Skip to main content
Topic Archive

#އެޗްޕީއޭ

201 Stories filed
ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފި
Raajje

ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގާފައިވާ ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފިއެވެ. އެކަން ހާމަކުރެއްވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރެފައިވާ އެންގުމެއްގައިއެވެ. އެ އެންގުމެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ސަރައްދުގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައި އޮތ...

ފިޔަވަޅުތަކަށް ލުއިދީ، ހަފްލާތަކާއި ކުޅިވަރު މުބާރަތްތައް ބާއްވަން ހުއްދަ ދީފި
Raajje

ފިޔަވަޅުތަކަށް ލުއިދީ، ހަފްލާތަކާއި ކުޅިވަރު މުބާރަތްތައް ބާއްވަން ހުއްދަ ދީފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަނެއްކާވެސް ބަދަލުގެނެސްފިއެވެ. މިގޮތުން މިފަހަހަރު ގެނައި ބަދަލުތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ވަނީ އާންމު ކުރަށްވާފައެވެ. މިގޮތުން ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު މުބާރާތްތަ...

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް
Raajje

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސްފިއެވެ. އެބަދަލުތައް ގެނައިކަން އެޗްޕީއޭއިން ހާމަކުރަށްވާފައިވަނީ އެ އެޖެންސީއިން އާންމު ކުރި ޢިއުލާނެއްގައެވެ. މިގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސ...

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައިފި
Raajje

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2021 ވަނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ. ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ސޮއިކުރަށްވާ މިރޭ އާންމުކުރި ”އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު” ގައި ބުނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަަލުގެ ހާލަތު އަދިވެސް ދެމިއެބައޮތް […]

ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް
Raajje

ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް

ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޯވިޑު ބަލީގައި ރާއްޖެއިން މަރުވި 44 ވަނަ މީހާއެވެ. އަދި މި ބަލީގައި އިއްޔެ ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް […...

ކަނޑިންމަ ރިސޯޓުން 17 މީހަކު ކޯވިޑަށް ޕޮޒިޓިވް
Raajje

ކަނޑިންމަ ރިސޯޓުން 17 މީހަކު ކޯވިޑަށް ޕޮޒިޓިވް

ދ. އަތޮޅުގައި އޮންނަ ”ކަނޑިންމަ މޯލްޑިވްސް” ރިސޯޓުން 17 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އެ ރިސޯޓުން ކޯވިޑް އިތުރު ކޭސްތަކެއް ފުނުނުއިރު، އެ ރިސޯޓުން ހާލުބޮޑުވެގެން އޮކްޓޯބަރު 30 ވީ ހުކުރު ދުވަހުގެ ރޭ ކުޑަހުވަދޫއަށް ގެންދިޔަ މީހަކު ވަނީ ނިޔާވެފައި އެވެ. އެއާއިއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހުގެ ރޭ 9:45 އެހާކަންހާއިރު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކޯވިޑް […]

ގެސްޓްހައުސް ހުންނަ ރަށްތަކުން ކަރަންޓީން ނުވެ ދަތުރުކުރެވޭނެ 6 ޙާލަތެއް
Raajje

ގެސްޓްހައުސް ހުންނަ ރަށްތަކުން ކަރަންޓީން ނުވެ ދަތުރުކުރެވޭނެ 6 ޙާލަތެއް

ގެސްޓްހައުސް ހިންގާ ރަށްތަކާއި، އެރަށްތަކުން އެހެން ރަށްތަކަށް ކަރަންޓީން ނުވާގޮތަށް ދަތުރުކުރެވޭ 6 ހާލަތެއް ވާކަމަށް، އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ. އެޗްއީއޯސީގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. ނަޒްލާ ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްތަކުން އެހެން ރަށްތަކަށް 6 ހާލަތެއްގައި ދަތުރުކުރެވޭނެކަމަށެވެ. “ދަތުރުކުރެވޭނީ ސިއްޙީ ކަމެއްގައި، އާއިލާގެ މީހަކު ބަލިވެގެން، ބޭންކިންގ ޚިދުމަތަށް، ކާބޯތަކެ...

ކޯވިޑް-19: 8،188 މީހުން ބަލިން ރަނގަޅުވެއްޖެ
Raajje

ކޯވިޑް-19: 8،188 މީހުން ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި 9،649 މީހުންގެ ތެރެއިން 8،188 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ. މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރެއްވި މަޢުލޫމާތަށް ބަލާއިރު މިއަދު ރާއްޖެއިން 81 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްފައެވެ. އަދި މިއަދު ވަނީ 111 މީހުން ބަލިން ރަނގަޅުވެފައެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، ވޭތުވެދިޔަ 24 […]

ކަރަންޓީނު އަމުރާއި ޚިލާފު ވެއްޖެނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް
Raajje

ކަރަންޓީނު އަމުރާއި ޚިލާފު ވެއްޖެނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް

ކަރަންޓީނު އަމުރާއި ޚިލާފުވެ ވެއްޖެ ނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް އަންނަގޮތަށް “އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ޤަވާޢިއިދު” އިސްލާޙްކޮށް އާންމު ކޮށްފިއެވެ. އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ޤަވާޢިދަށް ގެނެސްފައިވާ އިޞްލާޙުތަކުގައި އެ ގަވާއިދުގެ 12 ވަނަ މާއްދާގެ ފަހަތަށް ވަނީ 13 ވަނަ މާއްދާ “ފިޔަވަޅު އެޅުން”، އިތުރު ކޮށްފައެވެ. މިގޮތުން އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެ ގަވާއިދުގެ ދަށުން ކަރަންޓީނު […]

ހާލަތު ވަރަށް ގޯސް، ދެވަނަ ލޮކްޑައުނަކަށް ދާންޖެހިދާނެ!
Raajje

ހާލަތު ވަރަށް ގޯސް، ދެވަނަ ލޮކްޑައުނަކަށް ދާންޖެހިދާނެ!

މާލެ ސަރަހައްދުގައި ކޯވިޑް-19 ބަލިމަޑުކަމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ދެވަނަ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން  ކޯވިޑް-19 ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރު، ޑރ. އަހްމަދު ޝަހީދު ކޯވިޑްގެ ހާލަތު ގޯސްވެ، މި ބަލީގައި އެޑްމިޓުކުރާ މީހުންނާއި މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާ ކަމަށެވެ. ހޮސްޕިޓަލުގައި މީހުން އެޑްމިޓުކޮށްފައިވާ ބަލިމީހު...

ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަންކަން ހާމަކޮށްފި
Raajje

ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަންކަން ހާމަކޮށްފި

ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ކޯވިޑް-19 އާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލިފެތުރޭކަން ކަށަވަރު ކުރެވިފައި ނުވާތީ، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާ ކަންކަން ހާމަ ކުރަށްވާ ކަމަށެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް...

އަނެއްކާވެސް ކޯވިޑް ބަލީގެ އިތުރު މަރެއް
Raajje

އަނެއްކާވެސް ކޯވިޑް ބަލީގެ އިތުރު މަރެއް

ކޯވިޑް-19 ބަލީގައި ރާއްޖެއިން 62 އަހަރުގެ ބަންގްލަދޭޝް މީހަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިރޭ 8:02 ގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް16ގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 62 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 26 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. މިއީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ ކޯވިޑް […]

ކޯވިޑް-19: މިއަދު 194 މީހުން ޕޮޒިޓިވްވެއްޖެ
Raajje

ކޯވިޑް-19: މިއަދު 194 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 194 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހީންނާއި، 16 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 7 މީހަކާއި، ލަންކާ މީހަކާއި، ނޭޕާލް މިހަކާއި، ތައިލެންޑް މީހަކާއި އަދި އިޓަލީ މީހެކެވެ. މިއަދު އަލަށް ޕޮޒިޓިވް […]

ޓެސްޓް ކިޓް ހުސްނުވާވަރަށް ރާއްޖެ ގެންނަން މަސައްކަތް މިދަނީ ކުރަމުން: ޑރ. ނަޒްލާ
Raajje

ޓެސްޓް ކިޓް ހުސްނުވާވަރަށް ރާއްޖެ ގެންނަން މަސައްކަތް މިދަނީ ކުރަމުން: ޑރ. ނަޒްލާ

ޓެސްޓް ކިޓް ހުސްނުވާވަރަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބިރެއް ނެތި ޓެސްޓް ކުރެވޭ މިންވަރަށް ޕިސީއާރު ޓެސްޓް ކިޓް އެބަހުރިކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ. އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި ރާއްޖެއަށް އިތުރު 10000 ޕިސީއާރު ޓެސްޓް ކިޓް ގެނެވޭނެ ކަމަށެވެ. ސްޓޮކްގައި ހުރި ޓެސްޓް ކިޓްތަކުގެ އިތުރަށް ހޮސްޕިޓަލްތަކުގައި ވެސް ޓެސްޓް ކިޓް އެބަހުރި ކަމަށް ވެސް ޑރ. ނަޒްލާ […]

މިއަދު ވެސް ރާއްޖެއިން 146 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ
Raajje

މިއަދު ވެސް ރާއްޖެއިން 146 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 146 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، 21 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 2 މީހަކާއި ސްރީލަންކާ 5 މިހަކާއި، އަދި ފިލިޕީންސް މީހެކެވެ. މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ […]