ރައީސްއާއިއެކު ކޯލިޝަން ޕާޓީތަކަށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ: އިމްރާން
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއިއެކު، ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ވެރިކަންކުރާ އިއްތިހާދުގެ އެއްބައިވެރިޔާ، އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންކަން ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް (ފަޔާ) އަށާއި، އެމްޑީޕީއަށް މަރުޙަބާ ކިޔުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓް...