ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ދެހާހަށްވުރެ ބޮޑު ނޯޓިކަލް މޭލު ބަލައިފި
މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް (ލޭންޑިންގ ކްރާފްޓް) ބަންޑުން ޖަހާލައި ފެތުނު ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށް، ކަނޑާއި ވައިގެ މަގުން 2,700 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ސިފައިން ބަލައިފިއެވެ. ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އެމްއެންޑީއެފް އެއަރ ކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މިހާތަނަށް ކަނޑާއި ވައިގެ […]