އިޒްރޭލަށް ޖާސޫސްކޮށްދިން ޔުނިސެފްގެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅަނީ
އިޒްރޭލުގެ ޑިޕްލޮމޭޓުންނަށް އދ. ގެ ސިއްރު މައުލޫމާތުތަކެއް ހިއްސާކުރި ކަމަށް ތުހުމަތު ކުރެވޭ ޔުނިސެފްގެ އިސް މުވައްޒަފަކާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަމުންދާ ކަމަށް އދ. އިން ހާމަކޮށްފިއެވެ. އދ. ގެ ޑެޕިއުޓީ ތަރުޖަމާނު ފަރްހާން ހަގް ހުކުރު ދުވަހު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފަކީ ޔުނިސެފްގެ ވޮޝިންޓަން އޮފީހުގެ އިސްވެރިޔާ ޔަހަވް ލިޗްނާ ކަމަށެވެ. ފަރްހާން ހަގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލިޗްނާ އާ ދެކޮޅަށް ކުރެވިފައިވާ “ސީރިއަސް ތުހުމަތުތަކާ” ގުޅިގެން […]