Skip to main content
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
ފަހު ވަގުތަށް މަޑުނުކޮށް ރީ ރަޖިސްޓްރީ ވުމަށް އީސީއިން އެދެފި
News

ފަހު ވަގުތަށް މަޑުނުކޮށް ރީ ރަޖިސްޓްރީ ވުމަށް އީސީއިން އެދެފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރީ ރަޖިސްޓްރީވުމަށް ފަހުވަގުތަށް މަޑުނުކޮށް އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހު ހުޅުވާލެވިފައިވާއިރު ރީރަޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެ...

ކައުންސިލް އިންތިޚާބު: ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި
Raajje

ކައުންސިލް އިންތިޚާބު: ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

އަންނަ މަހު 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ގަލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ރަޖިސްޓަރީވާން ހުށަހަޅާނީ ހަތަރެއް އޭޕްރީލް 2020 ވީ ހޮނިހ...

އީސީގެ މެންބަރުކަމަށް ޑރ. ޒާހިރު އައްޔަނު ކުރައްވައިފި
Raajje

އީސީގެ މެންބަރުކަމަށް ޑރ. ޒާހިރު އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުސްވެފައިވާ މެމްބަރުކަމަށް ގ. މާލެހިޔާ 1 03-18، ޑޮކްޓަރ މުޙައްމަދު ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޑރ. ޒާހިރު މި މަޤާމަށް ޢައްޔަންކުރެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ. ޑރ. މުޙައްމަދު ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސް...

އެންމެ ގިނަ ގޮނޑި ކަށަވަރުވެ، އެންމެގިނަ ނަން ނެގި ޕާޓީއަކަށް އެމްޑީޕީ
Raajje

އެންމެ ގިނަ ގޮނޑި ކަށަވަރުވެ، އެންމެގިނަ ނަން ނެގި ޕާޓީއަކަށް އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔައީ ވެސް. އަދި އިންތިޚާބުގެ ކުރިން އެންމެ ގިނަ ގޮނޑި ކަށަވަރު ވީވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ. މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަ...

އީސީއަށް ޑރ. ޒާހިރު އައްޔަނުކުރަން ފާސްކޮށްފި
Parliament

އީސީއަށް ޑރ. ޒާހިރު އައްޔަނުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުސްވެފައިވާ މެމްބަރުކަމަށް، ޑރ. މުހައްމަދު ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ޑރ. ޒާހިރު އީސީ މެންބަރުކަމަށް އައްޔަން ކުރަން ފެނޭތޯ ބަލަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އޭނާ އައްޔަން ކުރަން ފެންނަ ކަމަށް 37 މެމްބަރުން ވޯޓު ދެއްވި އެވެ. އީސީން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ޑރ. ޒާހިރާ އެކު 17 މީހުން ކުރިމަތިލި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް […]

އެޗްޕީއޭގެ އުސޫލާއެކު އިންތިޚާބު ބާއްވަން ދަތިވެއްޖެ ކަމަށް ބުނެ އީސީއިން މަޖިލީހަށް
Raajje

އެޗްޕީއޭގެ އުސޫލާއެކު އިންތިޚާބު ބާއްވަން ދަތިވެއްޖެ ކަމަށް ބުނެ އީސީއިން މަޖިލީހަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައި، ރޭ އާންމު ކުރެއްވި ”ކޯވިޑް19ގެ ހާލަތުގައި ރައްކާތެރި ކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދަންވީ ގޮތުގެ އުސޫލު”ގެ ސަބަބުން އިންތިޚާބުބޭއްވުމަށް ދަތިތަކެއް ކުރިމަތިވެއްޖެ ކަމަށްބުނެ، އިންތިހާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނު އިސްލާހްކޮށް، އިންތިހާބު ބޭއްވުމުގެ ޤަނޫނީ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސް...

ކައުންސިލް އިންތިޚާބު: ނަން އަނބުރާ ގެންދެވޭނީ ފެބުރުއަރީ 11 ގެ ނިޔަލަށް
Raajje

ކައުންސިލް އިންތިޚާބު: ނަން އަނބުރާ ގެންދެވޭނީ ފެބުރުއަރީ 11 ގެ ނިޔަލަށް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދެވޭނެ ސުންގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ. މި ގޮތުން އީސީން ބުނީ ނަން އަނބުރާ ގެންދަން ބެނުންވާ ކެނޑިޑޭޓުން އަންނަ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00 ކުރިން ނަން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ...

