Skip to main content
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
މިއަހަރުގެ އިހްޔާ ފޯރަމްތައް މާދަމާރޭ ފަށަނީ
Raajje

މިއަހަރުގެ އިހްޔާ ފޯރަމްތައް މާދަމާރޭ ފަށަނީ

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ބާއްވާ އިހްޔާ ފޯރަމް މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ އިހްޔާ ފޯރަމްތައް 23 މާރިޗް ވާ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިޔަށްދާނެ ކަމަށެވެ. މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ފައިބެއަހަރުތަކާއި އެއްގޮތަށް މިއަހަރުވެސް މާލޭގައި […]

އިސްލާމީ މަރުކަޒުގައި އައު ކާޕެޓު އެޅުމުގެ މަސައްކަތް ފަށައިފި
Raajje

އިސްލާމީ މަރުކަޒުގައި އައު ކާޕެޓު އެޅުމުގެ މަސައްކަތް ފަށައިފި

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން ވަނީ އަޅާފައެވެ. އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިނުވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދެއްވާފައިވާތީއެވެ. ދެ އަހަރަށްފަހު މިހާރު އައު ކާ...

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑު ހުށަހަޅައިފި
Raajje

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑު ހުށަހަޅައިފި

1444 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑު ހުށަހަޅައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށް ކަމަށެވެ. އަދި ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ކަމަށެވެ. ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ޙައްޖަށް މީހުން […]

ސައޫދީން މިއަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަނީ
News

ސައޫދީން މިއަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަނީ

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ. ސައޫދީ ސަރުކާރުން މިދިޔަ އަހަރު ވެސް ރަމަޟާން މަހާއި ދިމާކޮށް  50 ޓަނު ކަދުރު ހަދިޔާ ކުރިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، މިއަހަރު ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެކަމަށް ސައޫދީ ސަރުކާރުން އަންގަވާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް...

ރާއްޖެއަށް 1000 ޙައްޖު ކޯޓާ ލިބިއްޖެ
Raajje

ރާއްޖެއަށް 1000 ޙައްޖު ކޯޓާ ލިބިއްޖެ

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ސައޫދީ ސަރުކާރުން 1000 ކޯޓާ މިއަހަރު ދެއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި، 1444 ވަނަ އަހަރު ދިވެހި ރާއްޖެއިން ޙައްޖަށް ގެންދިއުމަށްޓަކައި ކޯޓާ އެއްބަސްވުމުގައި ދެ ޤައުމު މިނިސްޓަރުން މިހާރު ވަނީ ސޮއިކުރައްވާފައެވެ. ”އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ގެންދަވަނީ ކުރައްވަމުން” އިސްލާމިކް މިނިސްޓްރީން ވިދާޅުވެފަވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވާ ގޮތުގައި 1444 ވަ...

ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ހއ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައެވެ. މި ޕްރޮގްރާމުގައި އެ އަތޮޅު ހުރިހާ ރަށަކުން އިމާމުންނާއި ޚަތީބުން ހިމެނޭހެން ޖުމްލަ […]

މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އޭޖީއަށް ފޮނުވައިފި
Parliament

މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އޭޖީއަށް ފޮނުވައިފި

މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ކުރައްވާފައިވާ ސުވާލަކީ ރާއްޖޭގައި މުދަލު ޒަކާތް ދެއްކުމަށް މަޖުބޫރު ނުވަނީ ކީއްވެތޯ އާއި މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް އެއްވެސް ވަރެއްގެ މަސައްކަތެއް ކުރައްވާތީއެވެ. މި...

ފަގީރުންގެ ދަފްތަރާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް
Raajje

ފަގީރުންގެ ދަފްތަރާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް

2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ބުނީ އެ ފުރުސަތު މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ފަހުން ހުށަހެޅޭ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް ވެސް ބުނެއެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި މާލެ، ހުޅުމާލެ، ވިލިމާލޭ ގައި ދިރިއުޅޭ ފަރާތްތަކަށް، ފޯމ...

މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅައިިފި
Raajje

މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅައިިފި

މުދަލު ޒަކާތުގެ ނިޞާބު މިއަދު ކަނޑައަޅައިިފިއެވެ. މިއަދު މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނެރެފައިވާ ބަޔާނުގައިވާގޮތުން 30 ޖަނަވަރީ 2023 އިން ފެށީގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7062.65 ( ހަތްހާސް ފަސްދޮޅަސް ދެރުފިޔާ ފަސްދޮޅަސް ފަސްލާރި ) އެވެ. މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށް ވީހިނދު ، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެފައިސާ ހުންނަތާ ޙިޖްރީގޮތުން 01 އަހަރު […]

އުމްރާ ގްރޫޕްތަކުގެ ކަންބޮޑުވުން މިނިސްޓަރަށް
Raajje

އުމްރާ ގްރޫޕްތަކުގެ ކަންބޮޑުވުން މިނިސްޓަރަށް

ރާއްޖެއިން ޢުމްރާ މީހުން ގެންދާ ގްރޫޕްތަކުން، އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ހުރި ދަތިތައް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ އާ ހިއްސާކޮށްފިއެވެ. އެ ފަރާތްތަކުން މިކަންކަން ހިއްސާކޮށްފައިވަނީ އެ ގްރޫޕްތަކާއެކު މިނިސްޓަރ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ޢުމްރާ ގްރޫޕްތަކުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި، ހުރި ދަތިތައް މިނިސްޓަރާއި ޙިއްސާކުރައްވާފައެވެ. މި ވާހަކަތަކަށް ބައްލަވަމުން މިނިސްޓަރ ވަނީ، ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ދިމާވާ ކަންކަމާއ...

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޝާއިޢުކުރަން ފަށައިފި
Raajje

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޝާއިޢުކުރަން ފަށައިފި

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިފިއެވެ. އެކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެއީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބ...

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި
Raajje

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކޮށްފައި ވަނީ ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ފާއިޒު، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ. ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން ނެރުއްވާ ޚުތުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝ...

"ރަންތާޖު" ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Raajje

"ރަންތާޖު" ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

“ރަންތާޖު” ޤުރްއާން މުބާރާތުގެ ނަމުގައި ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ އަގުބޮޑު މުބާރާތް ލޯންޗުކޮށްފި އެވެ. ޔޫތް މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ބާއްވާ މި މުބާރާތް ލޯންޗު ކުރުމަށް ރާއްޖެ ޓީވީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އަދި މި ރަސްމިއްޔާތުގައި އެކަމާ ގުޅޭ ފަހުމުނާމައިގާ ތިން ފަރާތުން ވަނީ ސޮއިކޮށްފަ އެވެ. މި ފަހުމުނާމައިގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އަޙުމަދު މަހްލޫފް އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ […]

މާލެ ސަރަހައްދުން ފަގީރުން ރަޖިސްޓްރީވާން ހުޅުވާލައިފި
Raajje

މާލެ ސަރަހައްދުން ފަގީރުން ރަޖިސްޓްރީވާން ހުޅުވާލައިފި

މާލެ ސަރަހައްދުން ފަގީރުން ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 22 އިން ފެށިގެން އަންނަ ޖެނުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް މިނިސްޓްރީއަށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އިސްލާމިކް […]

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް އަޅަން ސޮއި ކޮށްފި
Raajje

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް އަޅަން ސޮއި ކޮށްފި

ލ. ގަމު ތުނޑީ އަވަށުގައި އައު މިސްކިތެއް އެޅުމަށް ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި މިއަދު ރަސްމިއްޔާތުގައި މިސްކިތް އިމާރާތްކުރުމުގެ ފަހުމުނާމައިގާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މިސްކިތުގެ މަސައްކަތް ހަވާލުކުރި ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒް އެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް 16،818،646.27 (ސޯޅަ މިލިއަން އަށްލައްކަ...