ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް
ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ)ގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ހުންނަ މި ސެންޓަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމުގައި އެ ސެންޓަރުގެ 14 މުވައްޒަފަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި އަލިފާންނިވި އަދި އަލިފާން ބްލޭންކެ...