ލަމްހާއަށް ޖަލުގައި ކާން އަޅައިދޭން މީހުން، ލޯންޑްރީ ސާވިސް ލިބޭ
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަލީމަތު ލަމްހާއަށް ޖަލުގައި ކާން އަޅައިދޭނެ މީހުންނާއި ލޯންޑްރީ ސާވިސް އާއި ސިޑިން އަރަން އެހީތެރިވާން އޮފިސަރުން ހަމަޖައްސާފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން މިއަދު ވަނީ އޭނާއަށް ޖަލުގައި...