Skip to main content
Topic Archive

#ބީއެމްއެލް

131 Stories filed
އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކުގެ ހިދުމަތަށް މިވަނީ ކިހިނެތް؟
Business

އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކުގެ ހިދުމަތަށް މިވަނީ ކިހިނެތް؟

ދިވެހިންގެ ބޭންކް، ނުވަތަ ބީއެމްއެލްގެ ހިދުމަތްތައް ޓެކްނިކަލް މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ކެނޑެއެވެ. ނަމަވެސް މިފަހަރުގެ ހާލަތު ތަފާތެވެ. ހިދުމަތްތައް މެދު ކެނޑޭތާ ދެ ހަފުތާއަށްވުރެއް މިވަނީ ގިނަ ވެފަ އެވެ. އިރުއިރުކޮޅާ ހިދުމަތް މެދުކެނޑެނީއެވެ. އެއަށްފަހު އިއްޔެ ވެގެންދިޔައީ ގިނަ ކަސްޓަމަރުންނަށް އުނދަގޫތަކާ ކުރިމަތިވި ދުވަހަކަށެވެ. އިއްޔެ ބީއެމްއެލްގެ ހިދުމަތްތައް ހެނދުނުން ފެށިގެން އޮތީ މެދުކެނޑިފައެވެ. ދޭތެރެދޭތެރެއިން ހިދުމަތް ރަނގަޅުވި ނަމަވެސް ގިނަ ވަގުތު އެ ބޭންކުގެ އެޕާއި ޕީ...

ދިވެހިންގެ ބޭންކުގެ އެކައުންޓުތައް ސުމަކަށް! އާންމުންނަށް ބޮޑު ތަކުލީފެއް، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް
Business

ދިވެހިންގެ ބޭންކުގެ އެކައުންޓުތައް ސުމަކަށް! އާންމުންނަށް ބޮޑު ތަކުލީފެއް، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުރި ކަސްޓަމަރުންގެ އެކައުންޓް ބެލެންސް ސުމަކަށް ބަދަލުވުމާއި އެކު އާންމުންގެ އާންމު ދިރިއުޅުމުގައި ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ ވިޔަފާރިތަކަށް ބޮޑޫ ގެއްލުމެއް ވެއްޖެ އެވެ. ރޭ 12:00 އީން ފެށިގެން ބޭންކުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމަށްބުނެ ބީއެމްއެލްގެ ގިނަ ޚިދުމަތްތަކެއްވަނީ މެދުކަނޑާލާފަ އެވެ. ފަތިހު 5 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ މިމެއިންޓަރނެންސް އަށްފަހުވެސް ބީއެމްއެލްގެ ޚ...

ގިނައިރުތަކެއް ފަހުން ބޭންކުގެ ޚިދުމަތްތައް ލިބެންފަށައިފި، ކަސްޓަމަރުންގެ ކެތްތެރިކަމަށް ބީއެމްއެލްގެ ޝުކުރު!
Business

ގިނައިރުތަކެއް ފަހުން ބޭންކުގެ ޚިދުމަތްތައް ލިބެންފަށައިފި، ކަސްޓަމަރުންގެ ކެތްތެރިކަމަށް ބީއެމްއެލްގެ ޝުކުރު!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަޕްގުރޭޑްގެ މަސައްކަތެއް ކުރުމަށް ޚިދުމަތްތައް މެދުކަނޑާލި ވަގުތު އުންމީދު ކުރިވަރަށްވުރެއް އިތުރުވެފައިވާތީ އެވަގުތުތަކުގައި ކަސްޓަމަރުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަމަށް އެބޭންކުން ޝުކުރު އަދާކޮށްފި އެވެ.  ޚިދުމަތްތަކަށް ބުރޫ އެރުމާއި ގުޅިގެން އެބޭންކުގެ ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނަށްވަނީ ވަރަށް ބޮޑެތި ތުރާތަކާއި ތަކުލީފުތައް ކުރިމަތިވެފަ އެވެ. ބީއެމްއެލްއިން ރޭ ޚިދުމަތްތައް މެދުކަނޑާލާފައިވަނީ ފަތިހު 4 ޖެހި އިރު އެވެ. މެއިންޓަރނެންސްގެ މަސައް...

ބީއެމްއެލްގެ “ދަރަނި ކާޑު” އަލަށް ހައްދާ މީހުންނަށް ހަދިޔާ ދެނީ
Business

ބީއެމްއެލްގެ “ދަރަނި ކާޑު” އަލަށް ހައްދާ މީހުންނަށް ހަދިޔާ ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް “ދަރަނި ކާޑު” (ކްރެޑިޓް ކާޑު) ހައްދާ މީހުންނަށް ހަދިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ދިވެހިންގެ ބޭންކުން މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން ކާޑު ހައްދަން ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ވެސް ދައްކަން ނުޖެހޭނެއެވެ. މި ޕްރޮމޯޝަނުގެ ދަށުން ފުރަތަމަ “ދަރަނި ކާޑު” ހައްދާ 500 މީހުންގެ ތެރެއިން ކޮންމެ މީހަކު ހަރަދު ކުރާ 2،500ރ. އަނބުރާ ފައިސާވެސް ލިބޭނެއެވެ. މީގެ އިތުރުން […]

އެންމެ ފަހުން "ރައްޔިތުންގެ ބޭންކް" އިން ކުރެޑިޓް ލިމިޑް 750 ޑޮލަރަށް
Business

އެންމެ ފަހުން "ރައްޔިތުންގެ ބޭންކް" އިން ކުރެޑިޓް ލިމިޑް 750 ޑޮލަރަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްރެޑިޓް ކާޑުތަކުން ބޭރުގައި ވިޔަފާރި ކުރެވޭ ލިމިޓު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ. އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އެމެރިކަން އެކްސްޕްރެސްގެ ގްރީން އަދި ގޯލްޑް ކާޑު ގެންގުޅޭ ކަސްޓަމަރުންނާއި ވިސާގެ ކްލެސިކް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނާއި މާސްޓަކާޑުގެ ސްޓޭންޑަޑް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނަށް 750 ޑޮލަރާ ހަމައަށް ބޭރު ގައުމުތަކުގައި މުއާމަލާތް ކުރެވޭނެ ކަމަށެވެ. ނަމަވެސް ޑެބިޓް ކާޑުގެ އަދަދުތަކަށް ބަދަލެއް ނުގެނެެއެވެ. ރާއްޖެއ...

ވަރަށް ގިނަ ހިދުމަތްތަކެއް މިރޭ 01:00ން 05:00 އަށް ބުރޫއަރާނެ: ދިވެހިންގެ ބޭންކް
Business

ވަރަށް ގިނަ ހިދުމަތްތަކެއް މިރޭ 01:00ން 05:00 އަށް ބުރޫއަރާނެ: ދިވެހިންގެ ބޭންކް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވަރަށް ގިނަ ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް ދިވެހިންގެ ބޭންކް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 01:00ން 05:00ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭއާ މޮބައިލް ޕޭ އަދި ޔޫއެސްޑީ ޕޯޓަލްގެ ހިދުމަތަށް ބުރޫ އަރާނެ ކަމަށެވެ. މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެއިންޓަނަސް މަސައްކަތެއް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން […]

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް
Thiladhunmathi News

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް

ހދ. ނޮޅިވަރަންފަރު ސްކޫލުގައި ދަރިވަރުން ފޮތް ކިޔަން ތިބެން ހާއްސަ ރީޑިން ޕާކެއް ހަދައިފިއެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގެ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައެވެ. މިއީ އެ ރަށުގެ ސްކޫލް ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެެރިކަން އުފައްދައި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބުންޏެވެ. މި ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނ...

މިލިއަނެއްހާ ރުފިޔާގެ “ދަރަނި” ބީއެމްއެލްއިން ކުޅުދުއްފުށީ ކައުންސިލަށް ދައްކައިފި
Thiladhunmathi News

މިލިއަނެއްހާ ރުފިޔާގެ “ދަރަނި” ބީއެމްއެލްއިން ކުޅުދުއްފުށީ ކައުންސިލަށް ދައްކައިފި

ބިމުކުލި ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ މިލިއަނެއްހާ ރުފިޔާގެ “ދަރަނި” ބޭންކަ އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދައްކައިފި އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިފައިސާ އެކައުންސިލަށް ދައްކާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. މޭޔަރު ވިދާޅުވީ ބީއެމްއެލް އިން ދައްކާފައިވަނީ, -/929600 (ނުވަ ލައްކަ ނަވާވީސް ހާސް ހަސަތޭކަ) ރުފިޔާ ކަމަށެވެ. ބީއެމްއެލްއިން މިފައިސާ ދައްކާފައިވަނީ ސިޓީ ކައުން...

ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި
Thiladhunmathi News

ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅަށް ކުރަމުން އަންނަ އިންވެސްޓުމަންޓުގެ ދަށުން މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފިއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބޭންކުން ދަނި ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ކުޅުދު...

ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށް، ތާރޑް ޕާޓީ ވެބްސައިޓުތަކަށް ޒާތީ މައުލޫމާތު ނުދިނުމަށް އެދެފި
Business

ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށް، ތާރޑް ޕާޓީ ވެބްސައިޓުތަކަށް ޒާތީ މައުލޫމާތު ނުދިނުމަށް އެދެފި

ތާރޑް ޕާޓީ ވެބްސައިޓްތައް މެދުވެރިކޮށް ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށް ޒާތީ މައުލޫމާތު ނުދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދެފި އެވެ. ބީއެމްއެލްއިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ،. ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާރޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން އެބޭންކަށް ފަހަކަށްއައިސް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށ...

