ޝިފާންގެ ރައްދު ނަޝީދަށް: ''ކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އިޚްލާޞްތެރިކަން''
އެކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އެކަމެއްގައި ހިމެނޭ އިޚްލާޞްތެރިކަންކަމަށް އަދާލަތު ޕާޓީގެ ރައީސް އައްސައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޝައިޚް ޝިފާން މިފަދައިން ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްތަކުގައި ކޯލިޝަން ހެދުމަކީ ކޭކެއްގައި “އައިސިން” ޖަހާލުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ. ޝައިޚްގެ ޕޯސްޓްގައި ވިދާޅުވީ، ކޭކެއްގެ މަތީގައި ފަތުރާލެވި...