Skip to main content
Topic Archive

#ކްރިމިނަލް ކޯޓު

197 Stories filed
ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
Raajje

ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިއާއެކު އެކަމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކުރީ އެކަމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ލަމްހާގެ މައްޗަށް […]

މޭރީ މަރާލުމުގައި ބައިވެރިކަން ލަމްހާގެ މައްޗަށް ސާބިތުވެއްޖެ
Raajje

މޭރީ މަރާލުމުގައި ބައިވެރިކަން ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިއާއެކު އެކަމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރީ އެކަމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކްރިިމިނަލް […]

މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ
Raajje

މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، އެކަމުގައި ބައިވެރިވި ކަމަށް ބުނެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މައްސަލާގައި ކްރިިމިނަލް ކޯޓުން މިއަދު ވަނީ މާވިންގެ މައްޗަށް އެނގިހުރެ […]

ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
Raajje

ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ މީހާ ބަންދުން ދޫކޮށްލި މައްސަލާގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގެ ގ...

ޝަމްއާންގެ މައްޗަށް ތިން ދައުވާ ސާބިތުވެއްޖެ, ޕީޖީން އެދެނީ ބޮޑު ހުކުމަކަށް
Raajje

ޝަމްއާންގެ މައްޗަށް ތިން ދައުވާ ސާބިތުވެއްޖެ, ޕީޖީން އެދެނީ ބޮޑު ހުކުމަކަށް

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއް ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ. މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ. އެ […]

އަނބިމީހާ ރާއްޖެ ގެނެސް މަޖުބޫރުކޮށްގެން ހަށިވިއްކުވި މައްސަލައެއް
Raajje

އަނބިމީހާ ރާއްޖެ ގެނެސް މަޖުބޫރުކޮށްގެން ހަށިވިއްކުވި މައްސަލައެއް

އަނބިމީހާ ރާއްޖެ ގެނެސް ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި މަޖުބޫރުން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ނަހީދުލް އިސްލާމް ނަމަކަށް ކިޔާ މީހެކެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނަހީދުލް އިސްލާމްގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން، އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރު...

ރާއްޖެއަށް 10 ކިލޯއެއްހާ ޑްރަގް އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށް
International

ރާއްޖެއަށް 10 ކިލޯއެއްހާ ޑްރަގް އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށް

ރާއްޖެއަށް 10 ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ޕާކިސްތާނުގެ މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ހަމްޒާ ނައީމްގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެ ކުރުމުގެ ދައުވާކުރީ އޭނާ ޖޫން, 2023 ގައި ރާއްޖެ އައުމުން އޭނާގެ ލަގެޖް ފާސް ކުރިއިރު 9.9 ކިލޯގެ ޑައިމޯފިން ފެނުުނު މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރި ހުކުމުގައިވަނީ އޭނާ ގެނައި ލަގެޖުން […]

ސާހިލް ތިން އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް
Raajje

ސާހިލް ތިން އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް އެހެން ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލި މައްސަލަ ސާހިލްގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި، ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، […]

ފިޔާޒާއި ހަސަންގެ މައްޗަށް ކުރާ ގަޒްފުގެ ދައުވާގެ ޝަރީއަތް ފަށައިފި
Raajje

ފިޔާޒާއި ހަސަންގެ މައްޗަށް ކުރާ ގަޒްފުގެ ދައުވާގެ ޝަރީއަތް ފަށައިފި

“އަދަދު” ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ޝަރީއަތް ފަށައިފި އެވެ. ފިޔާޒާއި ހަސަންގެ މައްޗަށް ކުރާ ގަޒްފު ކުރުމުގެ ދައުވާކުރަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ހިނގި އެއްވެސް ކަމެއް ވަކީލުން ހާމައެއް ނުކުރެ އެވެ. އަދި އެ ޝަރީއަތާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރެއް […]

ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި
Raajje

ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި “އަދަދު” ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. މި ދެ ނޫސްވެރިންގެ މައްޗަށް މި ފިޔަވަޅު އަޅާފައިވަނީ ކްރިމިނަލް ކޯޓުން މަނާކޮށްފައިވާ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފްވިކަމަށް ކަނޑައެޅުމަށްފަހުއެވ...

ފިޔާޒާއި ހަސަންގެ މައްޗަށް ގަޛްފުގެ ދައުވާ އުފުލައި، ޑޮކިއުމެންޓަރީ މަނާކޮށްފި
Raajje

ފިޔާޒާއި ހަސަންގެ މައްޗަށް ގަޛްފުގެ ދައުވާ އުފުލައި، ޑޮކިއުމެންޓަރީ މަނާކޮށްފި

“އަދަދު” އޮންލައިން ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޛްފު ކުރުމުގެ ކުށުގެ ދައުވާ އުފުލައި، އެ ނޫހުން ތައްޔާރުކުރި “އައިޝާ” ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުން ކްރިމިނަލް ކޯޓުގެ އަމުރަކުން މަނާކޮށްފިއެވެ. މި މައްސަލައަކީ 28 މާރިޗު 2024 ގައި “އަދަދު” އޮންލައިންއިން އާންމުކުރި “އައިޝާ” ޑޮކިއުމެންޓަރީގައި، މާލެ/މ.ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް މައުލޫމާތު ފަތުރާފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮ...

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުގެ އަމުރެއް
Raajje

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުގެ އަމުރެއް

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑްރަގް ކެފޭ އެއް (ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް) ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކ. މާލެ، ހ. ގުންޒަރު ބަންދުކުރުމަށެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން އެ ތަން ބަންދުކުރުމަށް ހަމަޖެހިފައިވަނީ 2026 މެއި 5 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު […]

ސާހިލްގެ ޝަރީއަތުގައި ވަޅިތަކާއި އަންނައުނުތައް ގެންގޮސް, ދައްކައިފި
Raajje

ސާހިލްގެ ޝަރީއަތުގައި ވަޅިތަކާއި އަންނައުނުތައް ގެންގޮސް, ދައްކައިފި

މާލޭގެ ގެއެއްގައި ޒުވާން އަންހެނަކު މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ކުރާ ދައުވާގައި, މަރާލުމުގައި ބޭނުންކުރި ވަޅިތަކާއި ލައިގެން ތިބި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ގެންގޮސް ދައްކައިފި އެވެ. އޮގަސްޓް، 2022 ގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދަށް ބޮޑެތި އަނިޔާތަކެއް ދީގެން އޭނާ މަރާލި ކަމަށް ބުނެ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އޮތީ ސިއްރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އެ […]

ގެއްލުނު ލިޓަންގެ މައްސަލާގައި ނިޒާމް އުމުރަށްޖަލަށް
Raajje

ގެއްލުނު ލިޓަންގެ މައްސަލާގައި ނިޒާމް އުމުރަށްޖަލަށް

ރާއްޖޭގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާގައި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑިވިލިމާލެއިން 2022 ގައި ބޯޓަކުން ފުރިފަހުން ބަންގްލަދޭޝްގެ ލިޓަން ވަނީ ގެއްލިފަ އެވެ. އެ މައްސަލާގައި އޭނާއާ އެކު އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރަނީ އޭނާ މޫދަށް ވައްޓާލައިގެން މަރާލި ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކުރިން ނިންމުމަށްފަހު ނިޒާމް 25 އަހަރަށް ޖަލަށްލާން […]

ސާހިލް ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
Raajje

ސާހިލް ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މާލޭގައި ރަހުމް ކުޑަ ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި 2023 ވަނަ އަހަރު ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. ސިއްރުކޮށްގެން ގެންދާ އެ ޝަރީއަތުގައި އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން […]