Skip to main content
Topic Archive

#އަދާލަތު ޕާޓީ

72 Stories filed
މިހާރު ވެސް މިތިބީ ރޭހުގެ ކުރީގައި: އިމްރާން
Raajje

މިހާރު ވެސް މިތިބީ ރޭހުގެ ކުރީގައި: އިމްރާން

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އައު ދައުރެއް ކާމިޔާބުކޮށް ދިނުމަށް މިހާތަނަށް އެއްބަސްވުމަކަށް އައިސްފައިވާ ކޯލިޝަން އޮތީ މިހާރު ވެސް ރޭހުގެ މާ ކުރީގައި ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ (އޭޕީ)އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެރިންނާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙް އިއްޔެ ވަނީ ބައްދަލު ކުރައްވާފައެވެ. އެ [...

ރޯދަ މަހަށް ތައްޔާރު ވުމަށް ނެއްލައިދޫގައި އަދާލަތުގެ ދަރުހެއް
Thiladhunmathi News

ރޯދަ މަހަށް ތައްޔާރު ވުމަށް ނެއްލައިދޫގައި އަދާލަތުގެ ދަރުހެއް

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހދ.ނެއްލައިދޫގައި އަދާލަތު ޕާޓީން ދަރުހެއް ބާއްވައިފިއެވެ. ރޭ ނެއްލައިދޫ ބަނދަރު ސަރަހައްދުގައި “ރަމަޟާން މަހަށް ތައްޔާރުވުން” މި މަޢުޟޫއަށް ކުރިއަށް ގެންދެވުނު ދަރުސް ދެއްވާފައި ވަނީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިން އެވެ. މި ދަރުހަކީ ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ނެއްލައިދޫ ކައުންސިލާއި އަދާލަތު ޕާޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދަރުހެކެވެ. މި ދަރުހާއި ގުޅޭގޮތުން މި ނޫހަ...

މަސްބައި އަޅާ ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި މިހާރު ވޯޓު ބަހައިނުލެވޭނެ: ނަޒީރު
Raajje

މަސްބައި އަޅާ ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި މިހާރު ވޯޓު ބަހައިނުލެވޭނެ: ނަޒީރު

މަސްބައިއަޅާ ބަހާ އުސޫލުން މިހާރު ސިޔާސީ ބޮޑުންގެ މެދުގައި ވޯޓު ބަހައި ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު، ހޯމު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާރު ހުންނަނީ؛ އަޑުގަދަ ގެނދަބުޅި އިންޖީނުގެ އާވެ ރީތިވީމާ ދޭ ވޯޓާއި، ނަޖިސްފެނުން ސާފުފެނަށް ބަދަލުވީމާ ދޭ ވޯޓު ކަމަށެވެ. އަދި ޗަކަމަގު ތާރުމަގަށް ބަދަލުވީމާ ދޭ ވޯޓާއި ބޯހިޔާވަހިކަމަށް ދޭ ވޯޓު ކަމަށެވެ. ސަރުކާރުން ތަރައްގީކުރި، ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް […]

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން އަދާލަތުން ނިންމައިފި
Raajje

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން އަދާލަތުން ނިންމައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރުމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިއަދު ނިންމައިފިއެވެ. އަދާލަތު ޕާޓީން މިގޮތައް ނިންމީ އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ ހިމަނައިގެން ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ރައީސް ޞާލިޙް ދަޢުވަތު ދެއްވާފައިވާތީ، އެކަމާއި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާ ހިންގުމަށްފަހުއެވެ. އެކަން ބަޔާންކޮށް އަދާލ...

ރިޔާސީ އިންތިޚާބުގައި އެއްޑީޕީ އާއި އިއްތިހާދުވުމުގެ ކުރިން މަޝްވަރާ ކުރުމަށް އަދާލަތުން ނިންމައިފި
Raajje

ރިޔާސީ އިންތިޚާބުގައި އެއްޑީޕީ އާއި އިއްތިހާދުވުމުގެ ކުރިން މަޝްވަރާ ކުރުމަށް އަދާލަތުން ނިންމައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓު، މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާ މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން ރޭ ނިންމައިފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ވެސް ސަރުކާރު ހިންގާ އިއްތިހާދާއެކު ކުރިއަށް ދިޔުމަށް ދައުވަތުދެއްވައި، ރައީސް ޞާލިޙް ވަނީ މިސަރުކާރުގެ އިއްތިހާދުގެ ބައިވެރިންނަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލަ...

އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން
Raajje

އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތު ޕާޓީ އާއިއެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ މި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައިކަން އިއްޔެ ޢިއުލާންކުރަށްވާފައެވެ. އީސީއިން ރިޔާސީ އިންތިޚާބުގެ ތާރީޚް ޢިއުލާން ކުރެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، […]

ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެން: އަދާލަތު
Raajje

ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެން: އަދާލަތު

މިއަހަރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެންކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ނަޛީރު ވިދާޅުވެއްޖެއެވެ. އަލީ ނަޛީރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ސިޔާސީ ޕާޓިތަކުން ތައްޔާރުވުމަށް އަންނަ މި ދަނޑިވަޅުގައި އެޕާޓީގެ ތަރުޖަމާނު އަލީ ނަޛީރު މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް އަންނަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ޓުވީޓ...

