ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި
ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ. އެއް އަހަރުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް...