ގްރީން ބިލްޑިންގ ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސެއް އަޅަނީ
12 ޑިސެމްބަރު 2024 ވަނަ ދުވަހު ތިން ވުޒާރާއެއް ހިންގަމުން އައި ގްރީން ބިލްޑިންގގައި އަލިފާން ރޯވެ އެ ހާދިސާގައި އެ ވުޒާތައް ހިންގި އިމާރާތްތައް ބޭނުންނުކުރެވޭވަރަށް އަނދައި ގެއްލުންވެފައިވާއިރު، އެ އިމާރާތްތައް ހުރި ބިމުގައި ޒަމީނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން...