އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތައް ދަފްތަރުކުރުން ''ވަންގަވް''އަށް ބަދަލުކުރަނީ
އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ ޚިދުމަތް، ސަރުކާރުގެ އެކި ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ “ވަންގަވް” ޕޯޓަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ. އެމްއެފްޑީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު “ދިރިތި” ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާ މި ޚިދުމަތް ވަންގަވް ޕޯޓަލްއަށް ބަދަލުކުރާނީ 7 ޖޫން 2026 އިން ފެށިގެންނެވެ. މި ބަދަލު ގެނައުމަށްޓަކައި، 3 ޖޫން 2026 ވާ...