ގިނަގިނައިން މާތް ﷲ މަތިން ހަނދުމަކޮށް، ޒިކުރުކުރުމަށް މުފްތީ މެންކް ނަސޭހަތްތެރިވެ ވަޑައިގެންފި
ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް، ޒިކުރުކުރުމަށް، ދީނީ އިލްމުވެރިޔާ މުފްތީ މެންކް ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ. އޭނާ މިފަދައިން ނަސޭހަތްތެރިވެ ވަޑައިގެންނެވީ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ދެއްވި ދަރުހުގަ އެވެ. މި ދަރުހުގައި މުފްތީ ވަނީ ހިތާމަތަކުން އަރައިގަތުމަށް ކިޔޭނެ ގުރްއާނުގެ އާޔަތްތަކާއި އޭގެ މާނަ އޮޅުންފިލުވައިދެއްވައި، ހެޔޮ ކަންކަމުން ވާގި ހޯދުމަށާއި ކާމިޔާބަކީ ﷲގެ މަގުގައި ސާބިތުވެ، އެކަމަށް ގަދައަޅައި މަސައްކަތްކުރާ މީހާގެ ހައްގެއްކަން ހަނދުމަކޮށްދެއްވާފަ އެވެ. “ﷲ (ސ.ވ)...