ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހާގެ ހާލު ސީރިއަސް، އަދިވެސް ފަރުވާދެނީ އައިސީޔޫގައި
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓުތަކެއް ދިރުވާލި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. މި މީހާއާ މެދުގައި ޝައްކު ކުރެވިގެން މާލެ ތެރެ ޕެޓްރޯލް ކުރި ފުލުހުން އެމީހާ އަތުލައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. އެ މީހާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު އަދިވެސް ސީރިއަސްއެވެ. މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދޭ އިރު، އޭނާ ދިރުވާލީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ވެސް […]