ވަނަ އަހަރުގެ ފީފާ މެންސް ވޯލްޑް ކަޕް މެކްސިކޯ ސިޓީގެ ތާރީޚީ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ. 2010 ވަނަ އަހަރުގެ މުބާރާތް ހުޅުވި މެޗުގެ ހަނދާންތައް އާކޮށްދިން މި މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. މި ސްޓޭޑިއަމަކީ ތިން ވޯލްޑް ކަޕެއްގެ (1970، 1986 އަދި 2026) މެޗުތައް ބޭއްވި ފުރަތަމަ ދަނޑެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ މުހިންމު ބައިތައް މި ރަސްމިއްޔާތުގެ […]

ވޯލްޑް ކަޕް ފަށާ ރަސްމިއްޔާތުގައި މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެ
International

ވޯލްޑް ކަޕް ފަށާ ރަސްމިއްޔާތުގައި މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު މެކްސިކޯ ގަޑިން މެންދުރުފަހު 1:30 ގައި ފެށޭއިރު، ދެކުނު އެފްރިކާގައި ބޭއްވި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ އެންތަމް “ވާކާ ވާކާ (ދިސް ޓައިމް ފޯ އެފްރިކާ)” ފްރެޝްލީގްރައުންޑާ އެކު ތައްޔާރުކޮށް ހުށަހަޅަދިން ކޮލަމްބިއާގެ މަޝްހޫރު ތަރި ޝަކީރާ އާއި، […]

މި ވޯލްޑް ކަޕްގައި މަރުގެ ގްރޫޕަކީ ގްރޫޕް ''އެލް'' ކަމުގައި ވެދާނެ
Sports

މި ވޯލްޑް ކަޕްގައި މަރުގެ ގްރޫޕަކީ ގްރޫޕް ''އެލް'' ކަމުގައި ވެދާނެ

އިނގިރޭސިވިލާތް، ކްރޮއޭޝިއާ، ޕެނަމާ އަދި ގާނާ ހިމެނޭ ގްރޫޕް އެލް އަކީ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ އެންމެ އުނދަގޫ އެއް ގްރޫޕެވެ. 48 ޓީމު ހިމެނޭ ބޮޑު މުބާރާތަކަށް ބަދަލުވުމާއެކު، މަތީ ފަންތީގެ ގިނަ ޓީމުތަކެއް އެއް ގްރޫޕެއްގައި ހިމެނިގެން އުފެދޭ “ގްރޫޕް އޮފް ޑެތް” އެއް އޮތުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ނަމަވެސް، ޖެހިޖެހިގެން ދެ ފަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ހޯދި އިނގިރޭސިވިލާތާއި، 2018 ގެ ވޯލްޑް ކަޕް ފައިނަލް އަދި […]

ރޮނާލްޑޯ އާއި ޕޯޗުގަލަށް ވޯލްޑް ކަޕްގެ ކާމިޔާބުކުރުމަށް އައު ފުރުސަތެއް، އެއް ގްރޫޕެއްގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯ
Sports

ރޮނާލްޑޯ އާއި ޕޯޗުގަލަށް ވޯލްޑް ކަޕްގެ ކާމިޔާބުކުރުމަށް އައު ފުރުސަތެއް، އެއް ގްރޫޕެއްގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯ

ވޯލްޑް ކަޕް 2026 މިރޭ ފަށާއި، މި މުބާރާތުގެ ގްރޫޕް ކޭ ގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯއާ އެކު ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ރޮނާލްޑޯ އާއި ޕޯޗުގަލްއަށް މި މުބާތްވެގެން ދާނީ ލިބޭ އައު ފުރުސަތަކަށެވެ. މި ފހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަޚުރުވެރި ކެރިއަރު ނިންމާލުމުގެ ކުރިން ވޯލްޑް ކަޕް ތަށި ހޯދުމަށް ހަގީގަތުގައި ލިބޭނީ އެންމެ ފުރުސަތެކެވެ. ފަސް ފަހަރު […]

