އިޒްރޭލުގެ ޖައްބާރު ދެ ވަޒީރަކު އަޔަލޭންޑަށް އެތެރެވުން މަނާކޮށްފި
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ނަފްރަތު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، އިޒްރޭލުގެ ހަރުކަށި ފިކުރުގެ ދެ ވަޒީރަކު އަޔަލޭންޑަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ 5 ޖޫން 2026 ގައެވެ. އަޔަލޭންޑަށް އެތެރެވުން މަނާކޮށްފައިވަނީ އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ޖައްބާރު އިތަމާރު ބެން-ގްވީރު އާއި ފައިނޭންސް މިނިސްޓަރު ޖައްބާރު ބެޒަލްލް ސްމޮޓްރިޗް އެވެ. މިކަން ކަށަވަރުކޮށްދެއްވަމުން އަޔަލޭންޑުގެ ބޮޑުވަޒީރު މި...