Skip to main content
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
ރަމަޟާން މުބާރިކް! މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް
Raajje

ރަމަޟާން މުބާރިކް! މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

މާދަމާ އަކީ ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިރޭ އެކަން ޢިއުލާންކޮށްފިއެވެ. އެ ވުޒާރާއިން  މިކަން އިޢުލާން ކުރީ، ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު އެވެ. މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަން […]

ރޯދައަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ހުޅުވައިފި
Raajje

ރޯދައަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ހުޅުވައިފި

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ. އެޗްޑީސީން ބުނީ މަސްޖިދުން ޝާކިރީން ނަމުގައި އިމާރާތްކުރެވުނު މިސްކިތް ގާއިމުކުރެވިފައިވަނީ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައިކަމަށެވެ. މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން ހުޅުވި މިސްކިތެކެވެ. އެގޮތުން މިހާރު މިސްކިތަށް ދިޔުމަށް ދުރަށް ދާންޖެހުމުން ގިނަ ބަޔަކަށް ދަތިތަކާ ދިމާވެއެވެ. މި މިސްކިތުގައި އެއްފަހ...

ހުޅުމާލެ ފޭސް 2 ގައި ހެދި އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ
Raajje

ހުޅުމާލެ ފޭސް 2 ގައި ހެދި އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން ފުރަތަމަ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް”ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ ކަމަށެވެ. ބޮޑު މިސްކިތް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި މިސްކިތުގައި އަންނަ...

އީދު ނަމާދު ފަށާވަގުތު އަވަސްކުރަން މަޝްވަރާ ކުރަނީ
Raajje

އީދު ނަމާދު ފަށާވަގުތު އަވަސްކުރަން މަޝްވަރާ ކުރަނީ

އީދު ނަމާދުގެ ޖަމާއަތް ފެށޭގަޑި އަވަސްކުރުމާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިކަން ހާމަކުރައްވާފައި ވަނީ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ފޭސްބުކްގައި ކުރައްވާފައިވާ އެ ޕޯސްޓްގައި ވަނީ “އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސް ކުރުމާއިމެދު މިދަނީ މަޝްވަރާ ކުރަމުން” މިހެންނެވެ. ދިވެހި ރާއްޖޭގައި އަޟްހާ އީދުނަމާދާއި ފިތުރު އީދު ނަމާދުވެސް މިހާރު ފަށާ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައި […]

އިސްލާމިކް މިނިސްޓްރީއާއި އެންޓީވީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
Raajje

އިސްލާމިކް މިނިސްޓްރީއާއި އެންޓީވީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރާ ބައެއް ވީޑިއޯ އަދި އޯޑިއޯ ޕްރޮގްރާމްތައް، ބްރޯޑްކާސްޓްކުރުމަށް އެ މިނިސްޓްރީ އާއި އެންޓީވީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަޙްސަންއެވެ. އަދި އެންޓީވީގެ ފަރާތުން ސޮއިކުރެއްވީ އެޓީވީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އާޒިމްއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މި ފަހުމުނާމާއަކީ އެއް އަހަރު ދުވަހުގެ މުއްދަކަަ...

އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވައިފި
Raajje

އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވައިފި

އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓުބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން އިއުލާން ކުރެއްވީ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސް ވިދާޅުވީ މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން އެ ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަ...

އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެމްއެސްޕީ
Raajje

އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެމްއެސްޕީ

އަންނަ ރޯދަ މަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދަން ނިންމާފައިވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސާއެއް ހަމަޖައްސައިފިއެވެ. އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެސްޕީ) އެވެ. މި ކަމަށް ވެވުނު ފަހުމުނާމާގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް ވަޒީރު ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ...

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޞަދަޤާތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޞަދަޤާތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ އެކި ކަންކަމަށް އެހީތެރިވުމަށް ޞަދަޤާތް ކުރުމުގެ ފުރުސަތު އެ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ވުޒާރާއިން ހިންގާ ކަންކަމަށް އެހީވުމަށް ޞަދަޤާތް ކުރަން ހުޅުވާލާފައި ވަނީ، ސަރުކާރުގެ ރަސްމީ ޕޭމަންޓް ނިޒާމް ”ބަންޑޭރި” މެދުވެރިކޮށެވެ. މި ފުރުޞަޠުގެ ދަށުން ލިބޭ އެހީތެރިކަން ބޭނުން ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށާއި، ޤުރްއާން ހިފްޒު ކިލާސްތަކަށް އެހީ ވުމަށާއި އަދި މީހުން އުމްރާގެ އަޅުކަމަށް ފޮނުވުމަށް އެހީވުން ހިމެނެއެވެ....

އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަަމަ ބުރު ފަށައިފި
Raajje

އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަަމަ ބުރު ފަށައިފި

އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ އިފްތިތާޙްކޮށް އެ މަޝްރޫޢުގެ ފުރަތަަމަ ބުރު 77 އިމާމުންނާއެކު އިއްޔެ ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 ވަނީ ފަށާފައެވެ. އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައި ވަނީ ގއ. ގ...

''އިސްރާއާއި މިޢުރާޖުގެ ހާދިސާއަކީ މުޢުޖިޒާތެއް، ބޮޑު އިމްތިހާނެއް''
Raajje

''އިސްރާއާއި މިޢުރާޖުގެ ހާދިސާއަކީ މުޢުޖިޒާތެއް، ބޮޑު އިމްތިހާނެއް''

އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާއަކީ الله سبحانه وتعالى، ކީރިތި ކީރިތި رسول الله صلى الله عليه وسلم އަށް ދެއްކެވި މުޢުޖިޒާތެއްކަމާއި އަދި އެއީ މުސްލިމުންނަށް ކުރިމަތިވި ބޮޑު އިމްތިހާނެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ”އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން” އެވެ. ތިރީގައި މި ނަކަލު ކޮށްލަނީ މި މަޢުލޫއަށް ޚުޠުބާގައި ހިމަނާފައިވާ މުހިންމު ބައިތަކުންކުރެ ބައެއް ބައިތަކެވެ. އިސްރާއާއި މިޢުރާޖު އިސްރާ އަކީ މި ބިންމަތީގައި […]

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނު ކުރަނީ
Raajje

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނު ކުރަނީ

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީން ކުރުމުގެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަން ހާމަކުރައްވައި، ސަރުކާރު ހިންގުމާ ޙަވާލުވެ ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފައިވާކަ...

މިސްކިތްތަކަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފި
Raajje

މިސްކިތްތަކަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފި

ދިވެހިރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަން ފާހަގަކުރައްވައި، މިގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާ ސުލޫކު މުޖްތަމަޢުގައ...

ފަލަސްތީނުގެ ހާލަތު ގޯސްވާނަމަ، ގުނޫތު އިއާދަވާނެ: ޝަހީމް
Raajje

ފަލަސްތީނުގެ ހާލަތު ގޯސްވާނަމަ، ގުނޫތު އިއާދަވާނެ: ޝަހީމް

މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިއުން ހުއްޓާލި ކަމުގައި ވިޔަސް، ފަލަސްތީނުގެ ހާލަތު ގޯސްވާ ނަމަ، އަލުން ގުނޫތު އިއާދަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. ގުނޫތު...

އެމްޑީޕީން ހަދަނީ ދޮގު، ހަގީގަތް ނުބަލާ އަބުރަށް އަރައިގަތުމަކީ ނާތަހުޒީބު ޢަމަލެއް: ޝަހީމް
Raajje

އެމްޑީޕީން ހަދަނީ ދޮގު، ހަގީގަތް ނުބަލާ އަބުރަށް އަރައިގަތުމަކީ ނާތަހުޒީބު ޢަމަލެއް: ޝަހީމް

އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާނެކަމަށާއި، އޭނާ އާއި ގުޅުވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ދެއްކީ ހަގީގަތާއި ޚިލާފް ވާހަކައެއްކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒުގެ މެނިފެސްޓޯ ތާރީޚްތަކަށް ތަންފީޒުކުރުމުގެ މަސައްކަތުގައާއި، އި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި މަތިކޮށްފައިވާ މަސްޢޫލިއްޔަތައް އަދާކުރެއްވުމުގައި އަވަދިނެތި އުޅުއްވަނިކޮށ...

''ވަރުގަދަ މީހާއަކީ ރުޅި އަންނަހިނދު ނަފްސު ކޮންޓްރޯލްކުރާ މީހާ''
Column

''ވަރުގަދަ މީހާއަކީ ރުޅި އަންނަހިނދު ނަފްސު ކޮންޓްރޯލްކުރާ މީހާ''

ރުޅިމަޑުކުރުމުގެ ޖަޒާއަކީ ސުވަރުގެކަން ހަނދާންކޮށްދީ، ރުޅިމަޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ގިނަ ނަސޭހަތްތަކަކާއި ދަރުސްތަކެއް މިއަދުގެ ޚުޠުބާގައި ގެނެސްދީފިއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ”ރުޅިމަޑުކުރުން” އެވެ. ޚުޠުބާގައި ތަޤްވާވެރިވެ ތިބުމަށް ނަޞޭޙަތްތެރިވަމުން ބުނެފައި ވަނީ ހާލަތު ރަނގަޅުވުމާއި، ހިތްހަމަޖެހުން ލިބިދިނުމާއި އަދި ދާންއޮތްތަން ރަނގަޅުވުން އޮތީ ތަޤްވާވެރި ވުމުގައި ކަމަށެވެ. الله سبحانه وتعالى ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”އަދި ތިޔަބައި މީހ...