މިހާރު ކުރިއަށްދާ ޕްރޮމޯޝަނުގައި މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ: ބީއެމްއެލް
Business

މިހާރު ކުރިއަށްދާ ޕްރޮމޯޝަނުގައި މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނާ ގުޅިގެން މައުލޫމާތު ހޯދަން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން މިހެން ބުނީ އެ ބޭންކުން ކުރިއަށްގެންދާ ޕްރޮމޯޝަނާ ގުޅިގެން “ސްކޭމް” ކުރާ މީހުން ކަސްޓަމަރުންނަށް ގުޅައިގެން ޒާތީ މައުލޫމާތު ހޯދަންމަސައްކަތް ކުރާތީ އެކުންފުނީގެ ކަސްޓަމަރުންގެ ސަމާލުކަމަށް ފޮނުވަމުންދާ އެސްއެމްއެސް އެއްގަ އެވެ.  އެހެންކަމުން އެއްވެސް މީހަކަށް އެ މައުލޫމާތު ހާމަ ނުކުރުމަށް ބޭންކުން ވަނީ ކަސްޓަމަރުންގެ ކިބައިނ...

ބީއެމްއެލް ކާޑުން ވިޔަފާރި ކުރުމުން ޑިސްކައުންޓް
Business

ބީއެމްއެލް ކާޑުން ވިޔަފާރި ކުރުމުން ޑިސްކައުންޓް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިއަށް ޑިސްކައުންޓް ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ.  މި ޕްރޮގްރާމުގެ ދަށުން ބީއެމްއެލް އިން ވަނީ މިއަދު “ބީއެމްއެލް އޮފަރސް ޕޯޓަލް” ގެ ނަމުގައި ޕޯޓަލް އެއް ތައާރަފްކޮށްފައެވެ. ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމުގެ ދަށުން އެ ބޭންކުގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމުން 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މިއީ ބޭންކުގެ މަރޗެންޓުންނާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެެވެ. މިއަދު ތައާރަފު ކުރި ޕޯޓަލުން މި...

ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަނީ
Business

ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ ބައެއް ހިދުމަތްތަކަށް އަންނަ ހަފުތާއިން ފެށިގެން ބަދަލުތައް ގެންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. އެ ބޭންކުން ބަދަލު ގެނައި ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި ޕޭރޯލްގެ ހިދުމަތާއި ޗެކް ޕްރޮސެސް ކުރުމާއި ލޯކަލް ބޭންކު ޓްރާންސްފާގެ ހިދުމަތް ދިނުން ހިމެނެއެވެ. އެ ބޭންކުން މިބަދަލުތައް ގެނައީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މިއަދުން ފެށީގެން އަޅާ […]

ބީއެމްއެލްގެ ކުރެޑިޓް ލިމިޓް 150 ޑޮލަރަށް ދަށް ކޮށްފައިވާ ކަމަށް ބުނެ ފޭކް ލިއުމެއް
Business

ބީއެމްއެލްގެ ކުރެޑިޓް ލިމިޓް 150 ޑޮލަރަށް ދަށް ކޮށްފައިވާ ކަމަށް ބުނެ ފޭކް ލިއުމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް މިއަދު ދަށް ކޮށްފައިވާ ކަމަށް ބުނެ ފޭކް ލިއުމެއް ދައުރުވާންފަށައިފި އެވެ. ނޫސްތަކަށް މަޢުލޫމާތު ދެމުން އެކުންފުނިން ބުނެފައިވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެކަމަށެ...

ބީއެމްއެލްގެ ޕާކުން ކަނޑިތީމަށް އުފާވެރިކަން
Thiladhunmathi News

ބީއެމްއެލްގެ ޕާކުން ކަނޑިތީމަށް އުފާވެރިކަން

ޢާއިލާއާއި، އެކުވެރިންނާއި އަދި އަވަށްޓެރީންނާއިއެކު ހިތްއުފާކޮށްލައި، ވާހަކަ ދައްކާލައި، އުފާވެރި ވަގުތުތައް ހޭދަކޮށްލުމަށް ފިނި މައިޒާން ތަކާއި، ޕާކު ތަކަކީ ވަރަށް މުހިންމު ދައުރެއް ކުޅޭ ތަންތަނެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ “ކޮމިޔުނިޓީ ފަންޑް”އިން މިފަހަރު އެރަށެއްގެ ރައްޔިތުންނަށް އެހީތެރިވެ، ހިނިތުންވުން ގެނެސްދީފައިވާ ރަށަކީ ށ. ކަނޑިތީމަށެވެ. މިގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮ...