އުދައްޔު މަރާލި މައްސަލާގައި ދެ މީހަކަށް ކުށް ސާބިތުވެއްޖެ
ގއ. މާމެންދޫގައި މީގެ ފަސް އަހަރު ކުރިން މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ފެބްރުއަރީ, 2021 ގައި މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ޝަމީމާއި މާޒިންގެ މައްޗަށެވެ. […]