ރަސޫލާ އަށްފަހު ދެން އަބަދުވެސް އެންމެ އިސްވާނީ މަންމަ: ޢަލީ ޒައިދު
ރަސޫލާ އަށްފަހު ދެން އަބަދުވެސް އެންމެ އިސްވާނީ މަންމަ ކަމަށާއި މި ތަރުތީބު ދަރިންނަށް ދަސްކޮށްދޭންޖެހޭކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. ގދ. ތިނަދޫގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުޢާތައް ﷲތަޢާލާ ޤަބޫލުކުރައްވާނެކަމެއް ކަމަށެވެ. އަޅުގަނޑުމެން އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އަމިއްލައަކަށް ނޫން ކަމަށާއި މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ މައިންބަފައިން މެދުވެރިކުރައްވައިކަމުގައި...