ޕްރިމިއާ ލީގު ޕްލޭއޮފްގައި ނޯތުގެ ޗެމްޕިއަން ދިއްދޫ ކުޅޭ ފުރަތަމަ މެޗު ހޯމަ ދުވަހުގެ ރޭ
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުތައް މާދަމާ ފަށާނެއެވެ. މި މެޗުތައް މާދަމާ ފަށާއިރު މާދަމާ ރޭ ކުޅޭ މެޗުގައި އެއްކޮޅުން ބައްދަލުކުރާނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫއެވެ. މާދަމާ ރޭ 21:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ދިއްދޫ ބައްދަލުކުރާނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ އާއެވެ. ޕްލޭއޮފްގެ މެޗުތައް ފަށާނީ މާދަމާ ހަވީރު 16:00 ގައި […]