މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި
މިދުވަސްވަރަކީ މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭ ދުވަސްވަރަކަށްވާތީވެ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަށްޓަކައި، ތިރީގައި ދެންނެވިފައިވާ ފަރާތްތައް ބަލިމީހުންނަށް ޒިޔާރަތް ނުކުރުމީ އެދެވިގެންވާ ކަމެއްކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ބުނެފިއެވެ. އެހޮސްޕިޓަލުން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ5 ކަމަކަށް ސަމާލުވުމަށް އެދިފައެވެ. 1. ފާނަބަސަންދު ޖެހިގެން އުޅޭގެއެއްގެ މީހުން (ކުރިން ފާނަބަސަންދު ޖެހިފައި ނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައި ނުވާ މީހުން...