އިރާގު ބަލިކޮށް ސެނެގާލުން ނޮކްއައުޓް ބުރުގެ އުންމީދު އާކޮށްފި
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅުނު އިރާގު 5-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް، މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދު ސެނެގާލުން ބޮޑުކޮށްފިއެވެ. މި މޮޅާއެކު ގްރޫޕް އައިގެ ތިންވަނަ ޓީމުގެ ގޮތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ސެނެގާލަށް މިވަނީ ފަހިވެފައެވެ. މެޗުގެ ވަރަށް ކުރީކޮޅު، ހަތަރުވަނަ މިނެޓުގައި ހަބީބް ދިއާރާ ވަނީ ލަނޑެއް ޖަހައި ސެނެގާލަށް ކުރިހޯދައިދީފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި އިރާގުގެ ޑިފެންޑަރު ރެބިން […]