އިދިކޮޅުން ވިއްކާނެ އެއްޗެއްނެތީމަ ދައްކަނީ ސާބިތުނުހިފޭ ދޮގުވާހަކަ: ޠޫބާ
Raajje

އިދިކޮޅުން ވިއްކާނެ އެއްޗެއްނެތީމަ ދައްކަނީ ސާބިތުނުހިފޭ ދޮގުވާހަކަ: ޠޫބާ

އިދިކޮޅުން ވިއްކާނެ އެއްޗެއްނެތީ ދައްކަނީ ސާބިތުނުހިފޭ ދޮގުވާހަކަ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ ޠޫބާ ރަޝީދު ވިދާޅުވެއްޖެ އެވެ. އޭނާ މިފަދައިން ވިދާޅުވީ އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމާޒު ހިފަނީ އިންޑިއާ ބަލިކުރުމަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުމާއި ގުޅިގެން އެއަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައި ވަނީ، […]

2033 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތުން: އިމްރާން
Raajje

2033 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތުން: އިމްރާން

2033 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެ ދައުރުގައި ރައީސްކަން ކުރަށްވާނީ އަދާލަތު ޕާޓީ (އޭޕީ) އަށް ނިސްބަތްވާ ބޭފުޅެއްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީގެ ސިޔާސީ ޚަރަކާތްތައް ފުޅާކުރަމުން އަންނައިރު، އެ ޕާޓީގެ ކުރިމަގުގެ ޕްލޭނެއް ވެސް މިހާރު ވަނީ އެކުލަވާލައި ފާސްކޮށްފައެވެ. އަދި އަތޮޅުތަކަށް ދަތުރުފަށައި، މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދ...

އަދާލަތަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ، އިސްކުރާނީ ގައުމުގެ މަސްލަހަތު: އިމްރާން
Raajje

އަދާލަތަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ، އިސްކުރާނީ ގައުމުގެ މަސްލަހަތު: އިމްރާން

ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީ (އޭޕީ) އަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، ނަމަވެސް އެ ޕާޓީން އިސްކުރާނީ ގައުމުގެ މަސްލަހަތުކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސްވައިގާ ހިފާފައިވާއިރު، އިމްރާން ކުރިން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ،  ބަރުލަމާނީ […]

ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިސް
Raajje

ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިސް

ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެކަން ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” ތަފްޞީލީ، އިލްމީ ކަރުދާހެއް އެކުލަވާލާ އާންމުކޮށްފި އެވެ. މިއަދު އެޕާޓީން ނެރުނު މި ކައރުދާހުގައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވޭ ޔޯގާ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގައިވެސް ދައުލަތުގެ ފެންވަރުގައި ރަސްމީކޮށް އެދުވަސް ފާހަގަ ކުރަމުންދާތީ ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފަރާތުން ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާ...

އަދާލަތު ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެ: އިމްރާން
Raajje

އަދާލަތު ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެ: އިމްރާން

ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަށް ނޫންކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ފަހަކަށް އައިސް ހިނގާފައިވާ ބައެއް ކަންކަމާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންގެ ފާޑު ކިޔުން އަދާލަތު ޕާޓީއަށް ވަނީ އަމާޒުވެފައެވެ. އެ ފާޑުކިޔުންތަކާއެކު އިމްރާން ގެންދަވަނީ ޓްވީޓާ މެދުވެރިކޮށް އަދާލަތުގެ ޚިދުމަތްތައް ހަނދާންކޮށް ދެއްވަމުންނެވެ. “ބަޔަކު މީހުން […]

ވޭތުވި 17 ވަރަކަށް އަހަރު ދީނަަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތުން: އިމްރާން
Raajje

ވޭތުވި 17 ވަރަކަށް އަހަރު ދީނަަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތުން: އިމްރާން

ވޭތުވެ ދިޔަ 17 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ދީނަށް ޚިދުމަތް ކުރި ޕާޓީއަކީ ނުވަތަ ޖަމާއަތަކީ އަދާލަތު ޕާޓީކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއްވެސް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. […]

ފާހިޝް އަމަލުތައް ހިންގާ މީހުންނާއި ފަތުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް އަދާލަތުން ގޮވާލައިފި
Raajje

ފާހިޝް އަމަލުތައް ހިންގާ މީހުންނާއި ފަތުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް އަދާލަތުން ގޮވާލައިފި

ހަޑިހުތުރު ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެފަދަ ޢަމަލުތައް ފަތުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި ބުނާ ޙައްޤު އަދަބު ދިނުމަށް އަދާލަތު ޕާޓީ، (އޭޕީ) އިން ގޮވާލައިފިއެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޢަދާލަތު އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ފާހިޝް އަމަލުތައް ފެންނަ އެއްޗެހި ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގެ ޒަރީއާ އިން ދައުރު ކުރަމުން ގެންދިއުމަކީ ގައުމުގެ އިސްލާމްވަންތަކަން ކިލަނބު ވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް މުޖުތަމައ...

ބީޖޭޕީގެ އިސްތަރުޖަމާނު ދެއްކި ވާހަކަތަކަކީ މުޅި އިސްލާމީ އުންމަތާދެކޮޅަށް ބުނި ބަސްތަކެއް: އަދާލަތު
Raajje

ބީޖޭޕީގެ އިސްތަރުޖަމާނު ދެއްކި ވާހަކަތަކަކީ މުޅި އިސްލާމީ އުންމަތާދެކޮޅަށް ބުނި ބަސްތަކެއް: އަދާލަތު

ރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތަކަކީ، މުޅި އިސްލާމީ އުންމަތާދެކޮޅަށް ބުނި ބަސްތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ވާހަކަ ދެއްކުމާއި ގުޅިގެން އަދާލަތު ޕާޓީގެ ޢިލްމް ވެރިންގެ މަޖިލީހުން ރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމަށްފަހު އެ ޕާޓީން އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، މުޅި އިންސާނިއްޔަތަށް ރަހުމަތެއް ކަމުގައި މާތް […]