އަނެއްކާ ވެސް އިންތިޚާބު ބާއްވަން ތާރީޚެއް
Raajje

އަނެއްކާ ވެސް އިންތިޚާބު ބާއްވަން ތާރީޚެއް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. މިއަދު ކުރިއަށްދިޔަ އީސީގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމަށްޓަކައި، އިންތިހާބު ބާއްވާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލ...

ވޯޓުލާ ދުވަހާ ހަމަޔަށް 18 އަހަރުފުރޭ އެންމެންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮންނާނެ: ހަބީބު
Raajje

ވޯޓުލާ ދުވަހާ ހަމަޔަށް 18 އަހަރުފުރޭ އެންމެންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮންނާނެ: ހަބީބު

ިއިންތިޚާބެއްގެ ވޯޓުލާ ދުވަހާ ހަމަޔަށް ޢުމުރުން 18 އަހަރުފުރޭ އެންމެންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ. ހަބީބު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޚާއްޞަ ޖަލްސާގައި ބައެއް މެންބަރުން ދެއްކެވި ވާހަކައާއި ގުޅިގެން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާކުރަށްވަމުން ކުރެއްވި ޓުވީޓެއްގައެވެ. ”ފަހުން 18 އަހަރު ފުރުނު ޒުވާނުންނަށް ވޯޓު...

ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ
Raajje

ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ

ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރުމުން، ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ. އެކަން ހާމަކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ޝަރީފް ވިދާޅުވީ، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު، މިއަހަރުގެ އ...

ތިން ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި
Raajje

ތިން ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި

އިލެކްޝަން ކޮމިޝަން (އީސީ)އިން ރާއްޖޭގެ ތިން ސިޔާސީ ޕާޓީއަކަށް 11 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އީސީގެ ރައީސް އަޙްމަދު ޝަރީފާއި ހަވާލާދީ، ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އީސީއިން މިފަހަރު ފައިސާ ދޫކޮށްފައި ވަނީ އެކޮމިޝަންގެ ދަފުތަރުގައި މެންބަރުންގެ ޢަދަދު ވެސް އެންމެ ގިނަ 3 ޕާޓީކަމަށްވާ ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ)އާއި، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ. […]

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
Raajje

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. އީސީގެ މެމްބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެކަމަށްކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރުގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑް ފޯމާއެކު މިމިހުގެ 30ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާދެއްވައި އެކ...

ކޮމިޓީން ފާސްކުރީ އަކްރަމް ވަކިކުރަން
Raajje

ކޮމިޓީން ފާސްކުރީ އަކްރަމް ވަކިކުރަން

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. އަކްރަމް މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތައް، އެ ކޮމިޓީއިން ބެލުމަށް ފަހުއެވެ. އަކްރަމް އީސީގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް، އެ ކޮމިޓީއަށް ހުށަހެޅީ، އީސީގެ އަންހެން...

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ މާޗު މަހު ބާއްވަން މަސައްކަތް ކުރަނީ
Raajje

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ މާޗު މަހު ބާއްވަން މަސައްކަތް ކުރަނީ

ކޯވިޑް-19 ހާލަތުގެ ސަބަބުން ޚާއްޞަ ޤާނޫނަކުން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. ރާއްޖެޓީވީ އިން ރޭ ގެނެސްދިން ”ފަލަސުރުޚީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް އުންމީދު ކުރަށްވާ ކަމަށާއި، އަދި އެ ތާރީޚްގައި އެ އިންތިޚާބު ބޭއްވުމަށް ވަރަށް މަސައްކަތް ވެސް […]

އައު ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަދީފި
Raajje

އައު ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަދީފި

“ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް”ގެ ނަމުގައި އައު ސިޔާސީ ޕާޓިއެއް އުފައްދަން ހުއްދަ ދީފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ “ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް”ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެެވެ. އީސީއިން އަލަށް ހުއްދަ ދިން މި ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިވަނީ މާލޭ ސިޓީގެ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދަށެވެ. National Democratic Congress ge namugai siyaasee party eh ufehdhumuge massakai […]