Skip to main content
Topic Archive

#އެމެރިކާ

322 Stories filed
އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވެ ތެލުގެ އަގު 90 ޑޮލަރަށް، ޔޫއޭއީން ޑްރޯނެއް ހުއްޓުވައިފި 
International

އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވެ ތެލުގެ އަގު 90 ޑޮލަރަށް، ޔޫއޭއީން ޑްރޯނެއް ހުއްޓުވައިފި 

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސަރަހައްދީ ފެނުގެ މަތިން ދަތުރުކުރި އީރާނުގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން) އެއް އެ ގައުމުގެ ވައިގެ ސިފައިން ހޯމަ ދުވަހު އިންޓަސެޕްޓްކޮށް ހުއްޓުވައިފިއެވެ. މިއީ އެމެރިކާ އާއި އީރާނާ ދެމެދު މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު، ހަފުތާ ބަންދުގައި އަސްކަރީ ހަމަލާތަކެއް ބަދަލުކޮށް މަޝްރަހު އަލުން ގޯސްވިފަހުން ހިންގި ފުރަތަމަ ބޮޑު އަސްކަރީ ހާދިސާއެވެ. މި ހާދިސާއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 90 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. […]

އީރާނުގެ ލާރަކް އައިލެންޑަށް އެމެރިކާއިން ހަމަލާދިނުމުން އީރާނުގެ ރައްދު ހަމަލާއާއެކު މަޝްރަޙް ގޯސްވެއްޖެ
International

އީރާނުގެ ލާރަކް އައިލެންޑަށް އެމެރިކާއިން ހަމަލާދިނުމުން އީރާނުގެ ރައްދު ހަމަލާއާއެކު މަޝްރަޙް ގޯސްވެއްޖެ

ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ލާރަކް އައިލެންޑުގައި ހުރި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ރޮކެޓް ލޯންޗަރުތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން ޑްރޯން ހަމަލާތަކެއް ދީފިއެވެ. އެމެރިކާއިން މި ހަމަލާ ދިނުމުގެ ބަހަނާއަކަށް ހަދާފައި ވަނީ ހޮރްމޫޒް ކަނޑުއޮޅިއަށް ސީ-މައިން (ކަނޑުއަޑީގެ މައިން) އަޅަން އީރާނުން ތައްޔާރުވަމުން ދަނިކޮށް ފެނުނުކަމަށް ބުނެެއެވެ. އެމެރިކާއިން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މަގުތަކުން މައިންތައް ސާފުކުރުމުގެ މަސައްކަތް ދާދިފަހުން ވަ...

އީރާނު ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެމެރިކާގެ ދިފާއީ ބާރު ދެރަވެދާނެ ކަމެއް ކަމުގެ އިންޒާރު އަސްކަރީ ވެރިން ދީފި
International

އީރާނު ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެމެރިކާގެ ދިފާއީ ބާރު ދެރަވެދާނެ ކަމެއް ކަމުގެ އިންޒާރު އަސްކަރީ ވެރިން ދީފި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ފުޅާ ދާއިރާއެއްގެ އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ދިގުލައިގެން ދިއުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން އެހެން ސަރަހައްދުތަކުން ކުރިމަތިވާ ނުރައްކާތަކާއި އެމެރިކާގެ ދިފާއަށް ބުރޫއަރައި، އަސްކަރީ ބާރު ދެރަވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ އިސް އަސްކަރީ ވެރިން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ދެއްވައިފި އެވެ. މިކަން ހާމަކޮށްފައިވަނީ ވޮޝިންގޓަން ޕޯސްޓުން ޝާއިއުކުރި ހާއްސަ ރިޕޯޓެއްގައެވެ. ޑިފެންސް ސެކްރެޓަރީއަށް އެރުވި ކްލެސިފައިޑް އ...

އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް މާލީ ބޮޑު ކާރިސާއެއް
International

އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް މާލީ ބޮޑު ކާރިސާއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފައްޓަވާފައިވާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާ މާލީ ގޮތުން ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފިއެވެ. މި ރިޕޯޓުގައި ވާގޮތުން، ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އެމެރިކާގެ ނޭވީގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓުންނާއި އެހެނިހެން ވަސީލަތްތަކުން ފައިސާ ބަދަލުކުރަން ވަނީ މަޖުބޫރުވެފައެވެ. މުސާރައަށް ކަނޑައަޅާފައިވާ ބަޖެޓުން ހަނގުރާމައަށް ފައިސާ ނަގަނީ ޕެންޓަގަނ...

އީރާނުގެ ހަނގުރާމައިގައި މަރުވި އަދި ޒަޚަމްވި އެމެރިކާ ސިފައިންގެ އަދަދު 774 އަށް އަރައިފި
International

އީރާނުގެ ހަނގުރާމައިގައި މަރުވި އަދި ޒަޚަމްވި އެމެރިކާ ސިފައިންގެ އަދަދު 774 އަށް އަރައިފި

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަރުވި އަދި ޒަޚަމްވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު 774 އަށް އަރާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. މި ކުރިމަތިލުންތަކާ އެކު ވޮޝިންޓަނާއި ތެހެރާނާ ދެމެދު އޮތް އިގްތިސާދީ ހަނގުރާމަ ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މީގެ އިތުރުން 28 ފެބްރުއަރީ 2026 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ހިންގަން ފެށި ހަނގުރާމާގައި އޯގަސްޓް މަހާއި ހަމައަށް އެމެރިކާ ސިފައިންގެ ޖުމްލަ 774 ސިފައިން […]

ކެނެޑާއިން އެމެރިކާއާ ދެކޮޅަށް ''އިގްތިސާދީ ހަނގުރާމަ'' އިޢުލާނުކޮށްފި
International

ކެނެޑާއިން އެމެރިކާއާ ދެކޮޅަށް ''އިގްތިސާދީ ހަނގުރާމަ'' އިޢުލާނުކޮށްފި

ކެނެޑާ އަދި އެމެރިކާއާ ދެމެދު ރޭގަނޑު ދަންވަރު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވެ ބައްދަލުވުންތައް ރޫޅުމާ ގުޅިގެން، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މި ހާލަތަކީ އެމެރިކާއާ ދެކޮޅަށް ފެށުނު “އިގްތިސާދީ ހަނގުރާމައެއް” ގެ ގޮތުގައި ސިފަކުރައްވައިފިއެވެ. މި މަޝްވަރާތައް ނާކާމިޔާބުވީ އެމެރިކާގެ މަޝްވަރާވެރިން ފަހު ވަގުތު ހުށަހެޅި ޝަރުތުތައް ކެނެޑާގެ އޮފިޝަލުން ދެކޮޅު ހެދުމާ ގުޅިގެންނެވެ. ބްރިޓިޝް ކޮލަމްބިއާގެ ޕްރިމިއާ ޑޭވިޑް އެބީ ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ ހުށަހެޅުންތަކުގެ ބޭނުމަކީ...

އިސްރާއީލަށް ތާއީދުކުރާ ޖަމާއަތްތައް ލަދުގަންނަވާލައި ކެލިފޯނިއާގެ އިންތިޚާބު ޢާއިޝާ ވަހާބު ކާމިޔާބުކުރައްވައިފި
International

އިސްރާއީލަށް ތާއީދުކުރާ ޖަމާއަތްތައް ލަދުގަންނަވާލައި ކެލިފޯނިއާގެ އިންތިޚާބު ޢާއިޝާ ވަހާބު ކާމިޔާބުކުރައްވައިފި

އިސްރާއީލާ އެއްކޮޅު ޖަމާއަތްތަކުން އޭނާއާ ދެކޮޅަށް ހިންގި ބޮޑު އެންޓި-ކެމްޕޭނާ ކުރިމަތިލައްވައި، އެމެރިކާގެ ކޮންގްރެސްގެ ކުރީގެ މެންބަރު އެރިކް ސްވަލްވެލް އިސްތިއުފާދެއްވުމުން ހުސްވެފައިވާ ގޮނޑި ފުރުމަށް ބޭއްވި ޚާއްސަ އިންތިޚާބު ކެލިފޯނިއާ ސްޓޭޓްގެ ސެނެޓަރު ޢާއިޝާ ވަހާބު ކާމިޔާބުކުރައްވައިފިއެވެ. މިއާއެކު އޭނާ ވެގެންދާނީ އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވި އަފްޣާނިސްތާނު ދަރިކޮޅުގެ ފުރަތަމަ މެންބަރަށެވެ. ޕްރޮގްރެސިވް ވިސްނުމުގެ ވަހާބު މި އިންތިޚާބު ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ މެދުމިނ...

ކުޑަކުދިންގެ ޕްރައިވެސީއާ ޚިލާފުވި މައްސަލާގައި ޓިކްޓޮކުން 400 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެ
Tech

ކުޑަކުދިންގެ ޕްރައިވެސީއާ ޚިލާފުވި މައްސަލާގައި ޓިކްޓޮކުން 400 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެ

ކުޑަކުދިންގެ އޮންލައިން ޕްރައިވެސީ ރައްކާތެރިކުރުމުގެ ޤާނޫނުތަކާ (ކޮޕާ) ޚިލާފުވި ކަމަށް ބުނެ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ކުރި ދަޢުވާތައް ހައްލުކުރުމަށްޓަކައި، ކުރު ވީޑިއޯ ހިއްސާކުރާ މަޤްބޫލު އެޕްލިކޭޝަން ޓިކްޓޮކާއި އޭގެ މައި ކުންފުނި ބައިޓްޑާންސް އިން 400 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ޓިކްޓޮކުން ވަގުތުން 300 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އަދި ބާކީ 100 މިލިއަން ޑޮލަރު ދައްކާނީ، ޓިކްޓޮކްގެ ކުރިން ހިންގި މިއުޒިކަލީއާ ގުޅުންހުރި ކ...

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައެއްނުގަންނާނަން: ޗައިނާ
International

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައެއްނުގަންނާނަން: ޗައިނާ

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަންނާނެ ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި އިގްތިސާދީ ކެމްޕޭނަށް އެއްބާރުލުން ނުދޭނެ ކަމަށް ޗައިނާއިން ހާމަކޮށްފިއެވެ. ޗައިނާއިން ވަނީ އެމެރިކާއިން އެއްފަރާތްފަރާތުން އަޅާ މިފަދަ ފިޔަވަޅުތަކާ އަބަދުވެސް ދެކޮޅު ހަދާކަން ތަކުރާރުކޮށްފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކާއި ޕްރެޝަރުތަކަކީ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ބެ...

އެމެރިކާގެ ގައުމީ ދަރަނި ރެކޯޑު އަދަދަކަށް، 40 ޓްރިލިއަން ޑޮލަރަށް އަރައިފި
International

އެމެރިކާގެ ގައުމީ ދަރަނި ރެކޯޑު އަދަދަކަށް، 40 ޓްރިލިއަން ޑޮލަރަށް އަރައިފި

އެމެރިކާގެ ގައުމީ ދަރަނި ބުދަ ދުވަހު ރެކޯޑު މިންވަރަކަށް އިތުރުވެ، 40 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ ދިފާއީ ހަރަދުތަކާއި، ސޯޝަލް ސެކިއުރިޓީ އަދި މެޑިކެއާ ފަދަ އިޖުތިމާއީ ޕްރޮގްރާމްތަކުގެ އިތުރުން އިތުރުވަމުންދާ ޑެފިސިޓްގެ އިންޓްރެސްޓް ހަރަދުތައް ބޮޑުތަނުން މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވެފައިވާ ތާރީހީ ބޮޑު އަދަދެކެވެ. މި އަދަދަށް ދަރަނި އަރާފައި މިވަނީ މިދިޔަ މާޗު މަހު 39 ޓްރިލިއަން ޑޮލަރަށް އެރުމަށްފަހު އެންމެ ފަސް މަސް ދުވަހުގެ ތެރޭގައެވެ. އަދި އޭގެ ފަސް […]

ހަނގުރާމަ ވަރުގަދަވެއްޖެނަމަ ޔޫރަޕުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް އީރާނުން ވިސްނަނީ
International

ހަނގުރާމަ ވަރުގަދަވެއްޖެނަމަ ޔޫރަޕުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް އީރާނުން ވިސްނަނީ

އެމެރިކާއާ ދެމެދު އޮތް ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެއްޖެނަމަ، މެދުއިރުމަތީގެ އިތުރުން ޔޫރަޕްގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމުގެ ފުރުސަތުތަކާ މެދު އީރާނުން ދިރާސާކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިކަމާ ގުޅޭގޮތުން އީރާނުގެ އަސްކަރީ ޕްލޭނަރުން ވަނީ އިރުދެކުނު ޔޫރަޕުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދެވިދާނެ ގޮތްތައް ވަޒަންކޮށްފައެވެ. ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އީރާނުގެ އަމާޒުތަކުގެ ތެރޭގައި ބަލްގޭރިއާގެ ބެޒްމ...

އެމެރިކާ ބުނަނީ ހޮރްމޫޒް އޮތީ ހުޅުވާލާފައިކަމަށް، އީރާނުން ބުނަނީ އެއީ ދޮގެއްކަމަށް
International

އެމެރިކާ ބުނަނީ ހޮރްމޫޒް އޮތީ ހުޅުވާލާފައިކަމަށް، އީރާނުން ބުނަނީ އެއީ ދޮގެއްކަމަށް

އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި އޮތީ އާންމު ދަތުރުފަތުރަށް ހުޅުވާލެވިފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، މުހިންމު މި ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައި ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. ހަ މަސްދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އުންމީދު ކުޑަވުމާ ގުޅިގެން ތެލުގެ އަގު ވަނީ އަނެއްކާވެސް އުފުލި، ހިއްސާގެ ބާޒާރުތަކަށް ވަނީ އަސަރުކޮށްފައެވެ. ހަނގުރާމަ މެދުކަނޑާލުމުގެ ވަގުތީ އެއްބަސްވުމުގެ...

ޓްރަމްޕަށް އޮތް ތާއީދު %33 އަށް ދަށްވެ ބޮޑުލަދެއް، މައިގަނޑު ސަބަބަކީ އީރާނު ހަނގުރާމަ
International

ޓްރަމްޕަށް އޮތް ތާއީދު %33 އަށް ދަށްވެ ބޮޑުލަދެއް، މައިގަނޑު ސަބަބަކީ އީރާނު ހަނގުރާމަ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތްތަކަށް ރައްޔިތުން ކުރާ ތާއީދު އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ދަށް މިންވަރަށް ވެއްޓި، ބޮޑު ލަދަކާއި ކުރިމަތިވެވަޑައިގެންފިއެވެ. ޓްރަމްޕްގެ ތާއީދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ހާމަވީ ރޮއިޓާސް/އިޕްސޮސް އިން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓަކުންނެވެ. މި ދިރާސާއިން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަތަރު ދުވ...

އެމެރިކާ އާއި އީރާނުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރަން އެއްބަސްވެއްޖެ
International

އެމެރިކާ އާއި އީރާނުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރަން އެއްބަސްވެއްޖެ

އެމެރިކާ އާއި އީރާނާ ދެމެދު ގާއިމުކޮށްފައިވާ 60 ދުވަހުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު މިއަދަށް ހަމަވާން އޮއްވައި، އެ މުއްދަތު އިތުރުކުރުމަށް ދެ ގައުމުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް އަލް އަރަބިއްޔާ އިން ރިޕޯޓްކޮށްފިއެވެ. މީޑިއާ ރިޕޯޓްތަކާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ޕާކިސްތާން މެދުވެރިވެގެން އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގގެ ދަށުން ހަމަޖެހުނު މި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ދެ ފަރާތުން ވެސް ވަނީ ރުހުން ދީ...

ޓްރަމްޕްގެ ސިޔާސަތާމެދު އިތުބާރު ގެއްލި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭރުކުރުމާމެދު ގަލްފު ގައުމުތަކުން ވިސްނަނީ
International

ޓްރަމްޕްގެ ސިޔާސަތާމެދު އިތުބާރު ގެއްލި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭރުކުރުމާމެދު ގަލްފު ގައުމުތަކުން ވިސްނަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ގެންގުޅުއްވާ ހަނގުރާމައިގެ ސިޔާސަތާމެދު އޮތް އިތުބާރު މުޅިން ގެއްލި، ގަލްފުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެ ގައުމުތަކުން ބޭރުކުރުމާ މެދު ވިސްނަމުންދާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ. އީރާނާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސާފު ޑިޕްލޮމެޓިކް ހައްލެއް ނުވަތަ ވަކިވުމުގެ ސްޓްރެޓެޖީއެއް ނެތި ކުރިއަށްދާތީ، ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރައިން ހިމެނޭހެން އެމެރިކާގެ ބައިވެރިން...