ވޯލްޑް ކަޕްގެ ވޯމްއަޕް މެޗުގައި ނައިޖީރިއާ އަތުން ޕޯޗުގަލަށް މޮޅެއް، ރޮނާލްޑޯއަށް މާޔޫސް މެޗެއް
Sports

ވޯލްޑް ކަޕްގެ ވޯމްއަޕް މެޗުގައި ނައިޖީރިއާ އަތުން ޕޯޗުގަލަށް މޮޅެއް، ރޮނާލްޑޯއަށް މާޔޫސް މެޗެއް

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ނައިޖީރިއާ އަތުން 2-1 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ. ނަމަވެސް މި މެޗަކީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގިނަ ފުރުސަތުތަކެއް ބޭކާރުވެ، މާޔޫސްކަމާ ކުރިމަތިލާންޖެހުނު މެޗެކެވެ. ލެއިރިއާގައި ބުދަ ދުވަހު ކުޅުނު މި މެޗުގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް ދެ ހާފުގައިވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހަމައެކަނި ގޯލްކީޕަރު ބީޓްކޮށްލަން ލިބުނު މި ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާ...

އީރާން ބައިވެރިކުރުވުމަކީ ބޮޑު ކާމިޔާބެއް، ޓިކެޓްގެ އަގުތައް ދިފާއުގައި އިންފަންޓީނޯ
Sports

އީރާން ބައިވެރިކުރުވުމަކީ ބޮޑު ކާމިޔާބެއް، ޓިކެޓްގެ އަގުތައް ދިފާއުގައި އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ކުރިއަށް އޮތް ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގުތަކުގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. އޭނާ ވިދާޅުވީ ޓިކެޓް ވިއްކުމުގައި ފީފާއިން ގޯހެއް ހަދާފައިވާނަމަ، އުތުރު އެމެރިކާގައި ޓިކެޓް ވިއްކާ އެންމެންވެސް ހަދަނީ ގޯސް ކަމަށެވެ. 48 ގައުމު ބައިވެރިވާ އަދި 104 މެޗު ކުޅޭ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ޓިކެޓްތައް 140 ޑޮލަރަށް ލިބެން ހުރި ނަމަވެސް، ނިއުޔޯކްގައި ކުޅޭ ފައިނަލް މެޗުގެ އާދައިގެ ސީޓެއްގެ އަގު ވަނީ 8,680 ޑޮލަރަށް އުފުލިފައެވެ. […]

ތަށި ދިފާއުކުރަން ނުކުންނަ އާޖެންޓީނާ ފަސޭހަ ގްރޫޕެއްގައި
Sports

ތަށި ދިފާއުކުރަން ނުކުންނަ އާޖެންޓީނާ ފަސޭހަ ގްރޫޕެއްގައި

ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ، ގްރޫޕް ‘ޖޭ’ ގައި އަލްޖީރިއާ، އޮސްޓްރިއާ އަދި އުރުދުންއާ ދެކޮޅަށް ނުކުންނަނީ އެ ގައުމުން އެންމެ ފަހުގެ ވޯލްޑް ކަޕްގައި އުފުލާލި ތަށި ދިފާއުކުރުމުގެ އަޒުމުގައެވެ. ލިއޮނަލް މެސީ އާއި އާޖެންޓީނާ އުންމީދު ކުރަނީ ފާއިތުވި 60 އަހަރު ތެރޭގައި ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމަށެވެ. ގްރޫޕް ‘ޖޭ’ ގައި ހިމެނޭ އެހެން ޓީމުތަކުގެ ވެސް އަމިއްލަ ރޭވުންތަކެއް އެބަހުއްޓެވެ. އަލްޖީރިއާ އާއި […]

ގްރޫޕް ''އައި'': އެމްބާޕޭ އާއި ހާލަންޑް އަދި މާނޭގެ ކުރިމަތިލުންތައް ފެންނާނެ ވަރުގަދަ ގްރޫޕެއް
Sports

ގްރޫޕް ''އައި'': އެމްބާޕޭ އާއި ހާލަންޑް އަދި މާނޭގެ ކުރިމަތިލުންތައް ފެންނާނެ ވަރުގަދަ ގްރޫޕެއް

