ޔޫސްޓާކިއޯގެ ފަހުވަގުތުގެ ލަނޑުން ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް
ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ސްޓީވަން ޔޫސްޓާކިއޯ ޖަހައިދިން ލަނޑުން ސައުތު އެފްރިކާ 1-0 އިން ބަލިކޮށް، ކެނެޑާ އިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ކެނެޑާ އިން ހޯދި ފުރަތަމަ މޮޅެވެ. ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ތައްޔާރުވެފައި ވަނިކޮށް، ޔޫސްޓާކިއޯ މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. ޕެނަލްޓީ […]