Skip to main content
Topic Archive

#ރާއްޖޭގެ މޫސުން

359 Stories filed
މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އިންޒާރު
Raajje

މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އިންޒާރު

ބ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ  މިރޭ 21:45 އިން މެންދަމު 2:00 އަށެވެ. މި ސަމާލުގެ ވަގުތުގައި ގުގުރައި، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ […]

ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ
Raajje

ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ،  ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެގޮތުން ވެސްޓްޕާކް ސަރަޙައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިފައިން ބުންޏެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހ...

ކުރިއަށް އޮތް 6 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި
Raajje

ކުރިއަށް އޮތް 6 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރީތިވިނަމަވެސް، ކުރިއަށް އޮތް 6 ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. މެޓް އޮފީހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ސްރީލަންކާގެ ދެކުނުގައިއާއި ރާއްޖޭގެ ހުޅަނގުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވެއެވެ. މި ކޮޅިގަނޑުގެ ބާރު […]

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
Raajje

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ރޭ މާލެއަށް ވެހުނު ވާރޭގައި ފެންބޮޑުވެ އެހީތެރިކަމަށް ޖެހުނު 7 ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އެމީހުންނަށް މި އިންތިޒާމް ހަމަޖައްސައިދިނީ އެއް ދުވަހަށް ކަމަށެވެ. ”މިފަރާތްތައް ބަދަކުކުރެވުނީ މިގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީ” އެންޑީއެމްއޭއިން ބުންޏެވެ. މި ވިއްސާރ...

މާލޭގައި ފެންބޮޑުވުން: 104 ގެއަކަށް ސިފައިން އެހީވެއްޖެ
Raajje

މާލޭގައި ފެންބޮޑުވުން: 104 ގެއަކަށް ސިފައިން އެހީވެއްޖެ

ވިއްސާރާގައި މާލޭގައި ފެންބޮޑުވެ މިހާތަނަށް 104 ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ރޭ މެންދަމު މާލެއަށް ވެހެންފެށި ވާރެ ފަތިހު ވަނީ ހުއްޓާލާފައެވެ. ނަމަވެސް މި ވާރޭގައި މުޅި މާލޭގައި ހެން ފެންބޮޑުވިއެވެ. އެމްއެންޑީއެފުން މިއަދު ހެނދުނު 10:22 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ގޭތަކަށް ފެންވަނުމުން ރަށްކާތެރިކޮށ...

މާލޭގައި ފެންބޮޑުވުން: 27 ގެއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
Raajje

މާލޭގައި ފެންބޮޑުވުން: 27 ގެއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ވިއްސާރާގައި މާލޭގައި ފެންބޮޑުވެ 27 ގޭބިސީއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން މާލޭގެ ދެ ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މިހާތަނަށް 27 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ފަތިހު 5:31 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނެފަވެއެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން...

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު
Raajje

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު

ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އިންޒާރު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި އަތޮޅުތަކަށް ނެރުނު ސަމާލުގެ މެސެޖުގެ ވަގުތަކީ ފަތިހު 4:45 އިން ހެނދުނު 8:45 އަށެވެ. މި ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ފެން ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ. ބޯކޮށް ވާރޭވެހި މިވަގު ވެރިރަށް މާލޭގައި ވަނީ ފެން ބޮޑުވެފައެވެ. މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް: […]

ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެއްޖެ
Raajje

ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މުޅި މާލޭގައި ހެން ފެން ބޮޑުވެއްޖެއެވެ. ރޭ މެންދަމުން ފެށިގެން މާލެ އަށް އަންނަނީ މެދު ނުކެނޑި ވާރޭ ވެހެމުންނެވެ. ފަތިހު 4:13 ގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެއްސުމާއި ފެން ހިއްކުމުގެ މަަސައްކަތް ދިވެހި ސިފައިންނާއި ފުލުހުން އަދި ސިޓީ ކައުންސިލް ގުޅިގެން ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ގޭބިސީތަކުގެ ހާލަތު ގާތުން މޮނިޓަރ ކުރަމުން އަންނަކަމަށް […]

މިރޭ އުތުރަށް މޫސުން ގޯސް
Thiladhunmathi News

މިރޭ އުތުރަށް މޫސުން ގޯސް

ދިވެހި ރާއްޖޭގެ މޫސުމާ ބެހެ އިދާރާއިން ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މިރޭ ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ދެމި އޮންނާނީ މިރޭ 21:00 އިން މެންދަމު 1:00 އަށް ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މޫސުމާބެހޭ އިދާރާއިން ވަނީ މިރޭ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ފަލާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ ބައެއްް ރަށްތަކަަށް އުދައިގެ އަސަރު ކުރާނެކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ކަނޑު […]

މާލޭގައި ފެން ބޮޑުވުން: 36 ގޭބިސީގެ 226 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން
Raajje

މާލޭގައި ފެން ބޮޑުވުން: 36 ގޭބިސީގެ 226 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން

ވިއްސާރާގައި މާލޭގައި ފެން ބޮޑުވުން: 36 ގޭބިސީގެ 226 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފި އިއްޔެ މުޅި ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ. އެންޑީއެމްއޭ އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވެއެވެ. މީ...

ޒަރޫރީކަމެއްގައި ނޫނީ ބޮޑެތި އުޅަނދުތައް ނުދުއްވަން އެދިއްޖެ
Raajje

ޒަރޫރީކަމެއްގައި ނޫނީ ބޮޑެތި އުޅަނދުތައް ނުދުއްވަން އެދިއްޖެ

މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން  ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން އެދޭކަމަށް ފުލުހުން ބުންޏެވެ....

މުޅި މާލޭގައި ފެން ބޮޑުވެއްޖެ
Raajje

މުޅި މާލޭގައި ފެން ބޮޑުވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ހެން ފެން ބޮޑުވެއްޖެއެވެ. މާލެ އަށް ދަނީ މިއަދު ހެނދުނުއްސުރެ ހެން ވާރޭ ވެހެމުންނެވެ. މި ވިއްސާރާގައި މާލޭގެ ގިނަ ސަރައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ބޮޑުތަކުރުފާނުމަގުން ފަތާ ޓްރެކް ސަރައްދުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި ހަަމައަށް ވަރަށްބޮޑަށް ފެން ބޮޑުވެފައިވާއިރު، އައިޖީއެމްއެޗް ހޮސްޕިޓަލުން ފެށިގެން ވެސް ބޮޑު ސަރަހައްދަކަށް ކަކުލާއި ހަމައަށް ވަނީ ފެން ބޮޑުވެފައެވެ. ވާރޭ ވެހެމުން އާންމުގޮތެއްގައި ފެންބޮޑުވާ އައިޖީއެމްއެޗް ހޮސްޕިޓަލާއި،...

ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފި
Raajje

ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން މިހާތަނަށް ރިޕޯޓު ލިބިފައިވާކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ. އެންޑީއެމްއޭ އިން ބުނީ، ބޯކޮށް ވާރޭ ވެހުމާާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް ހަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވާ ކަމަށެވެ. އުދައަރައިގެން ފެން ބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ށ.ނަރުދޫ އަދި ރ. އިނގުރައިދޫ އަށެވެ. ވާރޭ ވެހި ފެންބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ދ. ކުޑަހުވަދޫ، ދ.މީދޫ...

މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ އިރުޝާދު ދީފި
Raajje

މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ އިރުޝާދު ދީފި

އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާތީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ރައްކާތެރިކަމުގެ އިރުޝާދު ދީފިއެވެ. ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ މިއަދު ސަމާލުގެ މެސެޖެއް ނެރެފ...

އާ އަހަރުގެ ބަންދުގައި ބޮޑު ބަޔަކަށް ގަދަ ވިއްސާރަ
Raajje

އާ އަހަރުގެ ބަންދުގައި ބޮޑު ބަޔަކަށް ގަދަ ވިއްސާރަ

އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެއެވެ. މިގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، އަަދި ބައެއް އަތޮޅުތަކުގެ ރަށްތަކަށް އުދައެރުމުގ...