ވޯލްޑް ކަޕް 2026 ގްރޫޕް ”އައި” ގައި އެމްބާޕޭގެ ފްރާންސް، ހާލަންޑްގެ ނޯވޭ، ސެނެގާލް އަދި އިރާގާ ދެކޮޅަށް ނުކުންނާނެއެވެ. ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ސެނެގާލާ ދެކޮޅަށް ފްރާންސްގެ ވޯލްޑް ކަޕް ފަށާއިރު، މިއީ 2002 ވަނަ އަހަރު ދެކުނު ކޮރެއާގެ ސޯލްގައި ކުޅުނު ފުރަތަމަ މެޗުގެ ހަނދާންތައް އާކޮށްދޭނެ ކަމެކެވެ. އެ ފަހަރު ‘ލަޔަންސް އޮފް ޓެރަންގާ’ (ސެނެގާލް) އިން ‘ލެ ބްލޫސް’ (ފްރާންސް) ބަލިކުރުމުން، ދަކާރުގެ މަގުތަކުގައި ބޮޑެތި އުފާފާޅުކުރުންތައް ބޭއްވިއެވެ. 1998 […]

އީރާން ސަޕޯޓަރުންނަށް ދޫކުރި ޓިކެޓްތައް ފީފާއިން ކެންސަލްކޮށްފި
Sports

އީރާން ސަޕޯޓަރުންނަށް ދޫކުރި ޓިކެޓްތައް ފީފާއިން ކެންސަލްކޮށްފި

އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާން ކުޅޭ ތިން މެޗަށް އެ ގައުމުގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޓިކެޓް އެލޮކޭޝަން ފީފާއިން ބާތިލްކޮށްފައިވާ ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންގާރަ ދުވަހު ބުނެފިއެވެ. ވޯލްޑް ކަޕްގައި ބައިވެރިވާ 48 ޓީމުގެ ތެރެއިން ކޮންމެ ފެޑެރޭޝަނަކަށް ވެސް އެ ޓީމެއް ކުޅޭ މެޗުތައް ބާއްވާ ސްޓޭޑިއަމްގެ ޖާގައިގެ 8 އިންސައްތަ ޓިކެޓް ސަޕޯޓަރުންނަށް ބެހުމަށް ލިބިދެއެވެ. މިއީ ކޮންމެ މެޗަކަށް އެތައް ހާސް ޓިކެޓެކެވެ. އީރާނުގެ ފުރަތަމަ […]

ސްޕެއިނާއި އުރުގުއޭ ފޯރިގަދަ ކުރިމަތިލުމަކަށް، ސައޫދީ ދުލެއްނުކުރާނެ، ކޭޕް ވާޑޭގެ ފުރަތަމަ ފަހަރު
Sports

ސްޕެއިނާއި އުރުގުއޭ ފޯރިގަދަ ކުރިމަތިލުމަކަށް، ސައޫދީ ދުލެއްނުކުރާނެ، ކޭޕް ވާޑޭގެ ފުރަތަމަ ފަހަރު

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާއި ދެކުނު އެމެރިކާގެ ގަދަބާރު އުރުގުއޭ ހިމެނޭ ވޯލްޑް ކަޕް ގްރޫޕް އެޗްގައި ދެން ހިމެނެނީ މީގެ ހަތަރު އަހަރު ކުރިން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށް ހައިރާންކޮށްލި ސައުދީ އަރަބިއްޔާގެ އިތުރުން އަލަށް ވާދަކުރާ ކުޑަކުޑަ ކޭޕް ވާޑޭ އެވެ. އެމެރިކާއިން ބޭރުގައި ކުޅޭ މި ގްރޫޕްގެ ހަމައެކަނި މެޗަކީ އެންމެ އިންތިޒާރު ކުރެވޭ މެޗެވެ. އެއީ ޖޫން 26 ވަނަ ދުވަހު މެކްސިކޯގެ ގުއަޑަލަހާރާގައި ކުޅޭ އުރުގުއޭ އާއި ސްޕެއިން ބައްދަލުކުރާ […]

މީނާބް މަދަރުސާ ދަރިވަރުންގެ ހަނދާނުގެ މެސެޖަކާއެކު އީރާނުގެ ޓީމު މެކްސިކޯއަށް
Sports

މީނާބް މަދަރުސާ ދަރިވަރުންގެ ހަނދާނުގެ މެސެޖަކާއެކު އީރާނުގެ ޓީމު މެކްސިކޯއަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައިގެ ކުރީކޮޅު އީރާންގެ މީނާބް ޕްރައިމަރީ ސްކޫލަކަށް ދިން މިސައިލް ހަމަލާގައި ޝަހީދުވި ކުދިންނާއި މީހުންގެ ހަނދާނުގައި، އީރާންގެ ވޯލްޑް ކަޕް ޓީމުން ޚާއްސަ ޕިންތަކެއް ޖަހައިގެން މެކްސިކޯއަށް ގޮސްފިއެވެ. އާދީއްތަ ދުވަހު މެކްސިކޯގެ ޓިޖުއާނާއަށް ޓީމު ފޭބިއިރު، ކުޅުންތެރިންގެ ޖެކެޓްގައި ޖަހާފައިވަނީ ރަން ކުލައިގެ “168” ޖަހާފައިވާ ޕިންތަކެކެވެ. މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އީރާންގެ ދެކުނުގެ މިނާބްގައި ހުންނަ ސްކޫލަކަށް ދިން […...

ބޮޑު ސަމާލުކަމަށް ހުއްޓިފައިވާ އީރާނާ އެއް ގްރޫޕެއްގައި ބެލްޖިއަމް، މިސްރު އަދި ނިއުޒިލޭންޑް
Sports

ބޮޑު ސަމާލުކަމަށް ހުއްޓިފައިވާ އީރާނާ އެއް ގްރޫޕެއްގައި ބެލްޖިއަމް، މިސްރު އަދި ނިއުޒިލޭންޑް

އެމެރިކާ އާއި އިސްރާއީލުން މިދިޔަ ފެބްރުއަރީ މަހު 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަގުތީގޮތުން ހުއްޓިފައި އޮތް ނަމަވެސް އަދިވެސް ހަނގުރާމައިގެ ހާލަތު ތަޖުރިބާކުރަމުންދާ އީރާނުން ދަނީ ވޯލްޑް ކަޕްގައި ބައިވެރިވަމުންނެވެ. ދަތިކުރުމާއި ހަނގުރާމައިގެ ވިލާގަނޑުގެ ސަބަބުން ފުރިހަމައަށް މުބާރާތައް ތައްޔާރުވުމަށް ފުރުސަތު ނުލިބުނުނަމަވެސް އީރާނު މުބާރާތުގައި ބައިވެރިވަނީ ސުލްހައަށް ގޮވައިލުމަށެވެ. ބެލްޖިއަމް، ނިއުޒީލެންޑް އަދި މިޞްރާއެކު ގްރޫޕް ޖީ ގައި ހިމެނޭ އީރާނުގެ ބައިވެރިވުން އޮތީ ނުތަނަވަސްކ...

ގްރޫޕް އެފް: ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ނެދަލެންޑްސް ވާދަކުރާނީ ޖަޕާން، ސްވިޑަން އަދި ޓިއުނީޝިއާ އާ
Sports

ގްރޫޕް އެފް: ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ނެދަލެންޑްސް ވާދަކުރާނީ ޖަޕާން، ސްވިޑަން އަދި ޓިއުނީޝިއާ އާ

ތިން ފަހަރު ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ނެދަލެންޑްސްއަށް އެންމެ ފަހުން ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟ ޑަޗް ޓީމަކީ މުބާރާތުގެ ތާރީޚުގައި “ނަސީބު ދެރަ” އެއް ޓީމެވެ. އެގޮތުން 1974 އަދި 1978 ވަނަ އަހަރުގެ ފައިނަލުން ވިދިވިދިގެން ބަލިވިއިރު، 2010 ވަނަ އަހަރުގެ ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ. ނެދަލެންޑްސް ހިމެނިފައިވަނީ ސްވިޑަން، ޖަޕާން އަދި ޓިއުނީޝިއާއާއެކު ގްރޫޕް އެފްގަ އެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެ […]