Skip to main content
Topic Archive

#ކަނޑުމަތީގެ ހާދިސާތައް

164 Stories filed
79 އަހަރުގެ ޒަކަރިއްޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
Raajje

79 އަހަރުގެ ޒަކަރިއްޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ، ޒަކަރިއްޔާ ފެނޭތޯ މިހާތަނަށް ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ޒަކަރިއްޔާ ހޯދުމުގެ މި އޮޕަރޭޝަންގައި، އެމްއެންޑީއ...

ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި
Raajje

ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ އެ އަތޮޅު ދުވާފަރަށް ގޮސްފައިވާކަން އެނގިއްޖެއެވެ. ފުލުހުން ބުނީ އެމީހާ ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު މިރޭ 22:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ ގެއްލިގެން ހޯދަން ފެށީ ހަވީރު ކެނޯގައި ރިސޯޓުން ފުރިގޮތަށް ޚަބަރެއް ނުވެގެންނެވެ. ފުލުހުންނަށް މިކަން ރިޕޯޓް ކުރީ މިރޭ 8:43 ގައެވެ. މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ […]

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިއްޖެ
Raajje

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިއްޖެ

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މިއަދު ހަވީރު ރ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ ކެނޯއެއްގައި ނުކުތް އެ ރިސޯޓުގެ ދިވެހި މުވައްޒަފެއްގެ ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 8:43 ގައެވެ. ގެއްލިގެން ހޯދަމުން އަންނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުންޏެވެ. ”އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ދަނީ މަސައްކަތް ކުރަމުން” […]

ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ
Raajje

ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވެގެން ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 10:30 ހާއިރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ބުނެފައިވާ ވާގޮތުން، މި ހާދިސާގައި އަނިޔާވި މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، އަދި އިތުރު ބޮޑެތި […]

ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ، ފަސް މީހުންނާއެކު ދަތުރުކުރި ދޯނި ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯންޏެކެވެ. ފުލުހުން ބުނިގޮތުގައި މި ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ކޯސްޓް ގާޑުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. ”ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ. ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު.” ފުލުހު...

5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިއްޖެ
Raajje

5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިއްޖެ

5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ 27 އޭޕްރިލް 2025 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯނި ކަމަށެވެ. މި ދޯނީގައި 5 މީހުން ތިބިއިރު، އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. ފުލުހުން ބުނީ، ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައިކަމަށެވެ. އެއިރު […]

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސަލާމަތްކޮށްފި
Raajje

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސަލާމަތްކޮށްފި

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސިފައިންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، “ސުވެނިއަރ 34” ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ ތިލަފުށްޓާ ދިމާ ބޭރުގައެވެ. މި ލޯންޗަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ އުޅަނދުގައި 38 މީހުން ދިޔައީ ދަތުރު ކުރަމުންނ...

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް
Raajje

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް

އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 07:57 ހާއިރު، ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނު ކަމަށެވެ. އެއިރު އެ ލޯންޗުގައި 45 ފަސިންޖަރުންނާއި، ތިން ކްރޫންނާއެކު ޖުމްލަ 48 މީހަކު ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން ބުންޏެވެ. މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމު ވަގުތުން […]

ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް
Raajje

ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް

“ނަވައިމާ” ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ޔޮޓް އަޑިއަށް ހިނގައްޖެއެވެ. ގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ފެބްރުއަރީ 5 ވަނަ ދުވަހުގެ ފަތިހު 3:43 ހާއިރުއެވެ. މި ޔޮޓްގައި ރޯވީ ރީތިރަށް ރިސޯޓާ ދިމާ 5 މޭލު ބޭރުގައި ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި ވަގުތު ޔޮޓުގައި 5 މީހަކު ތިބިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ […]

މިލަންދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި
Raajje

މިލަންދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ށ. މިލަންދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗަކީ ރ. އުނގޫފާރުން ފުރައިގެން މިލަންދޫ އަށް ދަތުރުކުރަމުން ދިޔަ ލޯންޗެކެވެ. މި ލޯންޗް ބަންޑުން ޖަހާލާފައިވާ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ފޮޓޯ ތަކުން ފެންނަ ގޮތުގައި އެއް ފޮޓޯގައި މި ލޯންޗުގެ މަތީގައި ތިން މީހަކު ކޮޅަށް ތިބިއިރު، އަނެއް ފޮޓޯގައި ހަތަރު މީހަކު ތިއްބާ ފެނެއެވެ. އަދި އެ ސަރަހައްދުގައި އިތުރު އުޅަނދު ހަރަކާތްތެރިވަމުން އަންނަތަން ވެސް […]

ސަފާރީން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ
Raajje

ސަފާރީން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

މިއަދު ސަފާރީއަކުން ކަނޑަށް ވެއްޓި ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 69 މީޓަރު އަޑިން ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. “ނޯތު 07” ސަފާރީގައި ހުރި ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ރިޕޯޓު ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތަށް ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފެށިކަން އެމްއެންޑީއެފުން ހާމަކުރީ މިއަދު ހެނދުނު 10:35 ހާއިރުއެވެ. އެ މައްސަކަތުގެ ތެރެއިން ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ [...

ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަނީ
Raajje

ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަނީ

ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ކަނޑަށް ވެއްޓިގެން ރިޕޯޓުކޮށްފައި ވަނީ “ނޯތު 07” ނަމަކަށް ކިޔާ ސަފާރީއެއްގައި މީހެކެވެ. އެމީހާ ކަނޑަށް ވެއްޓުނުއިރު ސަފާރީ އޮތީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައެވެ. “ނޯތު 7 ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ދަރުރުކުރަ...

ރިސޯޓެއްގެ ސްޓާފް ފެރީއެއްގައި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
Raajje

ރިސޯޓެއްގެ ސްޓާފް ފެރީއެއްގައި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލެ އަތޮޅު ކުރޭންޑް ޕާކް ކޮއްދިއްޕަރު ސްޓާފް ފެރީގައި ލޯންޗެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެލޯންޗުގައި ހުރި މީހަކު “ތިލަދުން” އަށް މަޢުލުމާތު ދެމުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ކުރިމަތިން އައި ލޯންޗު އަރާފައިވަނީ ސްޓާފް ފެރީގެ އަރިމައްޗަށް ކަމަށެވެ. ފެރީ ލޯންޗުގައި ތިނބި ހަތަރު ވަރަކަށް މީހަކަށް އަނިޔާވެގެން މާލެ ގެންގޮސްފައިވާ ކަމަށާއި އެމީހުން މާލެެ ގެންދިއަޔީ ރިސޯޓުން ލޯންޗެއް ގެނެސްގެންކަމަށް އޭނާ މަޢުލޫމާތު ދިނެވެ. އެކްސިޑެންޓުވި ދެ ލޯންޗު މިހާރު އޮތީ […]

ދެ ޑިންގީ ޖެހި އެކްސިޑެންޓެއް، މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ
Raajje

ދެ ޑިންގީ ޖެހި އެކްސިޑެންޓެއް، މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ

ދެ ޑިންގީ ޖެހި އެކްސިޑެންޓެއް ހިނގައި މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ވެމްކޯ ޖެޓީ އާއި ދިމާލުގައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ދާދި ދެންމެއަކު ކަމަށެވެ. އަދި އެމީހާ ހޯދުމަށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެކްސިޑެންޓްގައި މޫދަށް ވެއްޓުނީ މީހެއްނޫން، ޑިންގީގައި ހުރި ތަކެތި ނޯޓު: މި ޚަބަރުގައި ދެ ޑިންގީ […]

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ
Raajje

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

ސްނޯކަލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެއް ވަނީ މަރުވެފައެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ އިއްޔެ 11:22 ހާއިރުއެވެ. ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ އެ ތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.