މޫސުން ގޯސްވުމުން މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފި
މިހާރު ގަދަވަޔާއިއެކު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މޫދު ކުޅިވަރުތައް މަޑުޖައްސާލަން ދިވެހި ފުލުހުންގެ އިދާރައިން އިލްތިމާސް ކޮށްފިއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުން ވިދާޅުވީ މޫސުން ގޯސްވަގުތަކަށްވާތީ މޫދުކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅު ނުވަނީސް ކުރިއަށް ނުގެންދިއުމަށް އެދޭ ކަމަށެވެ. ފުލުހުން ވިދާޅުވީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި، އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ...