ނޫސްވެރިން ބޭރުކުރުމުން އެމެރިކާގެ ބޮޑެތި މީޑިއާތަކުން ޓްރަމްޕްގެ ހަރަކާތްތައް ބޮއިކޮޓްކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބައެއް ނޫސް އިދާރާތަކުގެ ނޫސްވެރިންގެ އެކްރެޑިޓޭޝަން ބާތިލްކޮށް ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، އެމެރިކާގެ އެންމެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން އޭނާގެ އާންމު ހަރަކާތްތައް ކަވަރުކުރުން ވަގުތުން ސަސްޕެންޑްކޮށްފިއެވެ. ވައިޓް ހައުސްގެ ޓީވީ ޕޫލްގައި ހިމެނޭ އޭބީސީ، ސީބީއެސް، ސީއެންއެން، އެންބީސީ އަދި ފޮކްސް ނިއުސް އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ރިޕޯޓިންއާ މެދު ހިތްހަމަނުޖެހިގެން އެއްވެސް އިދާރާއަކުން ނޫސް އިދާރާއެއްގެ މަސަ...