އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރާއްޖެއަށް
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިއަދު ރާއްޖެ ގެނެސްފިއެވެ. ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން މި އުޅަނދު ހުޅުމާލޭ ބަނދަރަށް އައުމުން ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވެއެވެ. މި އުޅަނދަށް ގެނައުމުން މަރުޙަބާ ދެންނެވުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ދިވެހިރާއް...